Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޓަޕޯލް

ފުރަތަމަ ފަހަރަށް އިންޓަޕޯލްގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިވެހި ފުލުހަކަށް

މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އިންޓަޕޯލްގެ ކްރައިމް ޔުނިޓްގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2022 | އަންގާރަ 18:29
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބުނު ފުރުސަތުގައި ދިވެހި ފުލުހުންގެ ޗީފް އިންސްޕެކްޓަރެއް ތިން އަހަރުގެ މުއްދަތަކަށް އިންޓަޕޯލުގައި މަސައްކަތް ކުރުމަށް

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބުނު ފުރުސަތުގައި ދިވެހި ފުލުހުންގެ ޗީފް އިންސްޕެކްޓަރެއް ތިން އަހަރުގެ މުއްދަތަކަށް އިންޓަޕޯލުގައި މަސައްކަތް ކުރުމަށް

ފްރާންސްގެ ލިޔޯންގައި ހުންނަ އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޯގަނައިޒޭޝަން (އިންޓަޕޯލް) ހެޑްކުއާޓަރުގައި މަސައްކަތް ކުރުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ދިވެހި ފުލުހަކަށް ލިބިއްޖެއެވެ.

މިކަމާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތާރީޚުގައި ފުރަތަމަ ފަހަރަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބުނު ފުރުސަތުގައި ދިވެހި ފުލުހުންގެ ޗީފް އިންސްޕެކްޓަރެއް ތިން އަހަރުގެ މުއްދަތަކަށް އިންޓަޕޯލުގައި މަސައްކަތް ކުރަން، އެތަނުގެ ހެޑްކުއާޓަރުގައި ހުރުމުގެ ފުރުޞަތު ލިބިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އޭނާ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އިންޓަޕޯލްގެ ކްރައިމް ޔުނީޓްގައި ކަމަށާއި އޮފިސަރު މިހާރު ހޮވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މިއަހަރު ނިމުމުގެ ކުރިން އޭނާ އިންޓަޕޯލްގެ ހެޑްކުއާޓަރަށް ފުރާނެ ކަމަށް ވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.

ހަމީދު އިތުރަށް ވިދާޅުވީ އިންޓަޕޯލް ހެޑްކުއާޓަރުގައި މަސައްކަތް ކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެން ދިއުމަކީ ކުށްކުރުމާއި ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތް ބައިނަލްއަޤްވާމީ ފެންވަރުގައި ވެސް ފާހަގަ ކުރެވިގެންދާ ކަމެއް ކަމަށާއި މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާބިލުކަން ތަރައްޤީ ކުރުމަށް ވެސް ލިބިގެންދިޔަ ރަނގަޅު ފުރުސަތެއް ކަމަށެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޯގަނައިޒޭޝަން އަކީ ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަގްވާމީ ފުލުހުންގެ ޖަމިއްޔާއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޤައުމުތަކުގެ ފުލުހުންގެ މެދުގައި އެއްބާރުލުން އުފެއްދުމާއި ކުށްކުރުން މަދުކުރުމަށް މަގުފަހިކޮށްދޭ ބައިނަލްއަގުވާމީ އިދާރާއެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ޖަމްޢިއްޔާގެ 7 ސަރަހައްދީ ބިއުރޯ ހުރެއެވެ. އަދި ޖުމުލަ 195 މެމްބަރު ގައުމެއްގައި ނެޝަނަލް ސެންޓްރަލް ބިއުރޯ ހުންނަކަމަށް މައުލޫމާތު ލިބެއެވެ.

ދިވެހި ފުލުހުންވެސް އަންނަނީ އިންޓަރޕޯލްއާ ގުޅިގެން މިހާތަނަށްވެސް އެކި މަސައްކަތްތައް ކުރަމުންނެވެ. އެހެންނަމަވެސް ދިވެހި ފުލުހަކަށް ސީދާ އިންޓަރޕޯލްގެ ހެޑް އޮފީހުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނު މިއީ ފުރަތަމަ ފަހަރެވެ.

އިންޓަރޕޯލް

ކޮމެންޓް

އިތުރަށް ކިޔާލަން

 އިންޓަޕޯލް އިން ރެޑް ނޯޓިސް އޮތް މީހަކު، އުުމުރު ދުވަހުގެ ޖަލު ހުކުމަކުން ސަލާމަތްކޮށްދޭން ސާރުކާރުން އުޅެފި

އިންޓަޕޯލް އިން ރެޑް ނޯޓިސް އޮތް މީހަކު، އުުމުރު ދުވަހުގެ ޖަލު ހުކުމަކުން ސަލާމަތްކޮށްދޭން ސާރުކާރުން އުޅެފި

17 އޮކްޓޯބަރު 2025
ރޭވިގެން ހިންގާ ބޮޑެތި ކުށްތަކުގައި ހިމެނޭ 5500 އަށް ވުރެ ގިނަ މީހުން ވޭތުވެދިޔަ އަހަރު ހައްޔަރުކޮށްފައިވޭ: ފުލުހުން

ރޭވިގެން ހިންގާ ބޮޑެތި ކުށްތަކުގައި ހިމެނޭ 5500 އަށް ވުރެ ގިނަ މީހުން ވޭތުވެދިޔަ އަހަރު ހައްޔަރުކޮށްފައިވޭ: ފުލުހުން

08 ސެޕްޓެމްބަރު 2025
އިންޓަޕޯލްގެ ސެކެޓްރީ ޖެނެރަލް ރާއްޖެއަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފި

އިންޓަޕޯލްގެ ސެކެޓްރީ ޖެނެރަލް ރާއްޖެއަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފި

13 އޯގަސްޓު 2023
ފްރަންޓްލައިން ފުލުހުންނަށްވެސް އިންޓަރޕޯލް ޑޭޓާބޭސް ބަލާލެވޭނެ

ފްރަންޓްލައިން ފުލުހުންނަށްވެސް އިންޓަރޕޯލް ޑޭޓާބޭސް ބަލާލެވޭނެ

12 ޖޫން 2022

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު