Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އާރްޓީއެލް ފެރީގެ ނިޒާމު

އާރްޓީއެލް ފެރީގެ ނިޒާމަކީ ސީދާ ދިވެހި އުފެއްދުމެއް: އަސްލަމް

އާރްޓީއެލްގެ ފެރީގެ ނިޒާމަކީ ރާއްޖެއަށް ގެނެވުނު ބޮޑު ބަދަލެއްގެގޮތުގައި ދެކެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2022 | އަންގާރަ 17:54
އާރްޓީއެލް ފެރީ

އާރްޓީއެލް ފެރީ

އާރްޓީއެލް ފެރީގެ ނިޒާމަކީ ސީދާ ދިވެހި އުފެއްދުމެއް ކަމަށް, މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބޮޑުތިލަދުންތި ގުޅާލުމަށް ހއ. ދިއްދޫގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަމުން އަސްލަމް ވިދާޅުވީ، އުޅަނދުތައް ބަންނަނީވެސް ރާއްޖޭގައި ކަމަށާއި، އަދި މިއީ ސަރުކާރުން ވަރަށް ގިނަ ވިސްނުންތައް ވިސްނުމަށްފަހު ފެށި މަސައްކަތެއްކަމަށެވެ.

Advertisement - newsAdvertisement

އާރްޓީއެލް ފެރީ ނިޒާމުގެ ސަބަބުން އިގުތިސާދަށްވެސް ރަނގަޅު އަސަރެއް ކުރާނެކަމަށާއި، އާރްޓީއެލްގެ ފެރީގެ ނިޒާމަކީ ރާއްޖެއަށް ގެނެވުނު ބޮޑު ބަދަލެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

މިކަމުން މުޖުތަމައުއަށް އަންނަ ބަދަލާއި ލިބޭ ފަސޭހަ ދެނެވިގެންދާނެ ކަމަށާއި ހިސާބު ޖަހާނީ އެގޮތަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.

ޒޯން އެކެއްގައި ދަތުރުފަތުރުގެ ނިޒާމު ފެށިއިރު، 56،000ށްވުރެ ގިނަ މީހުން ދަތުރުކުރިކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ، ރައްޔިތުން ކުރިން އިހުސާސްކުރަމުން ދިޔަ އެކަހެރިކަން މިހާރު އިހުސާސް ނުވާނެ ކަމަށެވެ. އަދި ދަތުރުކުރާ މީހުންގެ 50 އިންސައްތަ މީހުން ދަތުރުކުރަނީ ބޭސްފަރުވާއަށް ކަމަށާއި ކޮންމެ ދުވަހަކު މީހުން ދަތުރުކުރާ ގޮތާއި އަންނަ ބަދަލުތައް ބަލަމުންދާކަމަށް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ، މި ފެރީ ނިޒާމުގެ ސަބަބުން ކައިރީގައި ހުރި ރަށްރަށާ ދަތުރުކުރާ ރަށްރަށާމެދު ގުޅުންތައް ބަދަހިވާން ފަށައިފިކަމަށެވެ.

މިއަދު ގައުމުގެ ހުންގާނުގައި ހުންނެވި ރައީސްއާއި ދައުލަތުގެ ވަޒީރުންގެ ވިސްނުންފުޅު ހުރީ ރާއްޖޭގެ ރަށްރަށް ވަކިކުރުމަށް ނޫންކަމަށްވެސް ވިދާޅުވިއެވެ.

މި މަސައްކަތް ފެށުމަށްޓަކައި ޕްލޭން ހަދައި ފޮތް ޗާޕްކޮށްފައިވާ ކަމަށާއި، ކޮންމެ ރަށަކުން އަނެއް ރަށަށް ދާ ރޫޓް އެނގެން އޮންނާނެ ކަމަށާއި، ހިސާބު ޖަހައި ޕްލޭން ކުރަހާފައިވާކަން އަސްލަމް ފާހަގަކުރެއްވިއެވެ.

ރާއްޖެ އޮންނާނެ ގޮތުގެ ތަސައްވުރުވެސް ކުރެހި ކަމަށް އަސްލަމް ވިދާޅުވިއެވެ. އެ ތަސައްވުރާއެކު ގެންނަން ޖެހޭ މައިބަދައަކީ ދަތުރުފަތުރު ކަމަށް މި ސަރުކާރުން ކަނޑައެޅިކަމަށް ވިދާޅުވިއެވެ.

މިއަދުގެ ރައީސް ޕްރޮޖެކްޓް ފައްޓަވައިދެއްވުމަށް ވަޑައިނުގަންނަވާ ކަމަށާއި، އެމަނިކުފާނަކީ ޕްރޮޖެކްޓްގެ މަސައްކަތް ނިންމެވުމަށް ވަޑައިގަންނަވާ ވެރިއެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމްއާރްޓީއެލް

ކޮމެންޓް

އިތުރަށް ކިޔާލަން

އާރުޓީއެލް ފެރީގެ އަގު ބޮޑުކުރަނީ

އާރުޓީއެލް ފެރީގެ އަގު ބޮޑުކުރަނީ

29 އޮކްޓޯބަރު 2024
އާރުޓީއެލްގެ މޮޅު ވާހަކަ މިސަރުކާރުގެ ވެރިން ދައްކަމުން އެންމެ ފަހުން ނ. އަތޮޅުގައި އާރްޓީއެލް ޚިދުމަތް ފަށައިފި

އާރުޓީއެލްގެ މޮޅު ވާހަކަ މިސަރުކާރުގެ ވެރިން ދައްކަމުން އެންމެ ފަހުން ނ. އަތޮޅުގައި އާރްޓީއެލް ޚިދުމަތް ފަށައިފި

25 ޖުލައި 2024
އާރްޓީއެލްގެ ނަމާއި ލޯގޯ ބަދަލުކުރަން އުޅޭކަމުގެ އަޑުގަދަވެފައި ވަނިކޮށް ސަރުކާރުން އެކަން ދޮގުކޮށްފި

އާރްޓީއެލްގެ ނަމާއި ލޯގޯ ބަދަލުކުރަން އުޅޭކަމުގެ އަޑުގަދަވެފައި ވަނިކޮށް ސަރުކާރުން އެކަން ދޮގުކޮށްފި

20 މެއި 2024
ބަހުގެ ޚިދުމަތް ފަސޭހަކޮށްދިނުމަށް ވިނަރެސް ސަރަހައްދުގައި އާރްޓީއެލްގެ ބަސްހުއްޓިއެއް ހަދައިފި

ބަހުގެ ޚިދުމަތް ފަސޭހަކޮށްދިނުމަށް ވިނަރެސް ސަރަހައްދުގައި އާރްޓީއެލްގެ ބަސްހުއްޓިއެއް ހަދައިފި

01 ފެބުރުއަރީ 2024
އަމީނީ މަގުގެ ބައެއް ބަންދު ކުރުމުން ބަސް ދަތުރުތަކަށް ބަދަލު ގެނެސްފި

އަމީނީ މަގުގެ ބައެއް ބަންދު ކުރުމުން ބަސް ދަތުރުތަކަށް ބަދަލު ގެނެސްފި

10 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު