Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާމެންދޫ ރަށް ގިރުން

މާމެންދޫ ރަށް ގިރުމުގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކައުންސިލުގެ ޖަލްސާ ރަށް ގިރާ ސަރަޙައްދުގައި

ރަށް ގިރުމުގެ ސަބަބުން ބައެއް އާންމު ގެތަކަށްވެސް މިހާރު ވަނީ އެކަމުގެ ތަކުލީފު އުފުލަން ޖެހިފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 13 ޑިސެމްބަރު 2022 | އަންގާރަ 08:14
މާމެންދޫ ކައުންސިލު ބައްދަލުވުން އެރަށު ގޮނޑުދޮށުގައި

މާމެންދޫ ކައުންސިލު ބައްދަލުވުން އެރަށު ގޮނޑުދޮށުގައި

މާމެންދޫ ރަށް ގިރުމުގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް، ކައުންސިލް ޖަލްސާ ގޮނޑުދޮށުގައި ބާއްވައިފިއެވެ.

އަންގާރަ ދުވަހު މާމެންދޫ ކައުންސިލުގެ ބައްދަލުވުން އެރަށު ގޮނޑުދޮށުގައި ބާއްވާފައިވާއިރު، ބައްދަލުވުމުގައި އެޖެންޑާ ކޮށްފައިވާ ކަންކަމުގެ ތެރޭގައި ރަށް ގިރާ މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނައުން ހިމެނެއެވެ. އެ ސަރަޙައްދުގައިވެސް މި މައްސަލައާ ގުޅުންހުރި ބޯޑުތައް ބަހައްޓާފައި ހުއްޓެވެ.

Advertisement - newsAdvertisement

މިއީ މާމެންދޫ ކައުންސިލުގެ 4 ވަނަ ދައުރުގެ 78 ވަނަ ޖަލްސާއެވެ.

ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި ރަށް ގިރުމުގެ މައްސަލައަކީ އެރަށަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. އެގޮތުން ކައުންސިލުގެ ކުރީގެ ދައުރުގައިވެސް އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

އޭގެ އިތުރުން، އެންވަޔަރމަންޓް މިނިސްޓްރީންވެސް އެރަށަށް ޒިޔާރަތްކޮށް، ރަށް ގިރުމުގެ މައްސަލަ އޮތް ޙާލަތު މީގެ ކުރިންވެސް ބަލާފައިވާ ކަމަށާއި، އެކަމަށް ޙައްލު ހޯދައިދިނުމަށް މަސައްކަތް ކުރާނެކަމަށް ބުނެފައިވާކަން ކައުންސިލުން ފާހަގަ ކުރެއެވެ. މި މައްސަލަ އެކި ފަހަރުމަތިން ކައުންސިލުން ވަނީ ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެސްފައެވެ.

ރަށުގެ އުތުރުކޮޅު ގިރާ ސަރަޙައްދުގައި ކުރިއަށް ދިޔަ މި ޖަލްސާގައި މެންބަރުން ފާހަގަކޮށްފައިވާ ގޮތުގައި ރަށް ގިރުމުގެ ސަބަބުން ބައެއް އާންމު ގެތަކަށްވެސް މިހާރު ވަނީ އެކަމުގެ ތަކުލީފު އުފުލަން ޖެހިފައެވެ. އެކަމާ ގުޅޭގޮތުން އަތޮޅު ކައުންސިލުންވެސް ކަމާ ގުޅުންހުރި އިދާރާތަކަށް މައްސަލަ ހުށަހަޅާފައިވާކަން ކައުންސިލުން ފާހަގަކުރެއެވެ.

މިއީ މިހާރުން މިހާރަށްވެސް ޙައްލު ހޯދަން ޖެހިފައިވާ މައްސަލައެއްކަމަށް ކައުންސިލުން ބުނެއެވެ. ވަކިން ޚާއްސަކޮށް މިއީ ރައްޔިތުންގެވެސް ނުހަނު ކަންބޮޑުވުމެއް އޮތް ކަމެކެވެ. އެގޮތުން ގެތައް ރިލޮކޭޓް ކުރުމުގެ ބިރު އޮތުމާއި، ފެނުގެ ނިޒާމަށް އަސަރު ކުރުން ފަދަ ކަންބޮޑުވުންތައް ހުރިކަމަށް ކައުންސިލް ޖަލްސާގައި މެންބަރުން ވަނީ ފާހަގަކޮށްފައެވެ.

ގއ މާމެންދޫއަކީ އެ އަތޮޅުގައި ރަށް ގިރުމުގެ މައްސަލަ އެންމެ ބޮޑަށް ދިމާވެފައިވާ ރަށްކަން ފާހަގަކޮށް ހުރިހާ މެންބަރުންވެސް ވަނީ ވީހާވެސް އަވަހަށް ސަރުކާރުން އެ މައްސަލައަށް ޙައްލެއް ގެނައުމަށް ގޮވާލާފައެވެ.

އަދި މި މައްސަލަ ރައީސްގެ ސަމާލުކަމަށް ގެނައުމުގެ އިތުރުން، އަމަލީ ގޮތުންވެސް މި މައްސަލަ ހައްލު ކުރުމަށް ކައުންސިލުން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މާމެންދޫ ކައުންސިލްގއ. މާމެންދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

އުދައްޔު މަރާލި މައްސަލައިގައި ޝަމީމު އައި މާޒިން މެރުމަށް ހުކުމްކޮށްފި

އުދައްޔު މަރާލި މައްސަލައިގައި ޝަމީމު އައި މާޒިން މެރުމަށް ހުކުމްކޮށްފި

28 ސެޕްޓެމްބަރު 2025
ކެމްޕެއިނަށް ހުރަސް އެޅުން ކުށްވެރިކޮށް ނަރީޝްގެ މައްސަލަ ބަލަން ފުލުހުންނަށް ހުށަހަޅައިފި

ކެމްޕެއިނަށް ހުރަސް އެޅުން ކުށްވެރިކޮށް ނަރީޝްގެ މައްސަލަ ބަލަން ފުލުހުންނަށް ހުށަހަޅައިފި

24 މާރިޗު 2024
ރައީސް، މާމެންދޫ ސްކޫލުގެ އައު ޢިމާރާތް ހުޅުއްވައިދެއްވައިފި

ރައީސް، މާމެންދޫ ސްކޫލުގެ އައު ޢިމާރާތް ހުޅުއްވައިދެއްވައިފި

10 އޯގަސްޓު 2023
މާމެންދޫ ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރައްވައި، އިތުރު ކަންކަން ކޮށްދެއްވާނެކަމަށް ރައީސް ވައުދުވެވަޑައިގެންފި

މާމެންދޫ ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރައްވައި، އިތުރު ކަންކަން ކޮށްދެއްވާނެކަމަށް ރައީސް ވައުދުވެވަޑައިގެންފި

10 އޯގަސްޓު 2023
ގއ މާމެންދޫ މަގުތަކުގައި ތާރު އެޅުމަށް އާރްޑީސީއާ ޙަވާލުކޮށްފި

ގއ މާމެންދޫ މަގުތަކުގައި ތާރު އެޅުމަށް އާރްޑީސީއާ ޙަވާލުކޮށްފި

09 އޯގަސްޓު 2023

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު