Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާރާމާރީ ހިންގުން

މާރާމާރީތަކާއި ގުޅިގެން ހައްޔަރުކުރި 8 މީހަކު ކޯޓުން ދޫކޮށްލައިފި

ބަންދުން ދޫކޮށްލާފައިވަނީ ދެވަނަ ފަހަރަށް މުއްދަތު ޖަހަން ގެންދިއުމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 ފެބުރުއަރީ 2023 | އާދީއްތަ 07:42
ފުލުހުން ކުރިޔަށްގެންދިޔަ އޮޕަރޭޝަނެއް

ފުލުހުން ކުރިޔަށްގެންދިޔަ އޮޕަރޭޝަނެއް

ސިލްސިލާ މާރާމާރީތަކާއި ގުޅިގެން ހައްޔަރުކުރި 8 މީހަކު ކޯޓުން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން، ސިލްސިލާކޮށް މާލެ ތެރޭގައި ހިންގަމުންދާ މާރާމާރީތަކާއި ގުޅިގެން މި މަހުގެ 10 ވަނަ ދުވަހު 8 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ދިން 15 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން، ދެވަނަ ފަހަރަށް އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އެމީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ކްރިމިނަލް ކޯޓުން މި 8 މީހުން ދޫކޮށްލާފައިވަނީ ހޮނިހިރު ދުވަހުއެވެ. ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، ކޮންމެވެސް މިންވަރެއްގެ ހެކި ހުރެގެން 15 ދުވަހުގެ މުއްދަތަށް މި މީހުން ބަންދުކޮށްފައިވާއިރު، އެ މުއްދަތު ފާއިތުވި އިރު ތުހުމަތުކުރެވޭ ކުށާ ގުޅޭ އެއްވެސް ހެއްކެއް ހުށަހެޅިފައި ނުވާ ކަމަށެވެ. ހަމައެކަނި ހުށަހެޅިފައި ހުރީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ މައްޗަށް އެކުލަވާލާފައިވާ އިންޓެލިޖެންސް ރިޕޯޓްތައް ކަމަށެވެ.

އަދި އެމީހުން ހުރި އެޕާޓްމަންޓުގެ ތެރެއިން ކަތިވަޅިއާއި ވަޅި ފެނިފައިވީނަމަވެސް، އެޕާޓްމަންޓެއްގެ ތެރެއިން އެފަދަ ތަކެތި ފެނުމަކީ އިތުރު ހެއްކަކާ ނުލައި އެތަކެއްޗަކީ މާރާމާތީ ހިންގަން ގެންގުޅޭ ތަކެތި ކަމަށް ބެލެވިދާނެ ތަކެއްޗެއް ނޫން ކަމަށެވެ. އަދި އަނިޔާލިބިފައިވާ ފަރާތްތަކެއްގެ ފޮޓޯ ހުށަހެޅިފައިވީނަމަވެސް، އެ ފަރާތްތަކަށް އަނިޔާދިނުމުގައި އެމީހުން ބައިވެރިވެފައިވާ ކަމަށް ބެލިދާނެ އެއްވެސް ހެއްކެއް ހުށަހެޅިފައި ނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓްމޯލްޑިވްސް ޕޮލިސް ސަރވިސްމާރާމާރީ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު