Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއެކްސްރާއީ ގްލާސް

ބައެއް މީހުން ވާހަކަދައްކާއިރު ސަބްޓައިޓްލް އަރާނަމައޭ ހިތަށްއަރާތަ؟ އެހެންވިއްޔާ މިއޮތީ ހައްލު

19 ނޮވެމްބަރު 2022 | ހޮނިހިރު 14:44

އެކްސްރާއީ ބުނާގޮތުގައި މި އައިނު މި ވަގުތު ބޭނުންކުރެވޭނީ އެންރިއަލް އެއަރ އޮގުމެންޓަޑް ރިއާލިޓީ އައިނުތަކާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 19 ނޮވެމްބަރު 2022 | ހޮނިހިރު 14:44
އެކްސްރާއީ ގްލާސްއާ ގުޅިފައިވާ އެޕްލިކޭޝަންގެ އެހީގައި ތަފާތު 9 ބަހަކަށް ސަބްޓައިޓްލްތައް ތަރުޖަމާވެސް ކުރެވޭ

އެކްސްރާއީ ގްލާސްއާ ގުޅިފައިވާ އެޕްލިކޭޝަންގެ އެހީގައި ތަފާތު 9 ބަހަކަށް ސަބްޓައިޓްލްތައް ތަރުޖަމާވެސް ކުރެވޭ

ޒަމާނީ ކުރިއެރުމާއި ޓެކްނޮލޮޖީގެ ތެރެއިން އިންސާނީ ދަރިފަސްކޮޅާ ބައްދަލުކުރި އެންމެ އިންގިލާބީ އެއް އީޖާދަކީ، މަސްނޫއީ ތޫނުފިލިކަން ނުވަތަ އޭއައި ޓެކްނޮލޮޖީއެވެ. އޭއައި ޓެކްނޮލޮޖީގެ އެހީގައި ދިރިއުޅުމުގެ މައިދާނަށް ހީވެސްނުކުރާފަދަ އެތައް ބަދަލެއް އަންނަމުންދާއިރު، މިއީވެސް އެފަދަ ވާހަކައެކެވެ. މިއީ އޭއައި ޓެކްނޮޖީގެ ބާރު ހިނގާ އައިނެއްގެ ވާހަކައެވެ. މި އައިނު ޚާއްސަ ވަނީ، ބީރު މީހުންނަށެވެ.

އަޑު އިވުމުގެ ހިއްސަށް ދިމާވެފައިވާ މައްސަލައެއް ނުވަތަ މައްސަލަތަކެއްގެ ސަބަބުން އިތުރު އެހީއަކަށް ބޭނުންވާ މީހުންނަށް ޚާއްސަކޮށްގެން އީޖާދުކޮށްފައިވާ މި އައިނު ފަރުމާކޮށްފައިވަނީ، ކުރަމުންދާ މުއާމަލާތު، ލިޔުމުގެ ޒަރީއާއިން ފެންނަ ގޮތަށެވެ. އާންމު އުސޫލުން ކަން ހިނގާ ގޮތަށް ބަލާއިރު، ފިލްމެއްގައި ސަބްޓައިޓްލް އަރާ އުސޫލުންނެވެ. ދެކެވެމުންދާ ވާހަކަތައް، ލިޔުމުގެ ޒަރީއާއިން ވަގުތުން ފެންނަމުން ދާއިރު، އެ ވާހަކަތައް ރިވައިންކޮށް، އަލުން ބަލާލުމުގެ ފުރުސަތުވެސް މި އައިނުން ލިއްބައިދެއެވެ.

"އެކްސްރާއީ ގްލާސް"ގެ ނަމުން ނަން ދީފައިވާ މި އައިނު ފަރުމާކޮށްފައިވަނީ އޮގުމެންޓަޑް ރިއާލިޓީ (އޭއާރް) އައިނު ބޭނުންކޮށްގެންނެވެ. މި އައިނަކީ އޭއައި ޓެކްނޮލޮޖީގެ އެހީގައި އޮޕަރޭޓްކުރާ ސޮފްޓްވެއަރއެއް މެދުވެރިކޮށް، ސްމާރޓްފޯން އެޕްލިކޭޝަނަކާ ގުޅާލެވިފައިވާ އައިނެކެވެ. މި އައިނަކީ ބީރު މީހުންގެ ޕަރސަލަން އެސިސްޓަންޓެކޭވެސް ދެންނެވިދާނެއެވެ. ހަނދާންނެތިފައި ހުންނަ ކަންކަން ހަނދާންވެސްކޮށްދެއެވެ.

އާދަޔާ ޚިލާފު މި އައިނުގެ ކުރު ޚުލާސާއެއް ދެމުން، އެކްސްރާއީ ގްލާސްގެ ކޯ-ފައުންޑަރ އަދި ޗީފް މާރކެޓިންގ އޮފިސަރ، މިޗެލް ފެލްޑްމަން ބުނީ، މިއީ "ލޮލުގެ އެލެކްސާ" ކަމަށެވެ.  

ބީރު މީހުންނަށް ޚާއްސަކޮށްގެން އެކްސްރާއީ ގްލާސް އުފެއްދުމަށް ހިތްވަރު ލިބުނީ، ކޯ ފައުންޑަރ ޑެން ސްކާފީޒްގެ ކާފަގެ ސަބަބުންނެވެ. އުމުރުން މިހާރު 97 އަހަރު ފުރިފައިވާ ކާފައަކީ އަޑުއިވުމުގެ ނަސީބުން މަހުރޫމުވެފައިވާ މީހެކެވެ. ނަތީޖާއެއްގެގޮތުން، އާއިލީ ބައްދަލުވުންތަކުގައި ބައިވެރިވެ އުޅުންވެސް ކާފައަށް އޮތީ ދަތިވެފައެވެ. ނަމަވެސް، މިއަދު އީޖާދުކޮށްފައިވާ އެކްސްރާއީ ގްލާސްއާއެކު، ކާފަފަދަ އެތައް ބަޔަކަށް މި ވަނީ އުއްމީދު އާވެފައެވެ.

އެކްސްރާއީ ގްލާސްއާ ގުޅިފައިވާ އެޕްލިކޭޝަންގެ އެހީގައި، ތަފާތު 9 ބަހަކަށް، ސަބްޓައިޓްލްތައް ތަރުޖަމާވެސް ކުރެވެއެވެ. އެ ކަން ކުރިއަށް ދަނީ، ވާހަކަދައްކަމުންދާ ވަގުތާ މާ ބޮޑު ފަރަގެއްވެސް ނެތް ގޮތަށް ކަމަށް ވާއިރު، ތަރުޖަމާގެ ލިސްޓު އަދިވެސް އިތުރަށް ދިގުވެގެންދާނެ ކަމުގެ އުފާވެރި ޚަބަރު ވަނީ ލިބިފައެވެ.

ޑީޕް ލަރނިންގ ޓެކްނޮލޮޖީގެ އެހީގައި ކަންކަން އުނގެނެމުންދާ އޭއައި އެސިސްޓަންޓް ދަނީ އިންތިހާއަށް އުނދަގޫ ސުވާލުތަކަށް ޖަވާބު ދިނުމަށްވެސް އަހުލުވެރިވަމުންނެވެ.

އެކްސްރާއީއާއެކު އެންމެ ބޮޑު އުފަލެއް ލިބުނު އެކަކީ ޖަސްޓިން އޮޒްމަންޑްއެވެ. ޢުމުރުން އެންމެ 2 އަހަރުން ފެށިގެން އޮޒްމަންޑްގެ އަޑުއިވުމުގެ ހިއްސަށް ވަނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައެވެ. މި އައިނުގެ އެހީގައި އޮޒްމަންޑް މުއާމަލާތުކޮށް ހަދާ ގޮތުން، އޭނާގެ އާއިލާ މެންބަރުންވެސް ތިބީ އިންތިހާއަށް އުފާވެފައެވެ.

ރިއާލިޓީ ޝޯ "ލަވް އައިލަންޑް"ގައި ބައިވެރިވި ފުރަތަމަ ބީރު ކޮންޓެސްޓަންޓް، ޓާޝާ ގޫރީއަށްވެސް އެކްސްރާއީ އައިނުގެ ތަޖުރިބާ ވީ ލޮލުން ކަރުނަ ފާއްދާލި ތަޖުރިބާއަކަށެވެ. ގޫރީ މި ދުނިޔެއަށް އުފަންވީވެސް ބީރު މީހެއްގެ ގޮތުގައެވެ. ކޮކްލިއަރ އިމްޕްލާންޓް ސަރޖަރީ ހެދީ އޭނާގެ އުމުރުން 5 އަހަރުގައެވެ.

އެކްސްރާއީ ބުނާގޮތުގައި އެ އައިނު މި ވަގުތު ބޭނުންކުރެވޭނީ އެންރިއަލް އެއަރ އޮގުމެންޓަޑް ރިއާލިޓީ އައިނުތަކާއެކުގައެވެ. އަދި ކުރިއަށް އޮތްތަނުގައި ހުރިހާ ބްރޭންޑެއްގެ އޭއާރް އަދި އެކްސްއާރް އައިނުތަކަށްވެސް އެ ފުރުސަތު ފަހި ކުރުމުގެ އުއްމީދު އެބަ އޮތް ކަމުގެ އިޝާރާތެއް ވަނީ ލިބިފައެވެ. ދައްކަމުންދާ ވާހަކަތައް ލައިވް ސަބްޓައިޓަލްއަށް ބަދަލުކުރާ އެޕްލިކޭޝަނަކީ އެއްވެސް ކަހަލަ ފީއަކާނުލައި ޑައުންލޯޑްކޮށްގެން ބޭނުން ކުރެވޭ އެޕްލިކޭޝަނަކަށް ވީނަމަވެސް، އެހެން ބަސްބަހަށް ތަރުޖަމާކުރުމަށް އިޝްތިރާކު ދައްކަން ޖެހެއެވެ.

އެކްސްރާއީ ގްލާސް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

11 ޖުލައި 2018

މޮނީ ރޯއީގެ 180 ޑިގްރީ ހައި ކިކް އަށް ގިނަ ބައެއްގެ ސަމާލުކަން!

11 ޖުލައި 2018
މޮނީ ރޯއީގެ 180 ޑިގްރީ ހައި ކިކް އަށް ގިނަ ބައެއްގެ ސަމާލުކަން!
02 ޖުލައި 2018

ޓޮއިލެޓް: އޭކް ޕްރޭމް ކަތާ ގެ ދެވަނަ ބައެއް ހަދަނީ

02 ޖުލައި 2018
ޓޮއިލެޓް: އޭކް ޕްރޭމް ކަތާ ގެ ދެވަނަ ބައެއް ހަދަނީ
26 ޖޫން 2018

އައިފާ އެވޯޑްގައި ކާރްތިކް ހުށަހަޅައިދިން ފުރަތަމަ ޕާފޯމަންސްއިން އެތައް ބައެއްގެ ހިތްތައް ފަތަހަކޮށްފި

26 ޖޫން 2018
އައިފާ އެވޯޑްގައި ކާރްތިކް ހުށަހަޅައިދިން ފުރަތަމަ ޕާފޯމަންސްއިން އެތައް ބައެއްގެ ހިތްތައް ފަތަހަކޮށްފި
27 މެއި 2018

އެތެއްގެ އަމިއްލަ ކުރެހުންތަކަށް ގިނަ ބައެއްގެ ޝައުވެރިކަން

27 މެއި 2018
އެތެއްގެ އަމިއްލަ ކުރެހުންތަކަށް ގިނަ ބައެއްގެ ޝައުވެރިކަން
06 މާރިޗު 2018

ރަޝިއާގެ ސެނެޓަރެއްގެ އިސްތަށިގަނޑަށް އެތައް ބައެއްގެ ސަމާލުކަން

06 މާރިޗު 2018
ރަޝިއާގެ ސެނެޓަރެއްގެ އިސްތަށިގަނޑަށް އެތައް ބައެއްގެ ސަމާލުކަން
06 ޖެނުއަރީ 2018

ފޯޓީ ޕްލަސްގެ ޝޫޓިންގެ ބޮޑު ބައެއް ނިންމާލައިފި

06 ޖެނުއަރީ 2018
ފޯޓީ ޕްލަސްގެ ޝޫޓިންގެ ބޮޑު ބައެއް ނިންމާލައިފި
27 ޑިސެމްބަރު 2017

އެކްޓަރަކަށް ވާން ބޭނުން ކަމަށް ބުނުމުން ބައެއް މީހުން މަލާމާތްކޮށް ހެދި: ސިދާތު މަލޯތުރާ

27 ޑިސެމްބަރު 2017
އެކްޓަރަކަށް ވާން ބޭނުން ކަމަށް ބުނުމުން ބައެއް މީހުން މަލާމާތްކޮށް ހެދި: ސިދާތު މަލޯތުރާ
29 އެޕްރީލު 2017

"ބިއުޓީ އެންޑް ދަ ބީސްޓް" ގެ ދެވަނަ ބައެއް ކުޅެންވެސް ތައްޔާރު: އެމާ

29 އެޕްރީލު 2017
"ބިއުޓީ އެންޑް ދަ ބީސްޓް" ގެ ދެވަނަ ބައެއް ކުޅެންވެސް ތައްޔާރު: އެމާ
29 މާރިޗު 2017

ކަޕިލްގެ ޝޯ އިން ދެން ފެނިގެންދާނީ ކޮން ބައެއް؟

29 މާރިޗު 2017
ކަޕިލްގެ ޝޯ އިން ދެން ފެނިގެންދާނީ ކޮން ބައެއް؟
25 ފެބުރުއަރީ 2017

"ރަންގޫން" ގައި އަހަރެންގެ ބައެއް މަންޒަރުތައް ވަނީ އުނިކޮށްފައި: ކަންގަނާ

25 ފެބުރުއަރީ 2017
"ރަންގޫން" ގައި އަހަރެންގެ ބައެއް މަންޒަރުތައް ވަނީ އުނިކޮށްފައި: ކަންގަނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް