Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ރޫމީންގެ ޒަމާނުގެ ތިމަރަ ސަންދޯއް

ރޫމީންގެ ޒަމާނުގެ ތިމަރަ ސަންދޯކެއް ޣައްޒާއިން ފެނިއްޖެ

ބެލެވޭ ގޮތުގައި އެ ސަންދޯކުގައި އޮތީ އެ ޒަމާނުގެ ޤަދަރުވެރިއެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2023 | ބުދަ 10:53
ޣައްޒާއިންފެނުނު ރޫމީންގެ ޒަމާނުގެ ތިމަރަ ސަންދޯއް

ޣައްޒާއިންފެނުނު ރޫމީންގެ ޒަމާނުގެ ތިމަރަ ސަންދޯއް

ޔަހޫދީ އިޒްރޭލުން އަތްގަދަ ކުރަމުންދާ ފަލަސްޠީނުގެ ޣައްޒާގައި ހުރި ޤާދީމީ އަދި ތާރީޚީ ތަރިކައާ ގުޅުންހުރި ވާހަކަތަކަކީ މާ އާންމުކޮށް ދައްކާތީ އަޑު އިވޭ ވާހަކަތަކެއް ނޫނެވެ. ނަމަވެސް، މި ފަހަރު މިއީ އެކަހަލަ ވާހަކައެކެވެ. މި ފަހަރު ޣައްޒާއިން ފެނިގެން މި އުޅެނީ ރޫމީންގެ ޒަމާނުގެ، މާ ސިންގާ، ސަންދޯކެކެވެ. ބެލެވޭ ގޮތުގައި އެ ސަންދޯކުގައި އޮތީ އެ ޒަމާނުގެ ޤަދަރުވެރިއެކެވެ.

މި ސަންދޯއް ފެނިފައި ވަނީ، މިދިޔަ އަހަރު ޣައްޒާއިން ފެނުނު ޤަދީމީ ޤަބުރުސްތާނެއްގެ ތެރެއިންނެވެ. 2000 އަހަރު ވެފައި ވާ އެ ޤަބުރުސްތާނަކީ ރޫމީން ބޭނުން ކުރި ޤަބުރުސްތާނެކެވެ. ޤަބުރުސްތާނު ފެނުނީ މިޞްރުގެ އެހީގައި ހައުސިންގް ޕްރޮޖެކްޓެއް ހިންގަން އުޅުމުގެ ތެރޭގައި، އެކަމުގައި ޝާމިލުވެ އުޅުނު މަސައްކަތްތެރިންނަށެވެ.

ފަރަންސޭސި ތަޖުރިބާކާރުންގެ ޓީމަކުން ބަލަހައްޓަމުންދާ އެ ސައިޓުން މިހާތަނަށް ފެނިފައިވާ ވަކިވަކި ސަންދޯކާއި އެއް ވަޅުގަނޑެއްގައި ބައިވަރު ހަށިތައް ވަޅުލާފައިވާ ކަށްވަޅުތަކުގެ ޢަދަދު 90 އަށް އަރައެވެ.

ޣައްޒާގެ ތަރިކައާ ބެހޭ ވުޒާރާއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ސަންދޯއް ހަދާފައި ވަނީ ތިމަރައިން ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. ރޫމީންގެ ދުވަސްވަރުގެ މަތީ ފަންތީގެ މީހަކަށް ނިސްބަތްވާ ސަންދޯކުގެ މަތިގަނޑު އަދި ހުޅުވާފައެއް ނުވެއެވެ. އެ ސަންދޯއް މިހާރު ލާފައި ވަނީ ލަކުޑި ފޮއްޓެއްގެ ތެރެއަށް ކަމަށް މަޢުލޫމާތު ލިބެއެވެ. އެއީ އެ ސަންދޯކަށް އިތުރު ރައްކާތެރިކަން ދިނުމުގެ ގޮތުން ކަމަށް މަޢުލޫމާތު ލިބެއެވެ. ސަންދޯކާ ބެހޭ އިތުރު ހޯދުންތައް ހޯދަމުންދާނީ ފަލަސްޠީނުގެ އިތުރުން ބައިނަލްއަޤުވާމީ ތަޖުރިބާކާރުންގެ ޓީމުތަކުންނެވެ.

ޣައްޒާގެ ތަރިކައާ ބެހޭ ވުޒާރާގެ ތަރުޖަމާނު، ޠާރިޤު އަލް-ޢާފް ވިދާޅުވީ، ސަންދޯކުގެ މަތިގަނޑު ނުނަގާ މަޑު ކުރަމުން ދަނީ، މައުދަނާ ބެހޭ ބައިނަލްއަޤުވާމީ ތަޖުރިބާކާރުންގެ ޓީމެއް ޣައްޒާއަށް ދަތުރު ކުރަންދެނެވެ. އަލް-ޢާފް ވިދާޅުވީ، އެ ސަރަޙައްދުން ފެނުނު މަށީގެ ޖާޑިއާއި އެނޫންވެސް އެފަދަ ތަކެއްޗަށް ބަލާއިރު، އެއީ މީގެ 2000 އެއްހާ އަހަރު ކުރީގެ ތަކެތި ކަމަށް ބެލެވޭ ކަމަށެވެ.

ޣައްޒާގެ އުތުރުގައި އޮތް ޤަބުރުސްތާނަކީ ގްރީކްއާއި ރޫމީންގެ ޒަމާނުގައި ބޭނުން ކުރި ބަނދަރު ސަރަޙައްދު ކަމަށްވެވެ. ޣައްޒާއަކީ އާޘާރީ ތަރިކައިގެ މުއްސަނދިކަން ލިބިފައިވާ ސިޓީއެކެވެ. އެކި ޙަޟާރާތްތަކާ ގުޅިފައިވާ ވިޔަފާރީގެ މައިދާނެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިންވަރަށް ޝުކުރު ކުރުމާއި އަޤީދާގެ ސާބިތުކަމުގެ ލާމަސީލު އެތައް މަންޒަރެއް ޣައްޒާއިން!

މިންވަރަށް ޝުކުރު ކުރުމާއި އަޤީދާގެ ސާބިތުކަމުގެ ލާމަސީލު އެތައް މަންޒަރެއް ޣައްޒާއިން!

01 ޑިސެމްބަރު 2023
އުޅެން ޖެހުނު ކޮންމެ ޙާލަކަށް އަހުލުވެރިވުމުގައި ޣައްޒާއިން ފެންނަ ހިތްދަތި، އެހެނަސް ހިތްގައިމު ނަމޫނާ!

އުޅެން ޖެހުނު ކޮންމެ ޙާލަކަށް އަހުލުވެރިވުމުގައި ޣައްޒާއިން ފެންނަ ހިތްދަތި، އެހެނަސް ހިތްގައިމު ނަމޫނާ!

23 ނޮވެމްބަރު 2023
ބީޒަންޠިޔާއިންގެ ދުވަސްވަރުގެ ބޮޑު މުށިގަނޑެއް ޣައްޒާއިން ފެނިއްޖެ

ބީޒަންޠިޔާއިންގެ ދުވަސްވަރުގެ ބޮޑު މުށިގަނޑެއް ޣައްޒާއިން ފެނިއްޖެ

19 ސެޕްޓެމްބަރު 2022
ފަލަސްތީނުގެ ފެކްޓްރީއަކުން އަދިވެސް ސައިބޯނި އުފައްދަނީ ކުރީޒަމާނުގެ އުކުޅުތައް ބޭނުންކޮށްގެން

ފަލަސްތީނުގެ ފެކްޓްރީއަކުން އަދިވެސް ސައިބޯނި އުފައްދަނީ ކުރީޒަމާނުގެ އުކުޅުތައް ބޭނުންކޮށްގެން

26 މާރިޗު 2022

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު