Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނީބަހަށް ދަތިވާގޮތަށް ޕާކުކުރުން

ބަހަށް ދަތިވާގޮތަށް ޕާކުކުރުން މަދުވެއްޖެ

ސެޕްޓެމްބަރ މަހުގެ 5 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް 797 ވަޔަލޭޝަން ސްޓިކަރ ޖަހާފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 ސެޕްޓެމްބަރު 2022 | ހޯމަ 17:29
މިނީ ބަހުގެ ޓެސްޓް ދަތުރުތަކުގެތެރެއިން

މިނީ ބަހުގެ ޓެސްޓް ދަތުރުތަކުގެތެރެއިން

މިނީ ބަހުގެ ދަތުރުތަކަށް އުނދަގޫވާގޮތަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތަކުގައި ސްޓިކަރ ޖަހަން ފެށުމުން، ގަވާއިދާ ޚިލާފަށް ޕާކުކުރުން މި ހަފުތާގައި މަދުވެއްޖެއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ބަހުގެ ޚިދުމަތް ދޭންފަށާފައިވާ ސެޕްޓެމްބަރ މަހުގެ 5 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް 797 ވަޔަލޭޝަން ސްޓިކަރ ޖަހާފައިވެއެވެ. އަދި 69 ސައިކަލު ޓޯކުރިއެވެ. ފުރަތަމަ ހަފުތާގައި ފުލުހުން ވަނީ 538 ވެހިކަލެއްގައި ސްޓިކަރ ޖަހާފައެވެ. އެހެންކަމުން ފާއިތުވި ހަފުތާގައި ސްޓިކަރ ޖަހާފައިމިވަނީ 259 ވެހިކަލުގައެވެ.

Advertisement - newsAdvertisement

މިނީ ބަހުގެ ޚިދުމަތް ފެށިއިރު، ބަސް ސްޓޮޕްތަކުގައާއި އެނޫންވެސް ތަންތަނުގައި، ބަހުގެ ދަތުރުތަކަށް އުނދަގޫވާގޮތަށް ގިނަ އަދަދަކަށް ވެހިކަލް ޕާކުކޮށްފައި ހުރެއެވެ. އެކަމާގުޅިގެން ފުލުހުން ބުނެފައިވަނީ، މާލޭގައި މިނީ ބަސް ދަތުރުކުރާ މަގުތަކުގައި ޓްރެފިކް ބާރުބޮޑުވާ ހިސާބުތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށާއި، ބަހަށް ދަތުރުކުރުމަށް އުނދަގޫވާގޮތަށް ޕާކުކުރާ ވެހިކަލްތަކުގައި ސްޓިކަރ ޖަހާނެކަމަށެވެ. އަދި ވެހިކަލްތައް ޓޯކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރާނެ ކަމަށެވެ.

މިނީ ބަސް ދުއްވަމުން އަންނަނީ ތިން ރޫޓެއްގައެވެ. އެއީ މަޖީދީމަގު ރޫޓާއި އޯކިޑު މަގު ރޫޓާއި އަމީނީ މަގު ރޫޓެވެ. ބަސް ދުއްވާ މަގުތަކުގައި ޕާކުކުރުން މަނާކޮށް، އެހެން ތަންތަނުގައި ޕާކިންގ ޒޯނު ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިނީ ބަހަށް މާލޭގައި 42 ބަސްސްޓޮޕް ހަދާފައިވާއިރު މި ޚިދުމަތް ދެނީ 18 ބަސް ބޭނުން ކޮށްގެންނެވެ. މި ޚިދުމަތް ކޮންމެ ދުވަހެއްގެ ފަތިހު 5:45ން މެންދަމު 12:15އާ ހަަމައަށް ފޯރުކޮށްދެއެވެ. ކުރިޔަށް އޮތް ދެ ހަފުތާވެސް މިނީ ބަހުގެ ޚިދުމަތް ހިލޭ ދިނުމަށް އެމްޓީސީސީން ވަނީ ނިންމާފައެވެ.

މިނީ ބަސްއެމްޓީސީސީމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު