Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެއާއި ޔޫއޭއީގެ ގުޅުން

ފާއިތުވި 44 އަހަރުވަންދެން ޔޫއޭއީއާއި ރާއްޖެއިން ބާއްވާފައިވަނީ ނަމޫނާ ގުޅުމެއް: ޔޫއޭއީ

5 ޑިސެމްބަރު 2022 | ހޯމަ 11:27

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ 51 ވަނަ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ވަނީ ހަފްލާއެއް ބާއްވާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 5 ޑިސެމްބަރު 2022 | ހޯމަ 11:27
ޔޫއޭއީގެ ޗާޖްޑް އެފެއަރޒް، އަބްދުއްރަހްމާން މުހައްމަދު ހަމަދު ސައީދު އައްޝަމްސީ

ޔޫއޭއީގެ ޗާޖްޑް އެފެއަރޒް، އަބްދުއްރަހްމާން މުހައްމަދު ހަމަދު ސައީދު އައްޝަމްސީ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އާ ރާއްޖެއާ ދެމެދު ފާއިތުވި 44 އަހަރުވަންދެން ބާއްވާފައިވަނީ ނަމޫނާ ގުޅުމެއް ކަަމަށް ޔޫއޭއީގެ ޗާޖްޑް އެފެއަރޒް، އަބްދުއްރަހްމާން މުހައްމަދު ހަމަދު ސައީދު އައްޝަމްސީ ވިދާޅުވެއްޖެއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ 51 ވަނަ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ބޭއްވި ހަފްލާގައި އޭނާ ވިދާޅުވީ، ދެ ގައުމުގެ ގުޅުމަކީ އިހުތިރާމާއި ރަހުމަތްތެރިކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަަމަށެވެ. ޔޫ.އޭ.އީގެ ކުރީގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫ.އޭ.އީގެ އާރމްޑް ފޯރސަސްގެ ސުޕްރީމް ކޮމާންޑަރ އައްޝައިޚު ޚަލީފާ ބިން ޒާއިދު އާލް ނަހްޔާންގެ ދައުރުން ފެށިގެން މިހާހިސާބަށް އައިއިރުވެސް ރާއްޖެއާ އެ ގައުމާ ދެމެދު އޮތީ ރަނގަޅު ގާތް ގުޅުމެއްކަަމަށް އޭނާ ވިދާޅުވިއެވެ. އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި، އިގްތިސާދީ ގޮތުންވެސް ދެ ގައުމުގެ ދެމެދުގައި ހަރުދަނާ ގުޅުމެއް ގާއިމްކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ފަގީރުކަން ނައްތާލުމާއި، ސިއްހީ ކާރިސާތަކާ ކުރިމަތިލުމުގެ އިތުރުން، މީހުން ބިނާކުރުމުގައިވެސް ޔޫއޭއީއާ ރާއްޖެއާ ދެމެދު އޮތީ ވަަރަށް ގާތް ގުޅުމެއްކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ރާއްޖެއަކީ އެ ގައުމުގައި މަގްބޫލު މަންޒިލެއް ކަަމަށްވެސް ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement

އުނައިޓެޑް އަރަބް އެމިރޭޓްސްގެ 51 ވަނަ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ޔޫއޭއީ

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

16 ޖުލައި 2025

އޮރިޖިނަލް ޒަމްޒަމް ފެން ކަަމަށް ބުނެ އޮޅުވާލައިގެން އިސްކުރު ފެން ވިއްކަނީ!

16 ޖުލައި 2025
އޮރިޖިނަލް ޒަމްޒަމް ފެން ކަަމަށް ބުނެ އޮޅުވާލައިގެން އިސްކުރު ފެން ވިއްކަނީ!
12 އޮކްޓޯބަރު 2024

އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި

12 އޮކްޓޯބަރު 2024
އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި
27 އޯގަސްޓު 2024

ޔޫއޭއީން ލުއި ރޭޓެއްގައި 160 ޓަނުގެ ރަން އިންޑިއާ އަށް އެތެރެކުރަނީ

27 އޯގަސްޓު 2024
ޔޫއޭއީން ލުއި ރޭޓެއްގައި 160 ޓަނުގެ ރަން އިންޑިއާ އަށް އެތެރެކުރަނީ
22 ޖުލައި 2024

ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް ޔޫއޭއީ ގައި މުޒާހަރާ ކުރި 57 ބަންގްލަދޭޝް މީހުން ދިގު މުއްދަތައް ޖަލަށް ލައިފި

22 ޖުލައި 2024
ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް ޔޫއޭއީ ގައި މުޒާހަރާ ކުރި 57 ބަންގްލަދޭޝް މީހުން ދިގު މުއްދަތައް ޖަލަށް ލައިފި
21 މާރިޗު 2024

ބޭނުންކޮށް ނިމިގެން އުކާލާ ތެޔޮގަނޑުން ވެށި ސަލާމަތް ކުރެވިދާނެ ކަން އެނގޭތަ؟

21 މާރިޗު 2024
ބޭނުންކޮށް ނިމިގެން އުކާލާ ތެޔޮގަނޑުން ވެށި ސަލާމަތް ކުރެވިދާނެ ކަން އެނގޭތަ؟
18 މާރިޗު 2024

ތައިލެންޑް، އިނގިރޭސިވިލާތް އަދި ޔޫއޭއީގައި ވޯޓުފޮށި ނުބަހައްޓާނެ

18 މާރިޗު 2024
ތައިލެންޑް، އިނގިރޭސިވިލާތް އަދި ޔޫއޭއީގައި ވޯޓުފޮށި ނުބަހައްޓާނެ
05 ޑިސެމްބަރު 2023

ޕޫޓިން މެދުއިރުމައްޗަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާކަން ކްރެމްލިންއިން އިއުލާންކޮށްފި

05 ޑިސެމްބަރު 2023
ޕޫޓިން މެދުއިރުމައްޗަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާކަން ކްރެމްލިންއިން އިއުލާންކޮށްފި
01 ޑިސެމްބަރު 2023

ކޮޕް28ގެ ވަރލްޑް ލީޑަރސް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

01 ޑިސެމްބަރު 2023
ކޮޕް28ގެ ވަރލްޑް ލީޑަރސް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
01 ޑިސެމްބަރު 2023

މި ސަރުކާރުގެ ސިޔާސަތަކަށް ވާނީ ދިވެހިންނަށް އިސްކަންދީ، ދިވެހިންގެ މަސްލަހަތު އިސްކުރުން: ރައީސް

01 ޑިސެމްބަރު 2023
މި ސަރުކާރުގެ ސިޔާސަތަކަށް ވާނީ ދިވެހިންނަށް އިސްކަންދީ، ދިވެހިންގެ މަސްލަހަތު އިސްކުރުން: ރައީސް
22 ނޮވެމްބަރު 2023

ޔޫ.އޭ.އީ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމަށް އައު ދައުރެއް ގެނެސްދިނުމަށް މަސައްކަތް ކުރާނަން: ރައީސް

22 ނޮވެމްބަރު 2023
ޔޫ.އޭ.އީ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމަށް އައު ދައުރެއް ގެނެސްދިނުމަށް މަސައްކަތް ކުރާނަން: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް