Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ މާލީ ހާލަތު

ރާއްޖޭގެ ފޮރިން ކަރަންސީ މަދު، އަސާސީ ކަންކަމަށް ބޭނުންވާ ފައިސާއެއް ނެތް: ރައީސް ނަޝީދު

ރާއްޖޭގެ ރިޒަރވްގައި ފޮރިން ކަރަންސީ ނެތި، އޮޅުވާނުލުމަށް ރައީސް ނަޝީދު އިލްތިމާސްކުރެއްވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 21 ނޮވެމްބަރު 2022 | ހޯމަ 06:20
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް

މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް

ރާއްޖޭގެ ފޮރިން ކަރަންސީ މަދު ކަމަށާއި ރާއްޖޭގައި އަސާސީ ކަންކަމަށް ބޭނުންވާ ފައިސާ ވެސް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި ބަޖެޓް ދިރާސާކުރިގޮތުގެ ރިޕޯޓަށް ބަހުސް ކުރުމަށް ފުރުސަތު ހުޅުވާލުމުގެ ކުރިން ރައީސް ނަޝީދު ވަނީ ރާއްޖޭގެ މާލީ ހާލަތު ގޯސްކަމަށް ސިފަކުރައްވާ ވާހަކަފުޅުދައްކަވާފައެވެ. ދިވެހި ދައުލަތުގެ ރިޒާވްގައި ފޮރިން ކަރެންސީ މަދުވުމުން ކުރިއަށް އޮތް ހަފްތާތަކުގައި ނުވަތަ ކުރިއަށް އޮތް މަސްތަކުގެ އަސާސީ ކަންކަމަށް ބޭނުންވާ ފައިސާ ނެތް ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެ ވާހަކަތައް ބިނާކުރެއްވީ ކޮންކަމެއްގެ މައްޗަށް ކަމެއް ނުވަތަ ރިޒާވްގައި ހުރިި ފޮރިން ކަރެންސީއާ ގުޅޭ މައުލޫމާތެއް އެމަނިކުފާނު ހިއްސާއެއް ނުކުރައްވައެވެ. ރައީސް ނަޝީދު ވަނީ ރާއްޖޭގެ ރިޒަރވްގައި ފޮރިން ކަރަންސީ ނެތި، އެ ނޫން ގޮތަކަށް މަޖިލީހުގައި ވާހަކަދެއްކެވުމުން އެކަން ފާހަގަ ނުކުރައްވާ ދޫކޮށްލައްވަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރާއްޖޭގެ ރިޒަރވްގައި ފައިސާ ނެތް ވާހަކަ ނުދެއްކުމަކީ އޮޅުވާލުންކަމަށް ވެސް އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވި ނަމަވެސް ރާއްޖޭގެ ރިޒަރވް ދަށްވެ، އަސާސީ ކަންކަން ނުފުދޭ މިންވަރަށް ހާލަތު ދަށްވި ކަމަށް ކަމާ ބެހޭ އިދާރާއަކުން މިހާތަނަށް އައި އިރު ފާހަގަކޮށްފައެއް ނުވެއެވެ. އަދި ކުރިއަށް އޮތްތަނުގައި ރިޒަރވްގައި ހުރި ފޮރިން ކަރަންސީގެ އަދަދު ރަނގަޅުވާނެ ކަމަށް ވެސް ސަރުކާރުން އުންމީދުކުރެއެވެ. އަންނަ އަހަރު ރާއްޖޭގެ އިގްތިޞާދު ރަނގަޅުވާނެ ކަމަށް ކަމާއި ބެހޭ ފަރާތްތަކުން ލަފާކުރެއެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުރައްޔިތުންގެ މަޖިލިސްފިނޭންސް މިނިސްޓްރީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!
30 ނޮވެމްބަރު 2025

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި
25 ނޮވެމްބަރު 2025

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި
22 ނޮވެމްބަރު 2025

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް
19 ނޮވެމްބަރު 2025

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި
13 ނޮވެމްބަރު 2025

ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!

13 ނޮވެމްބަރު 2025
ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!
06 ނޮވެމްބަރު 2025

ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި

06 ނޮވެމްބަރު 2025
ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި
05 ނޮވެމްބަރު 2025

މުއިއްޒު ބޭނުންވާ އަމިއްލަ ކުންފުނިތަކަކަށް ޕޮރޮޖެކްޓްތައް ބަހާލުން ބުރާސްފަތި ދުވަހު

05 ނޮވެމްބަރު 2025
މުއިއްޒު ބޭނުންވާ އަމިއްލަ ކުންފުނިތަކަކަށް ޕޮރޮޖެކްޓްތައް ބަހާލުން ބުރާސްފަތި ދުވަހު
05 ނޮވެމްބަރު 2025

ފަޒުލްގެ ކުންފުނިން ލޯންޗު ގަތުމަށް ސަރުކާރުން އިއުލާނު ކޮށްފި

05 ނޮވެމްބަރު 2025
ފަޒުލްގެ ކުންފުނިން ލޯންޗު ގަތުމަށް ސަރުކާރުން އިއުލާނު ކޮށްފި
30 އޮކްޓޯބަރު 2025

މި އަހަރުގެ ބަޖެޓަށް 7.7 ބިލިއަން ރުފިޔާ އިތުރުކޮށް އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް

30 އޮކްޓޯބަރު 2025
މި އަހަރުގެ ބަޖެޓަށް 7.7 ބިލިއަން ރުފިޔާ އިތުރުކޮށް އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު