Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުން

ބާ ކައުންސިލަށް އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ބަޔާންކޮށް އިސްލާހު ހުށަހަޅައިފި

ސަރުކާރުގެ ފަރާތުން މިބިލް ހުށަހަޅުއްވާފައިވަނީ ހޮޅުދޫ ދާއިރާގެ މެމްބަރ ޔޫނުސް އަލީ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 ސެޕްޓެމްބަރު 2022 | އަންގާރަ 13:46
ހޮޅުދޫ ދާއިރާގެ މެމްބަރ ޔޫނުސް އަލީ

ހޮޅުދޫ ދާއިރާގެ މެމްބަރ ޔޫނުސް އަލީ

ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ހޮޅުދޫ ދާއިރާގެ މެމްބަރ ޔޫނުސް އަލީ ހުށަހެޅުއްވި މިބިލުގައި މައިގަނޑު 4 ކަމަކަށް އިސްލާހު ގެނައުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން ބާ ކައުންސިލަށް ލިބޭ އާމްދަނީން އެކައުންސިލު ހިންގޭ ފަދަ ގޮތަކަށް ބާ ކައުންސިލުގެ ހިންގުން ބައްޓަންކުރުމަށްޓަކައި ބާ ކައުންސިލަށް އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ބަޔާންކުރުމަށް ވަނީ ހުށަހަޅާފައެވެ. ބާ ކައުންސިލަށް ފައިސާ ހޯދުމުގެ ބާރު ލިބިދީފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ ގާނޫނީ ވަކީލުން ދައްކާ ޗަންދާ އާއި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާއި ހުއްދަ އާކުރުމާއި ސެޓްފިކެޓް އަލުން ހެއްދުންފަދަ ކަންކަމުން ނެގޭ ފީއެވެ. މީގެއިތުރުން އިދާރީ ނުވަތަ ސުލޫކީ ފިޔަވަޅެއްގެ ގޮތުގައި ނެގޭ ޖޫރިމަނާ އާއި ބާ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ނެގޭ ފީންވެސް އާމްދަނީ ލިބޭނެއެވެ.

މީގެއިތުރުން ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް އެއް އަހަރު ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް މިހާރު ގާނޫނުގައި ލާޒިމްކޮށްފައި އޮތްއޮތުން ބަދަލުކޮށް ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމުގެ ކުރިން ފުރިހަމަކުރާ ތަމްރީނުތައް ކުރިޔަށް ގެންދާގޮތަށް ރިއާޔަތްކޮށް ރައްޖެއަށް އެންމެ އެކަށޭނަ ތަމްރީނުގެ ނިޒާމެއް އެކުލަވާލައި ތަންފީޒުކުރުމުގެ ބާ ކައުންސިލަށް ދިނުމަށް ވަނީ ހުށަހަޅާފައެވެ.

ގާނޫނީ ފަންނުގެ ގާނޫނަށް އަމަލުކުރަންފެށިއިރު ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިގާނޫނުގެ ދަށުން ހިންގާފައިވާ ޚާއްސަ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް، އިމްތިހާނެއްގައި ބައިވެރިވުމަށްފަހުގައި ގާނޫނީ ވަކީލުކަމުގެ ހުވާކޮށްފައިވާ ފަރާތްތަކުން ބާ އިމްތިހާނު ހަދައި އަލުން ހުވާކުރަންޖެހޭކަމަށް އޮތްއޮތުން އުވާލުމަށްވެސް ވަނީ އިސްލާހު ހުށަހަޅާފައެވެ.

އަދި ގާނޫނީ ވަކީލުންގެ ސުލޫކީ ޝަކުވާގެ ގޮތުގައި ބާ ކައުންސިލަށް ހުށަހެޅޭނެ ޝަކުވާގެ ބާވަތްތައް ގާނޫނުގައި އިތުރަށް ތަފްސީލުކުރުމަށް ވަނީ ހުށަހަޅާފައެވެ.

ރައްޔިތުންގެ މަޖިލިސްބާ ކައުންސިލް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
06 ޑިސެމްބަރު 2025

ބާ ކައުންސިލް އިމްތިހާނުން 53 އިންސައްތަ ކެނޑިޑޭޓުން ފާހެއް ނުވޭ!

06 ޑިސެމްބަރު 2025
ބާ ކައުންސިލް އިމްތިހާނުން 53 އިންސައްތަ ކެނޑިޑޭޓުން ފާހެއް ނުވޭ!
16 ސެޕްޓެމްބަރު 2025

މީޑިއާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވަގުތު ދިނުމަށް ބާ ކައުންސިލުން ގޮވާލައިފި

16 ސެޕްޓެމްބަރު 2025
މީޑިއާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވަގުތު ދިނުމަށް ބާ ކައުންސިލުން ގޮވާލައިފި
14 މެއި 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާ އާއި މަހާޒް ވަކިކޮށްފި

14 މެއި 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާ އާއި މަހާޒް ވަކިކޮށްފި
05 މެއި 2025

ޖޭއެސްސީ އިން ފަނޑިޔާރުންގެ މައްސަލަތައް ބެލީ އިޖުރާއަތްތަކާ އެއްގޮތަށް ކަން ކަށަަވަރު ކުރަން ބާ ކައުންސިލުން އެދެފި

05 މެއި 2025
ޖޭއެސްސީ އިން ފަނޑިޔާރުންގެ މައްސަލަތައް ބެލީ އިޖުރާއަތްތަކާ އެއްގޮތަށް ކަން ކަށަަވަރު ކުރަން ބާ ކައުންސިލުން އެދެފި
27 ފެބުރުއަރީ 2025

ތިން ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލާގައި އިތުރު މައުލޫމާތު ހޯދުމަށް ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ޖޭއެސްސީއަށް

27 ފެބުރުއަރީ 2025
ތިން ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލާގައި އިތުރު މައުލޫމާތު ހޯދުމަށް ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ޖޭއެސްސީއަށް
26 ފެބުރުއަރީ 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

26 ފެބުރުއަރީ 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ
16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު