Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލޭގެ މިސްކިތްތައް މަރާމާތުކުރުން

ޓެލެތޯން ފެށުމާ ހަމައަށްވެސް، 2020 ވަނަ އަހަރު މާލޭ ސިޓީކައުންސިލަށް ދިން އެއް މިލިއަން ރުފިޔާ ބޭނުމެއް ނުކުރޭ: މިނިސްޓްރީ

މިނިސްޓްރީން ސިޓީ ކައުންސިލަށް ދޭ ފައިސާ ޚަރަދުވާގޮތުގެ ތަފްސީލް ހުށަހަޅަމުން ނުދާކަމަށް މިނިސްޓްރީން ބުނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2023 | ބުރާސްފަތި 13:50
މާލޭގެ މިސްކިތެއް

މާލޭގެ މިސްކިތެއް

މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަންޑު ހޯދުމުގެ ޓެލެތޯން، ޗާލު މިސްކިތުގެ ނަމުގައި މާލޭ ސިޓީ ކައުންސިލުން ފެށުމާ ހަމައަށް، 2020 ވަނަ އަހަރު މާލެސިޓީ ކައުންސިލަށް ދިން އެއް މިލިއަން ރުފިޔާ ބޭނުން ނުކުރާކަން ޔަގީންވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

"ރާއްޖެ އެމްވީ"އަށް މައުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ، 2020ގައި ދިން ފައިސާ ބޭނުން ނުކުރާ ކަމަށާއި، އެ ފައިސާ ޚަރަދުކުރި ގޮތުގެ ތަފްސީލް މިނިސްޓްރީއާ ހިއްސާކޮށްފައި ނުވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތުކުރަން ހޭދަވާ ފައިސާގެ އަންދާޒާ ރިޕޯޓެއް ހުށަހަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ރިޕޯޓުގައި ހިމެނެނީ، ފައިސާ ޚަރަދުކުރި ގޮތުގެ ތަފްސީލް ނޫން ކަމަށްވެސް އިސްލާމިކް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ސިޓީ ކައުންސިލަށް މިސްކިތްތައް މަރާމާތުކުރަން ދިން ފައިސާ، ސިޓީ ކައުންސިލުން މިސްކިތް މަރާމާތުކުރަން ފައިސާ ހޯދަން ހިންގި ޓެލެތޯން ފެށުމާ ހަމައަށްވެސް ބޭނުންކޮށްފައި ނުވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ސިޓީ ކައުންސިލްގެ ބަޖެޓް ސެކްޝަންގެ ފަރާތުން، އެ ފައިސާ ބޭނުންނުކުރާ ކަމަށާއި، އެ ފައިސާ ކައުންސިލްގެ އެކައުންޓްގައި ހުރިކަމަށް އަންގާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެ މިނިސްޓްރީގެ މިސްކިތު ފަންޑުން 2020 ވަނަ އަހަރު މިސްކިތްތައް މަރާމާތުކުރުމަށް މާލޭ ސިޓީ ކައުންސިލަށް އެއްމިލިއަން ރުފިޔާ ދީފައިވާއިރު، 2022 ވަނަ އަހަރު ނިމުނުއިރުވެސް އެ ފައިސާ ޚަރަދުކުރިގޮތުގެ ތަފްސީލު މިނިސްޓްރީއަށް ހުށަހަޅާފައި ނުވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެހެންނަމަވެސް ސިޓީ ކައުންސިލުން އެކަން ދޮގުކުރެއެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "ރާއްޖެ އެމްވީ"އަށް ވިދާޅުވީ، އިސްލާމިކް މިނިސްޓްރީން ދިން ބަޖެޓް ބޭނުންކޮށްފައި ވާކަމަށާއި، އެކަމުގެ ތަފްސީލްތައް މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށެވެ. މިސްކިތްތަކަށް ކުރި ޚަރަދުތައް ސިޓީ ކައުންސިލްގެ މީޑިއާ މެދުވެރިކޮށް ތަފްސީލްކޮށް ލިބެން ހުންނާނެ ކަމަށާއި، އެ މައުލޫމާތު ނުލިބޭކަމަށް ބުނެ މިނިސްޓްރީން ފަތުރަނީ ސައްހަ ނޫން މައުލޫމާތު ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އަދި އެކަމާ ގުޅިގެން މިނިސްޓްރީގެ ބޭފުޅުންނާ ތަކުރާރުކޮށް ބައްދަލުކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިހާރު މިސްކިތްތައް މަރާމާތުކުރަމުން ދަނީ ސިޓީ ކައުންސިލްގެ އާމްދަނީއާއި މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަންޑު ހޯދުމުގެ ގޮތުން ބޭއްވި "ޗާލު މިސްކިތް" ޓެލެތޯނުން ލިބުނު ފައިސާއިން ކަަމަށެވެ. އަދި އެ ފަންޑުގެ ބޭރުންވެސް މިސްކިތްތައް މަރާމާތުކުރަން އާއްމުންގެ އެހީ ލިބޭކަން މޭޔަރ ފާހަގަކުރެއްވިއެވެ.

މާލެގެ މިސްކިތްތައް މަރާމާތުކުރުމަށް ކުރާ ހޭދައާމެދު މިނިސްޓްރީ އާއި ސިޓީ ކައުންސިލްގެ ބަސް ވަރަސް ބޮޑަށް ތަފާތެވެ. ސިޓީ ކައުންސިލުން ވަނީ، މިނިސްޓްރީން އެކަމަށް ބޭނުންވާ ފައިސާ އެކަށީގެންވާ ގޮތެއްގައި ނުދޭކަަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް މިނިސްޓްރީން އެކަން ދޮގުކުރެއެވެ. އަދި މިނިސްޓްރީން ސިޓީ ކައުންސިލަށް ދޭ ފައިސާ ޚަރަދުވާގޮތުގެ ތަފްސީލް ހުށަހަޅަމުން ނުދާކަމަށްވެސް މިނިސްޓްރީން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

އިސްލާމިކް މިނިސްޓްރީޑރ. މުހައްމަދު މުއިއްޒުމާލޭ ސިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު