Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ރިޔާސީ ޕްރައިމަރީ

ޕްރައިމަރީ ކާމިޔާބުވެއްޖެއްޔާ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަކަށް ދާންޖެހޭ ސަބަބެއް ނެތް - ރައީސް

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ފޯމިއުލާއަކި އެމްޑީޕީއާއި އަދި އެމްޑީޕީއަށް ތާއިދުކުރާ ބަޔަކާއެކީގައި އުފެެދޭ ސަރުކާރެއް އުފެދޭގޮތަށް އެކަން ކޮށްގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2023 | ހޯމަ 06:53
ރައީސް ސާލިހު ކެމްޕޭނަށް އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ރައީސް ސާލިހު ކެމްޕޭނަށް އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

މިމަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުވެއްޖެނަމަ، ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަކަށް ދިއުމުގެ ސަބަބެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީގެ ހުޅުމީދޫގައި ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރެއް އެއްބުރުން އެކުލަވާލެވޭވަރުގެ ނަތީޖާއެއް ނެރެވޭ ފޯމިއުލާއެއް އެބައޮތް ކަމަށެވެ. އަދި އެމަނިކުފާނަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުވެއްޖެއްޔާ ދެވަނަ ބުރަކަށް ރިޔާސީ އިންތިހާބުގައި ދާންޖެހޭ ސަބަބެއް ނެތް ކަމަށާއި، އެއްބުރުން މިކަން ނިންމާލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ގެއްލިއްޖެނަމަ އެނބުރި ވެރިކަމަށް އައުމަށް ދެން ނަގާނީ ކިހާ ދުވަހެއްކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެހެންވީމާ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ފޯމިއުލާއަކީ އެމްޑީޕީއާއި އަދި އެމްޑީޕީއަށް ތާއިދުކުރާ ބަޔަކާއެކީގައި އުފެެދޭ ސަރުކާރެއް އުފެދޭގޮތަށް އެކަން ކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ވެރިކަމަށް އާދެވެން އޮތް ގޮތަކީ ކޮބައިތޯ މިއީ މިއަދު އަޅުގަނޑުމެން ވިސްނަންވި ކަންތައް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއީ ޕާޓީ އެތެރޭގެ ޕްރައިމަރީއެއް ނަމަވެސް މި ޕްރައިމަރީގައި ނިންމާ ނިންމުން ގޮސް ގުޅެނީ އަޅުގަނޑުމެން މި ފަށާފައި ހުރި މަސައްކަތްތައް ހުއްޓުމަކަށް ގެންނަންވީތޯ ނޫނިއްޔާ ނޫންތޯ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަނޑައެޅިގެން އެނގޭ އެއް ކަމަކީ، އެމްޑީޕީ އަށް ވެރިކަން ނުލިބިއްޖެ ނަމަ ސަރުކާރުން ފަށާފައި ހުރި ކަންތައްތައް ދިމާ އިދިކޮޅަށް ދެން އަންނަ ޕީޕީއެމްގެ ސަރުކާރެއް އަތުވެއްޖިއްޔާ އެކަން އެގޮތަށް ވެގެން ދާނެކަމަށެވެ. އެފުރުސަތު ދިއުމާއި ނުދިއުން އޮތީ މި ޕްރައިމަރީގައި ނިންމާ ނިންމުގެ މައްޗަށް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ޕްރައިމަރީއާއެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބާދޭތެރޭގައި ވެސް ވިސްނުމަށް ވެސް އެދިވަޑައިގަންނަވާފައެވެ.

ރައީސް ވިދާޅުވީ ހުޅުމީދޫ ރައްޔިތުންގެ ކިބައިންވެސް އެމަނިކުފާނު އެދިވަޑައިގަންނަވަނީ ވަރަށް ފުންކޮށް ވިސްނުމަށްފަހުގައި މި ޕްރައިމަރީގައި އެމަނިކުފާނާއެކު ތިބުމަށް ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބުކުރައްވާނެ ކަމަށާއި، މި ކާމީޔާބީގައި އައްޑޫސިޓީ އެކަހެރިވެ ބާކީވެފައި އޮތުމަކީ އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

މުޅި ރާއްޖެއިން މި ކާމިޔާބު ހޯދާއިރުގައި އޭގެ ބޮޑު ހިއްސާއެއް އައްޑޫ ސިޓީގައި އޮތުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށާއި، 2023 ވަނަ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބުކޮށް އެކުލަވާލާ ސަރުކާރުގައި އައްޑޫ ސިޓީއަކީ ބޮޑު ދައުރެއް އަދާކުރާނެތަނެއްކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއެމްޑީޕީ ޕްރައިމަރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު