Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުޅި މަޖިލީހުގެ ކޮމިޓީ

ކުރާ ހުރިހާ މަސައްކަތެއް ކުރަނީ ގާނޫނާއި ގަވާއިދާއި އިސްލާމްދީނުގެ މަތިވެރި ރިވެތި އުސޫލުތަކާ އެއްގޮތަށް - ނަޝީދު

ކޮމިޓީގެ ފަރާތުން ގޮތެއް ނިންމާނީ ކޮންގޮތަކަށްތޯ، ކޮމިޓީގެ ގަވާއިދުގައި ފާހަގަކޮށްފައި ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2022 | ބުދަ 05:07
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް

މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް

ކުރާ ހުރިހާ މަސައްކަތެއް ލޮލުފިޔައެއް ވެސް ނުޖަހާ ކުރަނީ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ދިވެހިރާއްޖޭގެ ގާނޫނުތަކާއި މިތަނުގެ ގަވާއިދުތަކާއި ޑިމޮކްރަސީގެ އުސޫލުތަކާއި އިސްލާމްދީނުގެ މަތިވެރި ރިވެތި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޓެކްސް ބޮޑުކުރުމަށް ހުށަހަޅާފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.

Advertisement - newsAdvertisement

ބުދަ ދުވަހުގެ ކޮމިޓީއަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ކަމާއި ގުޅުންހުރި ފަރާތްތައް ވަނީ ހާޒިރުކުރަން ފަށާފައެވެ.

މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ކޮމިޓީ ފައްޓަވަމުން، ކޮމިޓީގެ މުގައްރިރު މުހައްމަދު ނަޝީދު ވިދާޅުވީ އަންގާރަ ދުވަހު ވާނީ ކޮމިޓީއަށް ކަމާއި ގުޅުންހުރި މާހިރުން ހާޒިރުވުމަށް ދަންނަވާފައި ކަމަށެވެ. އެގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަޑައިގަންނަވާނީ 9:40 ގައި ކަމަށާއި، ގެސްޓް ހައުސް އެސޯސިއޭޝަންގެ ފަރާތުން ބޭފުޅުން ވަޑައިގަންނަވާނެ ކަމަށެވެ.

މަޓީއަށް ދައުވަތު ދެއްވުމުން، މަޓީން ވަނީ ސިޓީއެއް ކޮމިޓީއަށް ފޮނުވާފައެވެ. ސިޓީގައި ބުނެފައިވަނީ ބޯޑަށް ހުށަހެޅުމަށްފަހު ބޭފުޅަކު ފޮނުވާނެ ކަމަށެވެ. އެހެންނަމަވެސް މަޓީ ދެކޭ ގޮތުގައި މިވަގުތަކީ ޓެކްސް ބޮޑުކުރުމަށް އެންމެ އެކަށީގެންވާ ވަގުތެއް ނޫންކަމަށް ބުނެފައިވެއެވެ. ސަބަބަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މިހާރުވެސް އަންނަނީ އެކިއެކި ލޮޅުންތަކުން އަރައިގަތުމަށް މަސައްކަތް ކުރަމުން ކަމަށާއި، ޓެކްސް އަށް އަންނަ ބަދަލުތައް ތަންފީޒުކުރުމަށް އެންމެ ލަސްވެގެން 12 މަސް ދުވަސް ދިނުމަށް ވަނީ އެދިފައެވެ.

ކަމާއި ބެހޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރުމުގެ ކުރިން، މެންބަރުން މި މައްސަލައިގައި ވިސްނާވަޑައިގަތުމަށް ކޮމިޓީގެ މުގައްރިރު ނަޝީދު ވަނީ އެދިވަޑައިގެންފައެވެ. ނަޝީދު ވިދާޅުވީ މިކަމާ މެދު ފުންކޮށް ވިސްނާ ވަޑައިގެން އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ޒުވާބު ނުކުރައްވާ، ކުރައްވަން މިއުޅުއްވަނީ ކޮންކަމެއްތޯ އަދި މިކަމުން ނުކުންނާނީ ކޮން ނަތީޖާއެއްތޯ، އަދި މެންބަރުންގެ ސިޔާސީ ހަޔާތާއި ސިޔާސީ ޕާޓީތަކަށް މިކަމުން ކުރަން ހުރި އަސަރަކީ ކޮބައިތޯ ވިސްނުމަށް މެންބަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ކޮމިޓީގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣްނީ ވަނީ ކޮމިޓީ ހިންގުމުގެ ގަވާއިދުގެ 7 ވަނަ ނަންބަރުގެ (ށ) ގައި ވާގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާފައެވެ.

މިކަމާއި ގުޅިގެން ކޮމިޓީގެ މުގައްރިރު ނަޝީދު ވިދާޅުވީ، މެންބަރު އަންގާރަ ދުވަހުވެސް އެވާހަކަ ފާހަގަކުރެއްވި ކަމަށެވެ. އަދި އެކަމުގައި އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތް ދަންނަވާފައިވާނެ ކަމަށާއި، ކޮމިޓީގެ ފަރާތުން ގޮތެއް ނިންމާނީ ކޮންގޮތަކަށްތޯ، ކޮމިޓީގެ ގަވާއިދުގައި ފާހަގަކޮށްފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ގަވާއިދުގައި ފާހަގަކޮށްފައި ނެތްނަމަވެސް، ކޮމިޓީގެ ފަރާތުން ކަންކަން ނިންމަންޖެހޭކަން އެއީ ކަށަވަރުކަމެއް ކަމަށެވެ.

ކޮމިޓީން ފާސްނުކޮށް، މުޅި މަޖިލީހުގެ ކޮމިޓީއަށް ބޭފުޅުން ހާޒިރުކުރުމަށް އެކި ފަރާތްތަކަށް ސިޓީ ފޮނުވާ، ގަވާއިދާ ހިލާފަށް މަޖިލީހާއި ކޮމިޓީތައް ހިންގަވަމުން ގެންދަވާ ކަމަށް ވިދާޅުވެ މެންބަރުން ދަނީ ރައީސް ނަޝީދަށް ފާޑުވިދާޅުވަމުންނެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު