Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްވެރިންގެ ދުވަސް

"މަސްވެރިކަމުގެ އެކްސްޕޯ 2022" އަށް ރައީސް ޒިޔާރަތްކުރައްވައިފި

އެކްސްޕޯގައި، މިފްކޯ އާއި ހޮރައިޒަން ފިޝަރީޒުން ވަނީ އައު އުފެއްދުންތަކެއް ބާޒާރަށް ނެރެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 ޑިސެމްބަރު 2022 | އާދީއްތަ 14:42
ރައީސް ޞާލިހް މަސްވެރިކަމުގެ އެކްސްޕޯ 2022 އަށް ޒިޔާރަތްކުރެއްވުން

ރައީސް ޞާލިހް މަސްވެރިކަމުގެ އެކްސްޕޯ 2022 އަށް ޒިޔާރަތްކުރެއްވުން

ދިވެހިރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ކުރިޔަށް ގެންދާ "މަސްވެރިކަމުގެ އެކްސްޕޯ 2022" ގދ. ފަރެސްމާތޮޑާގައި ބާއްވައިފިއެވެ.

މި އެކްސްޕޯ ބާއްވާފައިވަނީ ޑިސެންބަރު މަހުގެ 9 ވަނަ ދުވަހުން ފެށިގެން އާދިއްތަ ދުވަހުގެ ހަވީރު 6:00 ގެ ނިޔަލަށް ފަރެސްމާތޮޑާ ބަނދަރު ސަރަޙައްދުގައެވެ.

އާދީއްތަ ދުވަހުގެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ވަނީ މި އެކްސްޕޯއަށް ޒިޔާރަތްކުރައްވައި، ސްޓޯލްތައް ބައްލަވާލައްވައި، މަސްވެރިކަމުގެ ދާއިރާގެ އައު އުފެއްދުންތަކާއި ގުޅޭ މަޢުލޫމާތު ހޯއްދަވާފައެވެ. މަސްވެރިންގެ ދުވަހާއި ގުޅިގެން ކުރިޔަށް ގެންދިޔަ އެކްސްޕޯގައި، މިފްކޯ އާއި ހޮރައިޒަން ފިޝަރީޒުން ވަނީ އައު އުފެއްދުންތަކެއް ބާޒާރަށް ނެރެފައެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އިންތިޒާމްކޮށްގެން ބޭއްވި އެކްސްޕޯގައި ޖުމްލަ 8 ސްޓޯލް ހުރި އިރު، އެކްސްޕޯގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރޭގައި، އެމްޓީސީސީ، މިފްކޯ، ހޮރައިޒަން ފިޝަރީޒް، އެންސިސް، ސީގަލް ގުރޫޕް، ޕްރެޝާޓެކް މޯލްޑިވްސް، ބިގްފިޝް މޯލްޑިވްސް، އުރީދޫ މޯލްޑިވްސް، ނޫރާއްޖެ އަދި ފަރެސްމާތޮޑާ ކައުންސިލް ހިމެނެއެވެ.

އެކްސްޕޯއަށް ޒިޔާރަތްކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިންގެ ދުވަހާއި ގުޅިގެން ފަރެސްމާތޮޑާގައި ދެޖިންސުގެ ބޭފުޅުންނަށް ހުޅުވާލައިގެން ބޭއްވި، މަސްކެނޑުމުގެ މުބާރާތް ޝަރަފްވެރިކޮށްދެއްވާފައެވެ. މަސްވެރިންގެ ދުވަހާއި ގުޅިގެން ބޭއްވި މަސްކެނޑުމުގެ މުބާރާތުގައި 08 އަންހެން ބޭފުޅުންނާއި 04 ފިރިހެން ބޭފުޅުން ބައިވެރިވެފައިވެއެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ގދ. ފަރެސްމާތޮޑާގައި ދަނީ ގިނަ ޙަރަކާތްތަކެއް ހިންގަމުންނެވެ. މަސްވެރިންގެ ދުވަހާއި ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ އޮންނާނީ މިރޭ، ގދ. ފަރެސްމާތޮޑާގެ ބަނދަރު ސަރަޙައްދުގައެވެ.

މަސްވެރިންގެ ދުވަސްރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުފަރެސްމާތޮޑާމިފްކޯމިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް

08 ނޮވެމްބަރު 2025
މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު