Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގެރެންޓީ ދޫކުރުން

ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލުގެ ދަށުން ގެރެންޓީއަށް އެދެވޭނީ 4 ދާއިރާއަކުން

މި އުސޫލުގެ ދަށުން އަމިއްލަ ފަރުދުންނަކަށް ގެރެންޓީ ދުލެއް ނުކުރެވޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2022 | ހޯމަ 07:54
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް އަމަލުކުރަން ފަށައިފިއެވެ.

މިއީ، ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގައި މިނިސްޓްރީން ބަލާނެ މިންގަނޑުތަކާއި، ދައުލަތުގެ ނަމުގައި ގެރެންޓީއެއް ދިނުމަށް އެދި ހުށަހަޅަންޖެހޭ ގޮތާއި، ގެރެންޓީ ދޫކުރެވޭނެ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ބަޔާންކުރުމުގެ ގޮތުން، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން އެކުލަވާލާފައިވާ އުސޫލެކެވެ.

Advertisement - newsAdvertisement

މި އުސޫލުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ އިތުރުން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދިވެހި ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ ނިޒާމު ކަނޑައެޅުން ހިމެނެއެވެ.

އޭގެ އިތުރުން، ޤައުމުގެ އިޤްތިޞާދީ ހާލަތަށާއި، ސަރުކާރުގެ މާލީ ސިޔާސަތުތަކަށާއި، ތަރައްޤީގެ ޕްލޭންތަކަށް ރިޢާޔަތްކުރެވިގެން، ދެފުށް ފެންނަ، ހަރުދަނާ އުސޫލެއްގެ ދަށުން، ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމަށް މަގުފަހިކުރުންވެސް މި އުސޫލުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އުސޫލުގައި ބުނެފައިވާ ގޮތުން ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރެވޭނީ، ސަރުކާރުން އިސްކަންދޭ ބޮޑެތި މަޝްރޫޢުތައް ހިންގުމަށް ނުވަތަ މިނިސްޓަރު ހުއްދަދޭ މާލީ މުޢާމަލާތްތަކާ ގުޅިގެން ހުށަހަޅާ، އަދި ވަކި ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސަބްސިޑިއަރީތަކުގެ އިތުރުން، ދިވެހިރާއްޖޭގައި ވިޔަފާރިކުރަން ރަޖިސްޓަރީ ކޮށްފައިވާ ނުވަތަ ރީ -ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކާއި، ދައުލަތުގެ މުސްތަޤިއްލު މުއައްސަސާތަކާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން އުފައްދައިފައިވާ ކައުންސިލްތަކެވެ.

މި އުސޫލުގެ ދަށުން ގެރެންޓީއަށް އެދި ހުށަހެޅޭނީ 4 ދާއިރާއަކުންނެވެ. އެއީ ފަތުރުވެރިކަމުގެ ދާއިރާގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށާއި، ސަރުކާރުން ހުށަހަޅާ ޝަރުޠުތަކާ އެއްގޮތަށް ސޯޝަލް ހައުސިންގ މަޝްރޫޢުތައް ހިންގުމަށާއި، ތަރައްޤީގެ މަޝްރޫޢެއްގެ ގޮތުގައި އިސްކަންދިނުމަށް ސަރުކާރުން ނިންމާ މަޝްރޫޢުތައް ހިންގުމުގެ އިތުރުން، ފިނޭންސް މިނިސްޓަރު ހުއްދަދޭ މާލީ މުޢާމަލާތްތައް ކުރުމަށެވެ.

މި އުސޫލުގެ ދަށުން އަމިއްލަ ފަރުދުންނަކަށް ގެރެންޓީ ދުލެއް ނުކުރެވޭނެއެވެ.

އޭގެ އިތުރުން، ގެރެންޓީއަށް އެދި ހުށަހަޅާ ފަރާތްތަކުން ސަރުކާރުގެ އެއްވެސް އިދާރާއަކަށް އަދި މާލީ އިދާރާއަކަށް ދައްކަންޖެހޭ ފައިސާއެއް ދައްކަންޖެހޭ އުސޫލުން ނުދައްކާ އޮވެފައި، އެ ފައިސާއެއް ދައްކާނެ ގޮތަކާމެދު އެއްބަސްވުމަކަށް އާދެވިފައިނުވާނަމަ، އެއީ ގެރެންޓީ ދޫ ނުކުރެވޭނެ ފަރާތެކެވެ.

އަދި ގެރެންޓީއަށް އެދި ހުށަހަޅާ ފަރާތްތަކުން އެއްވެސް ޝަރުޢީ ޙުކުމަކާ ނުވަތަ ދަރަންޏަކާ ގުޅިގެން ދައްކަން ޖެހޭ ފައިސާއެއް ނުދައްކައި އޮވެފައި، އެ ފައިސާއެއް ދައްކާނެ ގޮތަކާމެދު އެއްބަސްވުމަކަށް އާދެވިފައިނުވާނަމަވެސް ގެރެންޓީ ދުލެއް ނުކުރެވޭނެއެވެ.

ގެރެންޓީ ދޫކުރުމާބެހޭ އެންމެހައި އިދާރީ ކަންކަން ބަލަހައްޓާނީ ފިނޭންސް މިނިސްޓްރީންނެވެ.

 އަދި ގެރެންޓީއަށް އެދި ހުށަހަޅާ ފަރާތުން ހުށަހަޅާ ހުރިހާ ލިޔެކިޔުންތަކާއި، ކަމާބެހޭ އެހެން ހުރިހާ ކަމެއް ބެލުމަށްފަހު، ގެރެންޓީ ދޫކުރުމަށް މިނިސްޓަރަށް ފެނިއްޖެނަމަ، ގެރެންޓީ ދޫކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ހުއްދައަށް އެދި ފޮނުވަންވާނެކަމަށް އުސޫލުގައި ބުނެއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ހުއްދަ ދެއްވައިފިނަމަ، ގެރެންޓީގެ ލިޔުން ދޫކުރަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

ފިނޭންސް މިނިސްޓްރީފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ކޮމެންޓް

އިތުރަށް ކިޔާލަން

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު