Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެތި

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި 1.6 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފި

16 ނޮވެމްބަރު 2022 | ބުދަ 11:35

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މި އަހަރުގެ މިހާތަނަށް 1.9 ޓަނުގެ މަސްތުވާތަކެތި ނައްތާލާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 ނޮވެމްބަރު 2022 | ބުދަ 11:35
މަސްތުވާތަކެތި ނައްތާލުން

މަސްތުވާތަކެތި ނައްތާލުން

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި 1.6 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފާއިތުވި ހަތަރު އަހަރު ހޯމް ސެކްޓަރ އިން ހޯދާފައިވާ ކާމިޔާބީތައް ހިއްސާ ކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމްރާން ވިދާޅުވީ އެންމެ އިސްކަމެއް ދީގެން މަސައްކަތް ކޮށްފައިވާނީ ދާޚިލީ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ކަމަށާއި އެކަމުގެ ތެރެއިން އެންމެ އިސްކަމެއް ދީފައިވާނީ މަސްތުވާތެކެތީގެ މައްސަލަ ހައްލު ކުރުމަށް ކަމަށެވެ.

Advertisement - newsAdvertisement

އިމްރާން އިތުރަށް ވިދާޅުވީ މަސްތުވާތަކެތީގައި މައްސަލައިގެ އިތުރުން ރާއްޖޭގެ ރައްޔިތުންނަށް ނުރައްކާތެރިކަން ފޯރުވަމުންދާ އެއް ބަޔަކީ މި ގައުމުގައި އުފެދި ބޮޑުވެފައިވާ ގޭންގްތައް ކަމަށެވެ. އެ ގޭންގްތަކުގެ ހަރަކާތްތައް މަދުކޮށް ހުއްޓުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ ގޭންގްތަކާ ޑީލް ކުރުމަށް ކުރު އަދި މެދު ރާސްތާ އަދި ދިގު ރާސްތާގެ ޕްލޭނެއް ކަނޑައެޅި މިހާރު އެކަންތައްތައް ކުރަމުންދާ ކަމަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މުޅި ރާއްޖޭގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ 562 އޮޕަރޭޝަން ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގާފައިވާ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހާމަކޮށްފައެވެ.

މާލެއާއި އަތޮޅުތެރެ ހިމެނޭހެން ކުރިއަށް ގެންގޮސްފައިވާ އެ އޮޕަރޭޝަންތަކުގައި، ފަޅުރަށްރަށާއި މީހުން ދިރިއުޅޭ ރަށްރަށް އަދި ގޭބިސީތަކާއި އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އިތުރުން އެހެނިހެން ތަންތަނާއި މީހުން ބަލައިފާސްކޮށްފައިވާއިރު ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި 1.6 ޓަނުގެ މަސްތުވާތަކެތީގެ ތެރޭގައި ކެނަބިސް، ކޮކެއިން، ހެރޮއިން އަދި މަސްތުވާތަކެތީގެ އެހެނިހެން ބާވަތްތައް ހިމެނެއެވެ.

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ 6165 މައްސަލާގައި 11،955 މީހުން ހައްޔަރުކޮށްފައިވެއެވެ. އެއީ 10497 ދިވެހިންނާއި 781 ބިދޭސީންނެވެ. އޭގެތެރޭގައި ފިރިހެނުންގެ އިތުރުން 18 އަހަރުން ދަށުގެ 261 ކުދިންނާއި 416 އަންހެނުން ހިމެނެއެވެ.

މަސްތުވާތަކެތީގެ 6165 މައްސަލައިގެ ތެރެއިން ފުލުހުންގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށްއެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް 2681 މައްސަލަ މި މުއްދަތުގައި ފޮނުވާފައިވެއެވެ. އެއީ 2019 ވަނަ އަހަރު 886 މައްސަލައަކާއި 2020 ވަނަ އަހަރު 739 މައްސަލައެއްގެ އިތުރުން 2021 ވަނަ އަހަރުގެ 598 މައްސަލައަކާ އަދި މި އަހަރުގެ 458 މައްސަލައެކެވެ.

އަދި ހަމަ މި މުއްދަތުގައި، މަސްތުވާތަކެތި ބޭނުންކުރުމާއި ވިއްކައި ވިޔަފާރިކުރުމަށް ބޭނުންކުރަމުންދިޔަ 35 ތަނެއް ބަންދުކޮށްފައިވެއެވެ.

ފާއިތުވި ހަތަރު އަހަރު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ މަސްތުވާތަކެއްޗާއި ބަނގުރާ ނައްތާލުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން 39،679 އެއްޗެއްގައި ހުރި ބަނގުރާ ނައްތާލާފައިވެއެވެ. އޭގެ ތެރޭގައި ބަނގުރާ ދަޅާއި ފުޅިއާއި ބަނގުރާ އަޅާފައިހުރި ހަމާއި ޓައްޕުގެ އިތުރުން އެހެނިހެން ތަކެތި ހިމެނެއެވެ.

ފާއިތުވި ހަތަރު އަހަރާއި އޭގެ ކުރިން އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މި އަހަރުގެ މިހާތަނަށް 1.9 ޓަނުގެ މަސްތުވާތަކެތި ނައްތާލާފައިވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް