Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަދީމްގެ މަރުގެ މައްސަލަ

ނަދީމްގެ މަރު: ދިފާއީ ވަކީލަކު މާލެގައި ނެތުމުން ޙުކުމްކުރުން އަނެއްކާވެސް ފަސްކޮށްފި

ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލަ ކުރިއަށްދާ ގޮތުގެ ތާވަލު ކްރިމިނަލް ކޯޓުން އާންމުކުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ސެޕްޓެމްބަރު 2022 | ހޯމަ 07:12
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، އުމުރުން 23 އަހަރުގެ ނަދީމު ޢަބްދުއްރަޙީމް އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގެ ޙުކުމް ކުރުން އަނެއްކާވެސް ފަސްކޮށްފިއެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލަ ކުރިއަށްދާ ގޮތުގެ ތާވަލު ކްރިމިނަލް ކޯޓުން އާންމުކުރާއިރު، އެގޮތުގެ މަތިން މި މައްސަލައިގެ ޙުކުމް ކުރުމުގެ އަޑުއެހުން ސެޕްޓެމްބަރު މަހުގެ 26 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 ގައި ކުރިއަށް ގެންދިއުމަށް ކުރިން އޮތީ ތާވަލު ކުރެވިފައެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް، އަޑުއެހުން ކުރިއަށް ގެންގޮސްފައިނުވަނީ މި މައްސަލައިގެ ދިފާއީ ވަކީލަކު މާލޭގައި ނެތުމުގެ ސަބަބުންނެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 21 އޯގަސްޓު 2022 ގައެވެ. އެއީ މި މައްސަލައިގެ ޙުކުމުގެ ކުރިން ޝަރީއަތުން ސާފުކުރަން ބޭނުންވާ ކަންކަން ސާފު ކުރުމަށް ކުރިއަށް ގެންދިޔަ އަޑުއެހުމެކެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ ދައުލަތުން ހުށައަޅާފައިވާ ވީޑިއޯ ފުޓޭޖްތަކާއި ގުޅޭ ސީޑީތަކާއި ގުޅިގެން ބައެއް ކަންކަން ސާފު ކުރައްވާފައެވެ. އެގޮތުން "ކުއެޝަނަަބަލް އެވިޑެންސް" ގޮތުގައި ހުށައެޅިފައިވާ ބައެއް ފުޓޭޖްތަކާއި ގުޅޭގޮތުން ގާޒީ ވަނީ ސުވާލު ކުރައްވާފައެވެ. އޭގެ ތެރެއިން ބައެއް ފުޓޭޖް ޝަރީއަތަށް ލިބިފައިނުވާކަންވެސް ގާޒީ ފާހަގަ ކުރެއްވިއެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، އެ މައުލޫމާތުތައް ވެރިފައި ކުރުމަށްފަހު ދައުލަތުން ޝަރީއަތަށް ހުށައަޅާނެ ކަމަށެވެ. ދައުލަތުން ވަނީ އެކަންކަން ކަށަވަރު ކުރުމަށްފަހު އެކަމަށް ވާހަކަ ދެއްކެވުމަށް ފުރުސަތެއް ދެއްވުމަށް އެދިފައެވެ.

ދައުލަތުން ވަނީ އެ ފުޓޭޖްތައް ހުށައެޅުމަށް އެކަށީގެންވާ ވަގުތު ދިނުމަށް އެދިލައްވާފައެވެ.

ދައުލަތުގެ ޚުލާސާ ބަޔާނުގައި ގ.މަސްއޮޑިގޭ ކައިރީގެ ވީޑިއޯ ފުޓޭޖެއްގެ ވާހަކަ ބަޔާންކޮށްފައިވެއެވެ. އެެއީ މި މައްސަލައިގެ ދައުވާލިބޭ މަފާޒް އެތަނުގައި ހުރި ކަމާއި، އޭނާގެ ޖީބުން މާސްކެއް ނަގާ މަންޒަރު ދައްކުވައިދޭ ފުޓޭޖެއްކަން ދައުލަތުން ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް އެކަމާއި ގުޅިގެން ދައުލަތުން ހުށައަޅާފައިވާ ފުޓޭޖުގައި ބަޔާންކޮށްފައިވާ ގަޑިއާއި ގުޅިގެން ޝަރީއަތުން ވަނީ އިތުރަށް ސާފު ކޮށްދިނުމަށް ދަންނަވާފައެވެ.

ނަދީމުކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު