Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުސަތު

ރާއްޖޭގެ ތަފާތު ރިޒޯޓްތަކުގައި އިންޓަރންޝިޕް ފުރިހަމަ ކުރުމުގެ 20 ފުރުޞަތު ކެމްބޯޑިއާއަށް ދެނީ

ރާއްޖޭގެ ކޯސްޓް ގާޑުން މި އަހަރު ހިންގާ ބޭސިކް ޑައިވް ކޯހުގައި، ކެމްބޯޑިއާގެ ސިފައިންގެ އޮފިސަރުން ބައިވެރިވުމުގެ ފުރުޞަތު ދީފައިވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2023 | ހޯމަ 08:27
ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގުޅިފައިވާ ބަޔާން ދެއްވަނީ

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގުޅިފައިވާ ބަޔާން ދެއްވަނީ

ރާއްޖޭގެ ތަފާތު ރިޒޯޓްތަކުގައި އިންޓަރންޝިޕް ފުރިހަމަ ކުރުމުގެ 20 ފުރުޞަތު ކެމްބޯޑިއާގެ ރައްޔިތުންނަށް ދިނުމަށް ހުށަހަޅާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އަދި ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމާޑެކް އައްކާ މޮހާ ސޭނާ ޕަޑެއި ޓެޗޯ ހުން ސެން ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓްގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި، ކެމްބޯޑިއާގެ ރައްޔިތުން ވަޒީފާ އަދާކުރުމުގެ ޝައުޤުވެރިކަމާ ބެހޭގޮތުން ވެސް ދެބޭފުޅުން މިއަދު މަޝްވަރާ ކުރެއްވި ކަމަށެވެ. އެ މަޝްވަރާގެ ތެރެއިން އެމަނިކުފާނު ވާނީ، ތަޖުރިބާ ޙިއްޞާ ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން، ރާއްޖޭގެ ތަފާތު ރިޒޯޓްތަކުގައި، އިންޓަރންޝިޕް ފުރިހަމަ ކުރުމުގެ 20 ފުރުޞަތު ދިނުމަށް ހުށަހަޅާފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކެމްބޯޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ބޭއްވި މަޝްވަރާތަކުގެ އިތުރުން، ކެމްބޯޑިއާއާއި ރާއްޖެއާ ދެމެދު މަޝްވަރާ ކުރުމާއި، ވިސާ މަޢާފްކޮށްދިނުމާއި، ޞިއްޙީ ދާއިރާއާއި، ފަތުރުވެރިކަމުގެ ދާއިރާއާއި، އިޤްތިޞާދީ ތަރައްޤީގެ ދާއިރާއިން ޖުމްލަ 6 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން، ދެ ޤައުމުގެ ވިޔަފާރިވެރިންގެ ޖަމުޢިއްޔާގެ މެދުގައިވެސް ވަނީ އެމް.އޯޔޫ.އެއްގައި ސޮއިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ޖުމްލަ ގޮތެއްގައި މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ސަބަބުން، ދެ ޤައުމުގެ މުސްތަޤުބަލަށް އުޖާލާކަން ގެނުވައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިމަގުގައި މި ގުޅުން އިތުރަށް ދިރުވައި އާލާކޮށް ހަރުދަނާ ކުރުމަކީ އެމަނިކުފާނު ނުހަނު އިސްކަން ދޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރަޙައްދީ ފެންވަރުގައި، 2022 ވަނަ އަހަރު ކެމްބޯޑިއާއިން ވަނީ، އެސޯސިއޭޝަން ފޮރ ސައުތު އީސްޓް އޭޝިއަން ނޭޝަންސްގެ ރިޔާސަތު ފުރިހަމަކޮށްފައި ކަމަށެވެ. މިގޮތުން، އާސިއާންގެ ރިޔާސަތު ފުރިހަމަކުރެއްވުމުގައި، ބޮޑުވަޒީރުގެ ޒަޢާމަތުގައި އަދާކުރެއްވި ދައުރަށް ރައީސް ވަނީ ތައުރީފް ކުރައްވާފައެވެ.

އަދި އާސިއާންގެ އޮބްޒަރވަރ ޤައުމަކަށް ވުމަށްޓަކައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ބޮޑުވަޒީރު ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވާ، އެކަމަށްޓަކައި ބޮޑުވަޒީރަށް، ރައީސް ވަނީ ޝުކުރު ވިދާޅުވެފައެވެ. އަދި ރާއްޖެއިން ކުރަމުން އަންނަ މި މަސައްކަތް މި އަހަރު ތެރޭގައި ޙަޤީޤަތަކަށް ވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކެމްބޯޑިއާއަކީ ގާތްގަނޑަކަށް ތިން ޕަސެންޓް މުސްލިމުން އުޅޭ ޤައުމަކަށްވާއިރު، އޮގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަންގެ އޮބްޒަރވަރ ޤައުމެއްގެ ގޮތުގައި ބައިވެރިވުމަށް ކެމްބޯޑިއާ ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފި ކަމަށާއި، އެކަމަށްޓަކައި ކެމްބޯޑިއާއިން އެ ކުރާ މަސައްކަތަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުކެމްބޯޑިއާގެ ބޮޑުވަޒީރުކެމްބޯޑިއާކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު