Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިން

ވޭތުވެދިޔަ 20 އަހަރު ކެލާ ދާއިރާއަށް ނުކުރާވަރުގެ އިންވެސްޓްމަންޓްތައް މި ސަރުކާރުން ކުރި: ރައީސް ސާލިހު

17 ޖެނުއަރީ 2023 | އަންގާރަ 12:46

ކެލާ ދާއިރާގެ އެކި އެކި މަޝްރޫއުތަކަށް 118 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 17 ޖެނުއަރީ 2023 | އަންގާރަ 12:46
އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިނަށް ހއ. ކެލާއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވާހަކަފުޅު ދައްކަވަނީ

އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިނަށް ހއ. ކެލާއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވާހަކަފުޅު ދައްކަވަނީ

ވޭތުވެދިޔަ 20 އަހަރު އެއްވެސް ސަރުކާރަކުން ކެލާ ދާއިރާއަށް ނުކުރާވަރުގެ އިންވެސްޓްމަންޓްތައް މި ސަރުކާރުން ކުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވި އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިނަށް އަންގާރަ ދުވަހުގެ ހަވީރު ހއ. ކެލާއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ކެލާ ދާއިރާގެ އެކި އެކި މަޝްރޫއުތަކަށް 118 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ މި ވެރިކަމުގައި ކެލާގެ ބަނދަރު ތަރައްޤީކޮށް ނިމިފައިވާ ކަމަށެވެ. އެހެންނަމަވެސް ބަނދަރުގެ ނެރު ފުން ކުރުމާއި ބޭރު ތޮށި ހެދުމުގެ މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ ފަރާތުން ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ރަނގަޅު ސަރވޭއެއް ހެދުމަށްފަހު ބަނދަރަށް ދިމާވެފައިވާ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ނިމިގެންދިޔަ ހަފްތާގައި ރަށްތަކަށް ކުރި ދަތުރުތަކުން ސާފުވީ ވައުދުތައް ފުއްދުމުގައި ގިނަ މަސައްކަތްތައް ފެށި، ނިމި އަނެއްބައި ރަށްތަކުގައި މަސައްކަތް ކުރިއަށްދާކަން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮންމެ ރަށަކުން ވެސް ރައްޔިތުން އެކަންތައްތައް ބަލައިގަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ ވިސްނުމަކީ އަބަދުވެސް ރައްޔިތުންނަށް ރަނގަޅު ގޮތްތައް ހޯދައިދިނުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރަށްތައް ތަރައްޤީ ކުރުމަށް ކުރާ މަސައްކަތް ކުރިއަށް ގެންދިޔުމަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ޖެހޭ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ރިޔާސީ އިންތިޚާބެއް އެކަނި އެއްވެސް ޕާޓީއަކަށް ކާމިޔާބު ކުރުމަކީ ނާރިދުކަމެއް ކަމަށާއި ރާއްޖޭގެ ޕާޓީތަކުން ބާއްވާ އެތެރޭގެ އިންތިޚާބުތަކާއި މި އިންތިޚާބު ތަފާތު  ކަމަށެވެ.

ރާއްޖޭގެ ވެރިކަމަށް އެމްޑީޕީ ގެންނަން ބޭނުންވާ މިންވަރާއި އަލުން އަނިޔާވެރިކަމުގެ ތެރެއަށް ރައްޔިތުން ދާން ބޭނުންނުވާ މިންވަރު ސާފުކޮށް ފެނިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް