Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބައި-އިލެކްޝަންތައް ބޭއްވުން

ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި-އިލެކްޝަންތައް ބާއްވާ މުއްދަތަށް ބަދަލުގެންނަން އިދާރީ ދާއިރާތައް ލާމަަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ވެސް އިސްލާހު ހުށަހަޅައިފި

ކައުންސިލް އަދި ޑަބްލިއުޑީސީގެ މެންބަރުން އަހަރަކު އެއްފަހަރު އައަޔަން ކުރެވޭގޮތަށް އިސްލާހު ހުށަހަޅާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2022 | ހޯމަ 07:12
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ތެރެއިން

ލޯކަލް ކައުންސިލްތަކުގެ އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން ބާއްވާ މުއްދަތާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ. ބިލު ހުށަހަޅަނީ ކައުންސިލް އަދި ޑަބްލިއުޑީސީގެ ހުސްވާ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވަންޖެހޭ ބައި-އިލެކްޝަންތައް 60 ދުވަހުގެ ތެރޭގައި ބާއްވަންވާނެ ކަމުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމީޓީތަކުގެ މެންބަރުންގެ މެންބަރުކަމުގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވަމުންދިއުމުގެ ސަބަބުން އެ ކޮމިޓީތަކުގެ އުމުރު ތެރޭގައި، ތަކުރާރުކޮށް ގިނަ އަދަދަކަށް ބައި-އިލެކްޝަން ބާއްވަންޖެހޭތީ ކަމަށެވެ.

Advertisement - newsAdvertisement

އަދި މިކަމުގެ ސަބަބުން އެކަމަށް ކުރަންޖެހޭ ހަރަދުތައް އިތުރުވަމުންދާތީއާއި، އެކަން އެގޮތަށް މެދުވެރިވުމުގެ ފުރުުސަތު ލޯކަލް ކައުންސިލްތަކަށްވެސް އޮތުމާއެކީ، ލޯކަލް ކައުންސިލްތަކުގެ އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން ގިނަގިނައިން ބާއްވަން ނުޖެހޭ ގޮތަށް ހަމަޖައްސައި، އެ ބައި-އިލެކްޝަންތައް ދެން ބާއްވާނީ، އެއިން ކައުންސިލެއްގެ ނުވަތަ ކޮމިޓީއެއްގެ ގޮނޑި ހުސްވިކަން އަންގާތާ ގިނަވެގެން 365 ދުވަހުގެ މުއްދަތެއް ތެރޭގައި ކަމުގައާއި، ނަމަވެސް ކައުންސިލުގެ ނުވަތަ ކޮމިޓީގެ ގާނޫނީ އަދަދު ހަމަވާ މިންވަރަށް މެންބަރުން ނެތް ހާލަތެއްގައި 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ޖެހޭނެކަމަށް ކަނޑައެޅުމަށްޓަކައި ގާނޫނަށް އިސްލާހު ހުށަހަޅާފައިވެއެވެ.

ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ކައުންސިލް މެންބަރެއްގެ މަގާމު ހުސްވާތާ 14 ދުވަހުގެ ތެރޭގައި އެލްޖީއޭ އިން އިލެކްޝަންސް ކޮމިޝަނަށް އަންގަންވާނެ ކަމަށެވެ. އަދި ލަސްވެގެން 365 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރަންވާނެ ކަމަށެވެ. ނަމަވެސް މެންބަރެއްގެ ގޮނޑި ހުސްވި އިރު، އެއް އަހަރަށްވުރެ ކުރު މުއްދަތެއް ބާކީ އޮތްނަމަ އިންތިހާބުކުރުން ލާޒިމް ނޫންކަމަށް އިސްލާހު ހުށަހަޅާފައިވެއެވެ.

ނަމަވެސް ކައުންސިލްގެ އުމުރުގެ ތެރޭގައި މެންބަރެއްގެ ގޮނޑި ހުސްވުމުގެ ސަަބަބުން ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާ މިންވަރަށް އެ ކައުންސިލްގައި މެންބަރުން ނެތް ނަމަ، އެ ކައުންސިލެއްގެ އެންމެ ފަހުން ހުސްވި ގޮނޑި އެލްޖީއޭއިން އިލެކްޝަންސް ކޮމިޝަނަށް އަންގާތާ 60 ދުވަހުގެ ތެރޭގައި ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އައްޔަންކުރަންވާނެކަމަށް ވަނީ ބުނެފައެވެ.

އަދި ކައުންސިލްގެ ދައުރުގެ ތެރޭގައި ގޮނޑިއެއް ހުސްވެގެން ބައި-އިލެކްޝަނުން އިންތިހާބުކުރެވޭ ކައުންސިލް މެންބަރެއް، މަގާމުގައި ދެމި ހުރެވޭނީ އެ ކައުންސިލްގެ އުމުރު ހަމަވަންދެން ކަމަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. މިއީ މި ގާނޫނުގެ 15 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހުތަކެވެ.

މި ގާނޫނުގެ 29 ވަނަ މާއްދާ އަދި 45 ވަނަ މާއްދާއަށް ވެސް ވަނި މި އިސްލާހުތައް ގެނެސްފައެވެ.

މި ގާނޫނުގެ 6-56 ވަނަ މާއްދާގެ (އ) އިސްލާހު ކުރަން ވަނީ ހުށަހަޅާފައެވެ. އެގޮތުން ޑަބްލިއުޑީސީގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ 14 ދުވަހުގެ ތެރޭގައި އެލްޖީއޭއިން އިލެކްޝަންސް ކޮމިޝަނަށް އެކަން އަންގަންވާނެ ކަމަށާއި، 365 ދުވަހުގެ ތެރޭގައި ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އައްޔަން ކުރަންޖެހޭކަމަށް ވަނީ ބުނެފައެވެ.

ނަމަވެސް ކޮމިޓީގެ ދައުރު ނިމެން ބާކީ 1 އަހަރު ނެތް ނަމަ މެންބަރަކު އިންތިހާބުކުރަން ލާޒިމެއް ނޫނެވެ. އެހެންނަމަވެސް ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާ މިންވަރަށް އެ ކޮމިޓީގައި މެންބަރުން ނެތްނަމަ، ކޮމިޓީގެ އެންމެ ފަހުން ހުސްވި ގޮނޑިއަށް މެންބަރުން އިންތިހާބުކުރަންވާނެކަމަށް ވަނީ ބުނެފައެވެ. އަދި އިންތިހާބުކުރެވޭ މެންބަރުގެ މުއްދަތަކީ ހިނގަމުންދާ ދައުރު ނިމެންދެންކަމަށް ވެސް އިސްލާހުގައި ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަންބައި-އިލެކްޝަންރައްޔިތުންގެ މަޖިލިސްޑަބްލިއުޑީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު