Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޓަރޕޯލް ރެޑް ނޯޓިސް

ފްރަންޓްލައިން ފުލުހުންނަށްވެސް އިންޓަރޕޯލް ޑޭޓާބޭސް ބަލާލެވޭނެ

ހުރިހާ ފްރަންޓްލައިން އޮފިސަރުންނަށްވެސް އިންޓަރޕޯލް ޑޭޓާބޭސްގެ ރެކޯޑުތައް ބަލާލެވޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 ޖޫން 2022 | އާދީއްތަ 09:50
މިހާރު ހުރިހާ ފްރަންޓްލައިން އޮފިސަރުންނަށްވެސް އިންޓަރޕޯލް ޑޭޓާބޭސްގެ ރެކޯޑުތައް ބަލާލެވޭނެ

މިހާރު ހުރިހާ ފްރަންޓްލައިން އޮފިސަރުންނަށްވެސް އިންޓަރޕޯލް ޑޭޓާބޭސްގެ ރެކޯޑުތައް ބަލާލެވޭނެ

ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރާ ހުރިހާ ފްރަންޓްލައިން އޮފިސަރުންނަށް އިންޓަރޕޯލްގެ ޑޭޓާބޭސްގެ ރެކޯޑުތައް ބެލޭގޮތް ހަމަޖައްސައިފިއެވެ.

މި ކުރިއެރުމާއެކު، ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރާ ހުރިހާ ފްރަންޓްލައިން އޮފިސަރުންނަށްވެސް އިންޓަރޕޯލް ޑޭޓާބޭސްގެ ރެކޯޑުތައް ބަލާލެވޭނެއެވެ. އިންޓަރޕޯލްގެ ސެކެޓަރީ ޖެނެރަލް ކުރެއްވި ޓްވީޓެއްގައި ވަނީ އެއީ ފުލުހުންގެ މަސައްކަތްތަކަށް ނުހަނު ބޭނުންތެރި މައުލޫމާތުތަކަށްވާއިރު، އެކަމަށްޓަކައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި މަސައްކަތް ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

ސީޕީ ވިދާޅުވާ ގޮތުގައި އެކަމަށްޓަކައި ނޭޝަނަލް ސެންޓްރަލް ބިއުރޯއާއި އައިސީޓީ ޓީމުން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

މިއީ ޤާނޫނު ތަންފީޒު ކުރުމުގެ އިދާރާގައި ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތް އިތުރަށް ފުޅާ ކުރުމަށް ކުރެވޭ މަސައްކަތެއްކަން ސީޕީ ވަނީ ފާހަގަކުރައްވާފައެވެ.

އެކަމާ ގުޅޭގޮތުން "އަދަދު" ނޫހާއި ވާހަކަ ދައްކަވަމުން ސީޕީ ވަނީ މިއީ އިންޓަޕޯލްއާ ގުޅިގެން 2019 ގައި ފުލުހުން ފެށި މަސައްކަތެއްކަން ފާހަގަ ކުރައްވާފައެވެ. އަދި މި ބަދަލާއެކު، ކަނޑުމަގުން އަންނަ ބިދޭސީންގެ ބެކްގްރައުންޑް ވެސް ބަލާލެވޭނެ ކަމަށާއި، އެމީހުން ރާއްޖެއަށް އައުމުގެ ކުރިން ކޮން ކަހަލަ ރެކޯޑެއް އޮންނަ ބައެއްތޯ ބަލާލެވޭނެކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

އެ ނޫހަށް ދެއްވި އިންޓަރވިއުގައި ސީޕީ ވިދާޅުވެފައިވާ ގޮތުގައި، ކުށް ކުރުމުގެ ފަހުގެ ޓްރެންޑުތަކުގެ މައުލޫމާތުތައް ދެނެގަނެވި، މައްސަލަތަކުގެ ތަހުގީގުތަކުގައިވެސް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އިންޓަރޕޯލްމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު