Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނައިބު ރައީސް ފައިސަލް ނަސީމް

ދިހަވަރަކަށް އަހަރު ފަހުން ތަފާތު ތަޖުރިބާތަކަކާއި އިހުސާސްތަކެއް ދިވެހީންނަށް މި ލިބެނީ އެހެން ލެވެލްއެއްގައި: ފައިސަލް

11 ފެބުރުއަރީ 2023 | ހޮނިހިރު 05:37

ފައިސަލް ވިދާޅުވީ ދިވެހީންނަށް ޕިކްނިކް އައިލެންޑެއް 10 އަހަރު ފަހުން މި ލިބެނީ އެހެން ލެވެލްއެއްގައި ކަމަށް

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 11 ފެބުރުއަރީ 2023 | ހޮނިހިރު 05:37
ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވުން

ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވުން

ދިހަވަރަކަށް އަހަރު ފަހުން ޕިކްނިކް އައިލެންޑަކާއެކު ދިވެހީންނަށް ތަފާތު އިހުސާސްތަކަކާއި ތަޖުރިބާތަކެއް މި ލިބެނީ އެހެން ލެވެލްއެއްގައި ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ޖުލައި މަހު މާލެ ކައިރިން ފަޅެއް އޮތްތޯ ބެލުމަށްފަހު ޕިކްނިކް އައިލެންޑެއް ދިވެހީންނަށް އެންމެ ކަމުދާ ގޮތަށް ޑިޒައިންކޮށް އެ މަސައްކަތައިގެން ކުރިއަށް ދިއުމަށް rރައީސް އެދިވަޑައިގެންނެވި ކަމަށެވެ.

Advertisement - newsAdvertisement

ފައިސަލް ވިދާޅުވީ ރައީސް އެ މަސައްކަތް ހަވާލުކުރެއްވުމުން ފުރަތަމަ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްއަށް ގުޅުއްވައި ފަޅެއް ހޯދުމުގެ މަސައްކަތް ފެއްޓެވިކަމަށެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އޭރުގެ އެޗްޑީސީގެ އެމްޑީ ސުހައިލް އަހްމަދާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އާއި އޭރު ސްޓެލްކޯގެ އެމްޑީ ހަސަން މުޣުނީ އާއި އެމްޑަބްލިއުއެސްސީގެ އެމްޑީ ހަަސަން ޝާހާއި ފެނަކައިގެ އެމްޑީ އަހްމަދު ސައީދާއެކު ހަމަ އެ ދުވަހު އެ މަސައްކަތް ފެށުނު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޮޑުވީ ގޮނޑުދޮށްތަކުގައި، އަޅުގަނޑުމެން ބޮޑުވެގެން އައީ މަގޫގަސްތަކުގެ ދަށުގައި، ރުއްތަކުގެ ދަށުގައި، ނޫ ވިލުތަކުގައި، ކޮންމެ ދުވަހަކީ ވެސް އަޅުގަނޑުމެންގެ ހަޔާތުގައި މެދުއުމުރަށް އައިސްފައި ތިބިއިރު ގޮނޑުދޮޑަކަށް ވައިރޯޅިއެއްގެ އިހުސާސްކޮށްލުމަށް ޓަކައި ނުދެވޭ އެންމެ ދުވަހެއް ވެސް ނެތް، އެއީ ދިވެހީން،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ދިވެހީންނަކީ ޖަޒީރާވަންތަ ބައެއް ކަމަށާއި ދިވެހީންނަށް މޫދާއި ނުލައި، މަގޫގަސްތަކާއި ނުލައި އަދި ޗާލޫ ރުއްތަކާ، ދޮންވެލިގަނޑާ ނުލައި ދިވެހީންނަށް ނުވާނެ ކަމަށެވެ. އެހެންކަމުން ރައީސްގެ ވައުދުފުޅަަކަށްވީ ކުރީ ސަރުކާރެއްގައި ރައްޔިތުންގެ އަތުން ނަގައިފައިވާ ކުޑަބަނޑޮހުގެ ބަދަލުގައި ޒަމާނީ ގޮތަކަށް އެއަށްވުރެ ބޮޑުކޮށް ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރަން ކަމަށެވެ.

ކުޑަގިރި ޑިޒައިން ކުރި އިރުގައި އެންމެ ބޮޑަށް ބެލީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް އެއްވެސް މީހަކު ބާކީ ނުކޮށް، މި ހިދުމަތް ދެވޭނެ ގޮތަކަށް ޑިޒައިން ކުރަން ކަމަށެވެ. ރާއްޖޭގައި ދިިރިއުޅޭ ކޮންމެ ރައްޔިތަކީ ރައީސް ޞާލިހު ދެކިވަޑައިގަންނަވާ ގޮތުގައި އެންމެ މުހިންމު މީހާ ކަމަށާއި ދިވެހީންގެ ތެރެއިން މީހެއްގެ ހާލަތު ހުންނަ ގޮތަކުން އެ މީހަކަށް އެއްވެސް މީހަކަށް ހިދުމަތް ނުލިބި ނުދާނެ ކަމަށް ވިދާޅުވި އެވެ.

"ޔަގީންކަން އަރުވަން ބޭނުންވަނީ މި ރަށް ޑިޒައިން ކުރެވިފައި މިވަނީ އިރާދަކުރެއްވިއްޔާ ޒަމާނީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި އާއިލާތަކަށް ހިތްހަމަޖެހިގެން ރައްޓެހިންނާއެކު ވަގުތު ހޭދަކުރެވޭ ގޮތަށް،" ފައިސަލް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް