Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނިޝާމާ މުހައްމަދުގެ މަރު

ނޮޅިވަރަމްގައި އަންހެނަކު މަރާލުން: ފިރިމީހާގެ ބަންދަށް 15 ދުވަސް

12 ޑިސެމްބަރު 2022 | ހޯމަ 03:04

15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ކޯޓުން ހުއްދަ ދީފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 ޑިސެމްބަރު 2022 | ހޯމަ 03:04
ނިޝާމާ މުހައްމަދުގެ ފިރިމީހާ އަބޫބަކުރު ފައިސަލް

ނިޝާމާ މުހައްމަދުގެ ފިރިމީހާ އަބޫބަކުރު ފައިސަލް

ހދ. ނޮޅިވަރަމުގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދުގެ ފިރިމީހާ އަބޫބަކުރު ފައިސަލް 15 ދުވަހަށް ބަންދުކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ، ފައިސަލްގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ކޯޓުން ހުއްދަ ދީފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އދ ފެންފުށީ ރޯޒީ ވިލާ އުމުރުން 32 އަހަރުގެ އަބޫބަކުރު ފައިސަލް ހައްޔަރުކޮށްފައިވަނީ އޭނާގެ މައްޗަށް މި މަރާއި ގުޅިގެން ތުހުމަތުތަކެއް ކުރެވުމާއި ގުޅިގެންނެވެ. އެގޮތުން މަރުވި އަންހެން މީހާގެ ހަށިގަނޑުން ޒަހަމްތަކެއް ފެންނަން ހުރުމާއި އެހެން ބައެއް ސަބަބުތަކާއި ހުރެ އޭނާގެ މަރާއި ގުޅިގެން އޭނާގެ ފިރިމީހާ އަށް ދަނީ ތުހުމަތުތަކެއް ކުރެވެމުންނެވެ.

އޭގެ އިތުރުން، ހޮނިހިރު ދުވަހު ހެނދުނުގެ ވަގުތެއްގައި ކުއްލި ގޮތަކަށް އޭނާ ކުށުދުއްފުށްޓަށް ގޮސްފައިވާ ކަމަށް މަރުވި އަންހެން މިހާގެ އާއިލާ އާއި ހަވާލާދީ އިތުބާރު ހުރި ގޮތަކަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އޭނާގެ ހަށިގަނޑުގައި ނޫފައިގެން ގޮސްފައި ހުރި ތަންތަން ހުރުމުން އޭނާ އަށް އަނިޔާކޮށްފައިވާ ކަމަށް އާއިލާ އިން ތުހުމަތުކުރެއެވެ.

ނިޝާމާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރީގައެވެ. ނިޝާމާގެ މަރާއި ގުޅިގެން ތަފާތު އެކި ގޮތްގޮތަށް ރަށުތެރޭގައި ވާހަކަދެކެވޭ އިރު ނިޝާމާ އާއި އޭނާގެ ފިރިމީހާގެ ދެމެދުގައި ޒުވާބުކުރާ ކަމަށާއި ބައެއް ފަހަރު ވަރަށް އިހުތިރާމް ކުޑަކޮށް މުއާމަލާތުކުރާ ކަމަށް އެ ރަށުން "ރާއްޖެ އެމްވީ" އާއި ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ. އަދި އެ ރަށުން ވާހަކަދެއްކި އިތުރު މީހަކު ވަނީ ނިޝާމާގެ ގައިން މީގެ ކުރިން ވެސް ޒަހަމްތަކެއް ފެނިފައިވާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް އެ ޒަހަމްތަކަކީ ކިހިނެތް ލިބުނު ޒަހަމްތަކެއްތޯ ސުވާލުކޮށްފައި ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ނިޝާމާގެ ހަށިގަނޑު ދުށްމީހަކާއި ހަވާލާދީ "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދިން މީހަކު ބުނީ މަރުވެފައި އޮތް އިރު ނިޝާމާގެ ހަށިގަނޑުން ޒަހަމްތަކުގެ ނިޝާންތައް ފެންނަން ހުރިކަމަށެވެ. އެގޮތުން ކަރާއި އަތާއި މޫނުން ޒަހަމްގެ ނިޝާންތައް ފެންނަން ހުރި ކަމަށް ވަނީ ބުނެފައެވެ. އަދި މީގެ ކުރިން ވެސް ނިޝާމާ އަށް އޭނާގެ ފިރިމީހާ އަނިޔާ ކުރާ ކަމަށާއި އެކަން އެ ހިސާބުގައި ދިރިއުޅޭ ބައެއް މީހުންނަށް ވެސް އެނގޭކަމަށް އޭނާ ވަނީ ބުނެފައެވެ.

ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ތަހުގީގު ޓީމުން ނިންމާފައިވާކަމަށް ފުލުހުން ބުނެއެވެ.

ހދ.ނޮޅިވރަމް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2022

މިހާރު ކުރަމުން ދަނީ ނިޝާމާގެ ޕޯސްޓްމޯޓަމަށް ފުރިހަމަކުރަންޖެހޭ ލިޔެކިޔުމުގެ މަސައްކަތް: ފުލުހުން

17 ޑިސެމްބަރު 2022
މިހާރު ކުރަމުން ދަނީ ނިޝާމާގެ ޕޯސްޓްމޯޓަމަށް ފުރިހަމަކުރަންޖެހޭ ލިޔެކިޔުމުގެ މަސައްކަތް: ފުލުހުން
17 ޑިސެމްބަރު 2022

ފައިސަލްގެ ހާލަތަށް ބަދަލެއް ނާދޭ، އަދިވެސް ވެންޓިލޭޓަރުގައި

17 ޑިސެމްބަރު 2022
ފައިސަލްގެ ހާލަތަށް ބަދަލެއް ނާދޭ، އަދިވެސް ވެންޓިލޭޓަރުގައި
14 ޑިސެމްބަރު 2022

ނިޝާމާގެ 3 ކުދިން ތިބީ ރައްކާތެރި މާހައުލެއްގައި، ހާލަތު ދަނީ މޮނިޓަރކުރަމުން: ޖެންޑަރ

14 ޑިސެމްބަރު 2022
ނިޝާމާގެ 3 ކުދިން ތިބީ ރައްކާތެރި މާހައުލެއްގައި، ހާލަތު ދަނީ މޮނިޓަރކުރަމުން: ޖެންޑަރ
12 ޑިސެމްބަރު 2022

ނިޝާމާގެ މަރު: ތުހުމަތުވާ ފައިސަލް ގޮޅީގައި ދަންޖެހެން މަސައްކަތްކޮށްފި

12 ޑިސެމްބަރު 2022
ނިޝާމާގެ މަރު: ތުހުމަތުވާ ފައިސަލް ގޮޅީގައި ދަންޖެހެން މަސައްކަތްކޮށްފި
11 ޑިސެމްބަރު 2022

ނޮޅިވަރަމުގައި އަންހެނަކު މަރާލުން: އަނިޔާގެ ނިޝާންތައް ފެނުނު މީހުން ކުރިން ތިބީ ހަނު!

11 ޑިސެމްބަރު 2022
ނޮޅިވަރަމުގައި އަންހެނަކު މަރާލުން: އަނިޔާގެ ނިޝާންތައް ފެނުނު މީހުން ކުރިން ތިބީ ހަނު!
10 ޑިސެމްބަރު 2022

ނޮޅިވަރަމްގައި އަންހެނަކު މަރާލުން: ހަށިގަނޑު ބޭރަށް ގެންދަން މަސައްކަތްކުރަނީ، ފިރިމީހާ ހައްޔަރުކޮށްފައެއް ނުވޭ

10 ޑިސެމްބަރު 2022
ނޮޅިވަރަމްގައި އަންހެނަކު މަރާލުން: ހަށިގަނޑު ބޭރަށް ގެންދަން މަސައްކަތްކުރަނީ، ފިރިމީހާ ހައްޔަރުކޮށްފައެއް ނުވޭ
10 ޑިސެމްބަރު 2022

ނޮޅިވަރަމްގައި އަންހެނަކު މަރާލުން: އާއިލާގެ ތުހުމަތުތައް ފިރިމިހާ އަށް

10 ޑިސެމްބަރު 2022
ނޮޅިވަރަމްގައި އަންހެނަކު މަރާލުން: އާއިލާގެ ތުހުމަތުތައް ފިރިމިހާ އަށް
10 ޑިސެމްބަރު 2022

ނޮޅިވަރަމްގައި އަންހެނަކު މަރާލާފައިވާކަމަށް ބުނާ މައްސަލައެއް ބަލަނީ

10 ޑިސެމްބަރު 2022
ނޮޅިވަރަމްގައި އަންހެނަކު މަރާލާފައިވާކަމަށް ބުނާ މައްސަލައެއް ބަލަނީ
13 އޯގަސްޓު 2022

ނައިބު ރައީސް ނޮޅިވަރަމަށް ވަޑައިގެން ރަށުގެ ތަރައްގީއާ ގުޅޭގޮތުން ކައުންސިލާއެކު މަޝްވަރާކުރައްވައިފި

13 އޯގަސްޓު 2022
ނައިބު ރައީސް ނޮޅިވަރަމަށް ވަޑައިގެން ރަށުގެ ތަރައްގީއާ ގުޅޭގޮތުން ކައުންސިލާއެކު މަޝްވަރާކުރައްވައިފި
15 ޖެނުއަރީ 2022

ނޮޅިވަރަމު ސްކޫލުގެ މަލްޓި ޕާޕަސް ހޯލު އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި

15 ޖެނުއަރީ 2022
ނޮޅިވަރަމު ސްކޫލުގެ މަލްޓި ޕާޕަސް ހޯލު އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް