Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރަންނަމާރި ޗެލެންޖު 1444

މަރުހަބާ ކަޕްގެ ފައިނަލަށް ރަސްމާދޫ އާއި ގައްދޫ

ރަސްމާދޫ ޓީމުން މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީގެ ފުރަތަމަ ހީޓުގައި ތުލުސްދޫގެ މައްޗަށް ކުރިހޯދައިގެން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 12 ނޮވެމްބަރު 2022 | ހޮނިހިރު 16:21
މަރުހަބާ ކަޕްގެ ތެރެއިން- މޯލްޑިވްސް ސާފިންގ އެސޯސިއޭޝަން

މަރުހަބާ ކަޕްގެ ތެރެއިން- މޯލްޑިވްސް ސާފިންގ އެސޯސިއޭޝަން

މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަނުން މިހާރު ކުރިއަށްގެންދާ "އެމްޓީސީސީ ދިވެހި ސަރފް ލީގު 1444ގެ ރަންނަމާރި ޗެލެންޖް"ގެ މަރުހަބާ ކަޕްގެ ފައިނަލަށް ރ.ރަސްމާދޫ އާއި ގދ.ގައްދޫ ޓީމު ދަތުރުކޮށްފިއެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކުރީ ރ.ރަސްމާދޫ، ކ.ތުލުސްދޫ، ގދ.ގައްދޫ އަދި މާލެ ޓީމެވެ. ސެމީގެ މެޗުތައް ކުރިއަށް ދިޔައީ ހޮނިހިރު ދުވަހުއެވެ.

ރަސްމާދޫ ޓީމުން މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީގެ ފުރަތަމަ ހީޓުގައި ތުލުސްދޫގެ މައްޗަށް ކުރިހޯދައިގެންނެވެ. ސެމީގައި ރަސްމާދޫން ވަނީ 17.24 ގެ ސްކޯއެއް ކޮށްފައެވެ. ތުލުސްދޫއަށް ހޯދުނީ 9.70ގެ ސްކޯއެކެވެ.

ދެވަނަ ހީޓުގައި ވާދަކުރީ މާލެ ޓީމާއި ގައްދޫ ޓީމެވެ. ގައްދޫ ޓީމުން މާލެ ޓީމުގެ މައްޗަށް ކުރިހޯދީ 18.29ގެ ސްކޯއަކުންނެވެ. މާލެ ޓީމަށް ސްކޯ ކުރެވުނީ 16.64އެވެ.

މަރުހަބާ ކަޕް ކުރިއަށް ގެންދަނީ ކޮންމެ ޓީމެއްގައި ހަތަރު ސަރފަރުން ވާދަކުރާ ގޮތަށެވެ. ކޮންމެ ހީޓެއްގައި ލިބޭނީ 60 މިނެޓެވެ. ފައިނަލް ޓީމް ސްކޯރއަށް ކޮންމެ ސަރފަރެއްގެވެސް ގުނާނީ ހީޓުގައި އެސަރފަރަކަށް ލިބޭ ތިން ފުރުސަތުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ލިބޭ ސްކޯރއެވެ. މިއީ ރާއްޖޭގައި ޓެގް ޓީމް އިވެންޓު ބޭއްވި ފުރަތަމަ ފަހަރެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު