Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔާމީން ރަޝީދުގެ މަރު

ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވި ކަމަށް ފުލުހުން ބުނާ އިސްމާއިލް ރަޝީދު ވަނީ ފްރޭމް ކޮށްފަ: އާއިލާ

ފުލުހުންގެ ފަރާތުން އެކިއެކި ހުށަހެޅުންތައް ޢާއިލާއަށް ހުށަހެޅުނު ކަމަށް އާއިލާއިން ބުނޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 19 ޖޫން 2017 | ހޯމަ 08:55
ލާއިންސާނީ އަނިޔާތަކެއް ދިނުމަށް ފަހު މަރާލިފައިވާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ފުލުހުން ބުނާ ތިން މީހުން--

ލާއިންސާނީ އަނިޔާތަކެއް ދިނުމަށް ފަހު މަރާލިފައިވާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ފުލުހުން ބުނާ ތިން މީހުން--

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ލިޔުންތެރިޔާ ޔާމީން ރަޝީދު ލާއިންސާނީ އަނިޔާތަކާއެކު މަރާލި މައްސަލައިގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ފުލުހުން ބުނާ ތިން މީހުންގެ ތެރެއިން އިސްމާއީލް ރަޝީދު ވަނީ ފްރޭމް ކޮށްފަ ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

އިސްމާއީލް ރަޝީދުގެ އާއިލާއިން ނެރެފައިވާ ބަޔާނާއި ގުޅިގެން މަަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްމާއިލް ރަޝީދު ފްރޭމް ކޮށްފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

އާއިލާއިން ނެރެފައިވާ ބަޔާނުގެ އިސްމާއީލް ފްރޭމްކޮށްފައިވާ ކަމަށް ގަބޫލު ކުރެވޭ ގިނަ ކަންތައްތަކެއް ހިމަނާފައިވެއެވެ.

އިސްމާއީލް ރަޝިދުގެ އާއިލާއިން ފާހަގަކޮށްފައިވާ ކަންކަން:

  1. އިސްމާޢީލް ރަޝީދަކީ ގްރޫޕް ހަދައިގެން ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގެ ރެކޯޑު އޮތް މީހެއްކަމަށް ފުލުހުން ބުނެފައިވަނީ ކަމުގެ ޙަޤީޤަތާ ޚިލާފަށެވެ. އެހެނީ، އެ ހާދިސާ ހިނގާފައިވަނީ އިސްމާޢީލް ރަޝީދު 18 އަހަރު ނުފުރެނީސް އޭނާގެ އަންހެން ކޮއްކޮއެއްގެ ދިފާޢުގައި ޙަރަކާތްތެރިވުމުންކަމާއި، އެހާދިސާ ހިނގި ފަހުން އިސްމާޢީލް ރަޝީދު ޢުމުރުން 25 އަހަރު ފުރުމާ ދެމެދު މި ހިނގާފައިވާ އަށެއްކަ އަހަރުދުވަހުގެ ތެރޭގައި އެ ބާވަތުގެ އެއްވެސް ޢަމަލެއް ހިނގާފައި ނުވާކަމީ އިސްމާޢީލް ރަޝީދަކީ ގްރޫޕް ހަދައިގެން މާރާމާރީ ހިންގާ މީހެއް ނޫންކަން ސާބިތުކޮށްދޭ ހެއްކެކެވެ. އަދި މިކަން އެންމެ ރަނގަޅަށް އެނގޭނީ ފުލުހުންނަށް ކަމުގައި ވީހިނދު، އެފަދަ މަޢުލޫމާތެއް ފުލުހުން ޙިއްޞާކޮށްފައިވަނީ އިސްމާޢީލް ރަޝީދާމެދު ނުރަނގަޅު ތަޞައްވުރެއް ޢާއްމުންގެ ހިތްތަކުގައި އަށަގެންނެވުމުގެ ބޭނުމުގައިކަމަށް އަޅުގަނޑުމެންނަށް ޤަބޫލުކުރެވެއެވެ.
  2. އިސްމާޢީލް ރަޝީދަކީ "މުޖުތަމަޢަށް ނުރައްކާތެރި މީހެއް" ކަމަށް ކްރިމިނަލް ކޯޓުގައި ފުލުހުން ތަކުރާރުކޮށް ބުނެފައިވީނަމަވެސް، އެއީ ޙަޤީޤަތެއް ނޫންކަން ދޭހަވާގޮތަށް ފުލުހުން ޢަމަލުކުރުން މިގޮތުން: ޔާމީން ރަޝީދު މަރާލުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާ މީހުން ދެނެގަނެވިއްޖެކަމަށް 25 އެޕްރިލް 2017 ގައި ބުނެ އެ ބައެއްގެ ފޮޓޯ ފުލުހުން ހާމަކުރި ނަމަވެސް، އިސްމާޢީލް ރަޝީދުގެ ފޮޓޯ ހިމަނާފައި ނުވާކަމާއި، އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދިފައިވަނީ އެ ހާދިސާ ހިނގިތާ 15 ދުވަސް ފަހުން، 8 މެއި 2017 ގައި ކަމަށްވުން އިސްމާޢީލް ރަޝީދަކީ ދޫކޮށްލާފައި ބެހެއްޓޭ ވަރަށްވުރެ ނުރައްކާތެރި މީހެއްކަމަށް ފުލުހުން ބުނެފައިވާ ބުނުމުގެ މައްޗަށް އޭނާ ހައްޔަރުކުރުމުގެ އަމުރު 8 މެއި 2017 ގައި ކްރިމިނަލް ކޯޓުން ނެރުއްވާފައި ވީނަމަވެސް، ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ އެއަމުރު ނެރުނުތާ ގާތްގަނޑަކަށް 27 ގަޑިއިރު ފަހުން ކަމަށްވުން އިސްމާޢީލް ރަޝީދު ބަންދުކޮށްގެން ގެންގުޅެފައިވާ ދުވަސްތަކުގެ ކުރީކޮޅުގައި، ގޮޅީގައި ބަންދުކޮށްގެން ގެންގުޅުމުގެ ބަދަލުގައި، ތަޙްޤީޤު ޓީމާއިއެކު އެއް ކޮޓަރިއެއްގައި އިސްމާޢީލް ރަޝީދު ބައެއް ދުވަސްދުވަހު ނިންދަވައި ގެންގުޅެފައިވުމުން ސާބިތުވަނީ އިސްމާޢީލް ރަޝީދަކީ އެފަދަ ނުރައްކާތެރި މީހެއް ނޫންކަން ޚުދު ފުލުހުންވެސް ޤަބޫލުކުރާ ކަމެވެ.
  3. ޔާމީން ރަޝީދު މަރާލުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާ މީހުން ދެނެގަނެވިއްޖެކަމަށް 25 އެޕްރިލް 2017 ގައި ބުނެ އެ ބައެއްގެ ފޮޓޯ ފުލުހުން ހާމަކުރި ނަމަވެސް، އިސްމާޢީލް ރަޝީދުގެ ފޮޓޯ ހިމަނާފައި ނުވާކަމާއި، އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދިފައިވަނީ އެ ހާދިސާ ހިނގިތާ 15 ދުވަސް ފަހުން، 8 މެއި 2017 ގައި ކަމަށްވުން
  4. އިސްމާޢީލް ރަޝީދަކީ ދޫކޮށްލާފައި ބެހެއްޓޭ ވަރަށްވުރެ ނުރައްކާތެރި މީހެއްކަމަށް ފުލުހުން ބުނެފައިވާ ބުނުމުގެ މައްޗަށް އޭނާ ހައްޔަރުކުރުމުގެ އަމުރު 8 މެއި 2017 ގައި ކްރިމިނަލް ކޯޓުން ނެރުއްވާފައި ވީނަމަވެސް، ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ އެއަމުރު ނެރުނުތާ ގާތްގަނޑަކަށް 27 ގަޑިއިރު ފަހުން ކަމަށްވުން
  5. އިސްމާޢީލް ރަޝީދު ބަންދުކޮށްގެން ގެންގުޅެފައިވާ ދުވަސްތަކުގެ ކުރީކޮޅުގައި، ގޮޅީގައި ބަންދުކޮށްގެން ގެންގުޅުމުގެ ބަދަލުގައި، ތަޙްޤީޤު ޓީމާއިއެކު އެއް ކޮޓަރިއެއްގައި އިސްމާޢީލް ރަޝީދު ބައެއް ދުވަސްދުވަހު ނިންދަވައި ގެންގުޅެފައިވުމުން ސާބިތުވަނީ އިސްމާޢީލް ރަޝީދަކީ އެފަދަ ނުރައްކާތެރި މީހެއް ނޫންކަން ޚުދު ފުލުހުންވެސް ޤަބޫލުކުރާ ކަމެވެ.
  6. އިސްމާޢީލް ރަޝީދު ހައްޔަރުކުރުމަށްފަހު، ފުލުހުންގެ ތަޙްޤީޤު ޓީމުން ޢާއިލާއާ ތަކުރާރުކޮށް ބައްދަލުކޮށް، އެކިއެކި ހުށަހެޅުންތައް ޢާއިލާއަށް ހުށަހެޅުން މިގޮތުން: ޢާއިލާގެ ފަރާތުން އިސްމާޢީލް ރަޝީދަށް ޢައްޔަނުކޮށްފައިވާ ޤާނޫނީ ވަކީލުން ބަދަލުކޮށް، ފުލުހުން ހަމަޖައްސައިދޭ ވަކީލެއް ޢައްޔަނުކުރުން؛ ފުލުހުން ހަމަޖައްސައިދޭ ޤާނޫނީ ވަކީލެއްގެ ޙާޟިރުގައި އިސްމާޢީލް ރަޝީދު ތަޙްޤީޤަށް ބަޔާނެއް ދިނުން ފުލުހުން ބޭނުންވާ ގޮތަށް ކަންކަން ކުރުމުން، އިސްމާޢީލް ރަޝީދުގެ މައްޗަށް އެއްވެސް ދަޢުވާއެއް ނުކޮށް އޭނާ މިނިވަންކުރާނެކަމަށް ބުނުން އިސްމާޢީލް ރަޝީދުގެ މަންމައާއި ބައްޕަ، ޔާމީން ރަޝީދުގެ މަރުގެ ތަޙްޤީޤު ހިންގާ އެންމެ އިސް ފަރާތްކަމުގައިވާ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރުމަށް ފުލުހުން އަމިއްލައަށް ހުށަހެޅުން. އިސްމާޢީލް ރަޝީދު ދައުލަތުގެ ހެއްކަކަށް ވުމަށް ފުލުހުން އަމިއްލައަށް ހުށަހެޅުން.
  7. ޢާއިލާގެ ފަރާތުން އިސްމާޢީލް ރަޝީދަށް ޢައްޔަނުކޮށްފައިވާ ޤާނޫނީ ވަކީލުން ބަދަލުކޮށް، ފުލުހުން ހަމަޖައްސައިދޭ ވަކީލެއް ޢައްޔަނުކުރުން؛
  8. ފުލުހުން ހަމަޖައްސައިދޭ ޤާނޫނީ ވަކީލެއްގެ ޙާޟިރުގައި އިސްމާޢީލް ރަޝީދު ތަޙްޤީޤަށް ބަޔާނެއް ދިނުން
  9. ފުލުހުން ބޭނުންވާ ގޮތަށް ކަންކަން ކުރުމުން، އިސްމާޢީލް ރަޝީދުގެ މައްޗަށް އެއްވެސް ދަޢުވާއެއް ނުކޮށް އޭނާ މިނިވަންކުރާނެކަމަށް ބުނުން
  10. އިސްމާޢީލް ރަޝީދުގެ މަންމައާއި ބައްޕަ، ޔާމީން ރަޝީދުގެ މަރުގެ ތަޙްޤީޤު ހިންގާ އެންމެ އިސް ފަރާތްކަމުގައިވާ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރުމަށް ފުލުހުން އަމިއްލައަށް ހުށަހެޅުން.
  11. އިސްމާޢީލް ރަޝީދު ދައުލަތުގެ ހެއްކަކަށް ވުމަށް ފުލުހުން އަމިއްލައަށް ހުށަހެޅުން.
  12. އިސްމާޢީލް ރަޝީދާމެދު ޓޯޗަރގެ ޢަމަލުތަކެއް ހިންގާފައިވުން: މީހުން ބަންދުގައި ބޭތިއްބުމަށް ޤާނޫނު ހުއްދަ ނުކުރާ ތަނެއްކަމުގައިވާ ޝަހީދު ހުސައިން އާދަމް ބިލްޑިންގގައި ބަންދުކޮށްފައި ގާތްގަނޑަކަށް ތިން ދުވަހު ބެހެއްޓުން ވިދިވިދިގެން ދެ ދުވަސް ވަންދެން، ހުސް ފާރަކަށް ކުރިމަތިލައިގެން ގޮނޑިއެއްގައި ބައިންދާފައިވުން ކ. ކާށިދޫގައި ބަހައްޓާފައިވާ ގޮޅީގައި ވައި ދައުރު ނުވެ އަދި ގޮޅިއަށް ނަޖިސް ވަސް ވަންނަ ގޮތަށް ހުރުމުން އިސްމާޢީލް ރަޝީދަށް ނޭވާ ހާސްވާ ގޮތްވުމުން އެހީއަކަށް ގޮވައި ހެދުމުންވެސް އެވަގުތު އަޅައިނުލައި ފަހުން އައިސް މަލާމާތްކުރުން؛ ކ. ކާށިދޫގައި އޭނާއަށް ދީފައިވާ ބޯފެނަށް އެއްޗެއް އަޅާފައިހުރިކަމާއި އޭގެ ސަބަބުން ބޮލަށް ގޮތްގޮތްވާ ކަމަށް އޭނާ ބުނުން؛ ކ. ކާށިދޫގައި އޭނާއަށް ރަނގަޅަށް ނިދުމުގެ ފުރުޞަތު ނުދީ ދަންވަރު އިރުއިރުކޮޅާ ގޮވައި މައްސަލައާ ގުޅޭގޮތުން ވާހަކަ ދެއްކުން؛ މިކަމުގެ ސަބަބުން، އިސްމާޢީލް ރަޝީދުގެ ހަނދާނާއި ވިސްނުމަށް އުނިކަން އެ ދުވަސްވަރު އައިސްފައިވާކަން ޢާއިލާއަށް ފާހަގަކުރެވުން.
  13. މީހުން ބަންދުގައި ބޭތިއްބުމަށް ޤާނޫނު ހުއްދަ ނުކުރާ ތަނެއްކަމުގައިވާ ޝަހީދު ހުސައިން އާދަމް ބިލްޑިންގގައި ބަންދުކޮށްފައި ގާތްގަނޑަކަށް ތިން ދުވަހު ބެހެއްޓުން
  14. ވިދިވިދިގެން ދެ ދުވަސް ވަންދެން، ހުސް ފާރަކަށް ކުރިމަތިލައިގެން ގޮނޑިއެއްގައި ބައިންދާފައިވުން
  15. ކ. ކާށިދޫގައި ބަހައްޓާފައިވާ ގޮޅީގައި ވައި ދައުރު ނުވެ އަދި ގޮޅިއަށް ނަޖިސް ވަސް ވަންނަ ގޮތަށް ހުރުމުން އިސްމާޢީލް ރަޝީދަށް ނޭވާ ހާސްވާ ގޮތްވުމުން އެހީއަކަށް ގޮވައި ހެދުމުންވެސް އެވަގުތު އަޅައިނުލައި ފަހުން އައިސް މަލާމާތްކުރުން؛
  16. ކ. ކާށިދޫގައި އޭނާއަށް ދީފައިވާ ބޯފެނަށް އެއްޗެއް އަޅާފައިހުރިކަމާއި އޭގެ ސަބަބުން ބޮލަށް ގޮތްގޮތްވާ ކަމަށް އޭނާ ބުނުން؛
  17. ކ. ކާށިދޫގައި އޭނާއަށް ރަނގަޅަށް ނިދުމުގެ ފުރުޞަތު ނުދީ ދަންވަރު އިރުއިރުކޮޅާ ގޮވައި މައްސަލައާ ގުޅޭގޮތުން ވާހަކަ ދެއްކުން؛
  18. މިކަމުގެ ސަބަބުން، އިސްމާޢީލް ރަޝީދުގެ ހަނދާނާއި ވިސްނުމަށް އުނިކަން އެ ދުވަސްވަރު އައިސްފައިވާކަން ޢާއިލާއަށް ފާހަގަކުރެވުން.
  19. މި މައްސަލައިގައި އިސްމާޢީލް ރަޝީދު ބައިވެރިވެފައިވާ މިންވަރަކީ އެއްވެސް ދަޢުވާއެއް ނުކޮށް ދޫކޮށްލެވޭ މިންވަރެއްކަމަށް 15 މެއި 2017 ގައި ފުލުހުން ބުނެފައިވަނިކޮށް، އިސްމާޢީލް ރަޝީދުގެ ވަކީލުން ބަދަލުކުރުމަށް ފުލުހުން ހުށަހެޅި ހުށަހެޅުމަށް ޢާއިލާއިން 17 މެއި 2017 ގައި ދިން ޖަވާބުގައި ވަކީލުން ބަދަލު ނުކުރާނެކަމަށް ބުނުމުން، ފުލުހުން ދެއްކި ވާހަކައިގެ ތެރޭގައި، "ތިހެން ވެއްޖިއްޔާ ސަރކްލްގެ އެންމެ އެތެރޭގައި ހުރި މީހާ ނުކުމެފައި އެ ސަރކްލް ތެރެއަށް އިސްމާޢީލް ރަޝީދު ވަދެދާނެ" ކަމަށް ބުނެ ޢާއިލާއަށް ބިރުދައްކާފައިވާކަމާއި، 18 ޖޫން 2017 ގައި މަޢުލޫމާތުހާމަކުރުމުގައި ފުލުހުން ޢަމަލުކޮށްފައިވަނީ ހަމަ އެފަދައިންކަން ފާހަގަކޮށްފައިވެއެވެ.

އިސްމާޢީލް ރަޝީދުގެ ތަޙްޤީޤުގެ އެންމެހައި ކަމެއް ޤާނޫނީ ހަމަތަކުގެމަތިން ކުރިއަށް ގެންދެވުމަށާއި، އޭނާއާމެދު ޤާނޫނީ ހަމަތަކުގެމަތިން ޢަމަލުކުރެއްވުމަށާއި، އަދި އިސްމާޢީލް ރަޝީދު ޙަޤީޤަތުގައިވެސް ކުށެއް ކޮށްފައި ވާނަމަ، އޭނާއާމެދު ޤާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުއްވުމަށް ޢާއިލާގެ ފަރާތުން ތަކުރާރުކޮށް ފުލުހުންގެ ކިބައިގައި (އަދި ޕްރޮސެކިއުޓަރ ޖެނެރަލްއާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގައި) އަނގަބަހުންނާއި ލިޔުމުން ދަންނަވާފައިވާނެ ކަމަށްވެސް އާއިލާއިން ބުނެއެވެ.

އިސްމާޢީލް ރަޝީދު ހައްޔަރުކުރުމަށްފަހު، ޤާނޫނީ ވަކީލަކާ ބައްދަލުވެފައިވާ އެންމެ ފުރަތަމަ ވަގުތު ޔާމީން ރަޝީދު މަރާލުމުގައި އެއްވެސް ގޮތަކަށް ބައިވެރިވެފައި ނުވާނެކަމަށް ތަޙްޤީޤުކުރާ ފަރާތުގެ ޙާޟިރުގައި އިސްމާޢީލް ރަޝީދު ބުނެފައިވާއިރު، މަތީގައި ބަޔާންކޮށްފައިވާ ފުލުހުންގެ ހުށަހެޅުންތަކުން ޢާއިލާއަށް ދޭހަވި މާނައަކީ ފުލުހުން ބޭނުންވާ ވަކީލެއްގެ ޙާޟިރުގައި ފުލުހުން ބޭނުންވާ ގޮތަށް ފުލުހުން ބުނާ ބަޔަކާއި ދެކޮޅަށް ބަޔާނެއް އިސްމާޢީލް ރަޝީދު ދިނުމަށްފަހު، އެ ބައެއްގެ މައްޗަށް ހެކިބަސް އަދާކުރުމަށްޓަކައި ޝަރީޢަތަށް ދައުލަތުގެ ހެއްކެއްގެ ގޮތުގައި ޙާޟިރުވުމަށް އެއްބަސްވުން ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

މިގޮތަށް ޢަމަލުކުރުމުން އިސްމާޢީލް ރަޝީދު މިނިވަންކޮށް "ހަމަ ތިޔަ ޢާއިލާއާ ހަމައަށް، ގެނައި ގޮތަށް އޭނާ ޙަވާލުކުރާނެ" ކަމަށް އާއިލާ މީހުންގާތު ފުލުހުން ވިދާޅުވެފައި ވީނަމަވެސް، އިސްމާޢީލް ރަޝީދު މިނިވަންވުމުގެ އަގެއްގެ ގޮތުގައި މާތް ﷲ ގަންދީ ހުވާކޮށްފައި ޝަރީޢަތުގައި ދޮގު ހެކި ދިނުމަކީ އާއިލާއިން، އަދި ޚުދު އިސްމާޢީލް ރަޝީދަށްވެސް، ބަލައިގަނެވޭނެ ކަމެއް ކަމަށް އެބާޔަނުގައި ވެއެވެ. އެހެންކަމުން، މާތް ﷲ ގަންދީ ހުވާކޮށްފައި މީހެއްގެ މައްޗަށް ޝަރީޢަތުގައި ދޮގު ހެކި ދިނުމަށް އިސްމާޢީލް ރަޝީދު އެއްބަސް ނުވުމުގެ ނަތީޖާއަކީ އޭނާގެ މިނިވަންކަން ނުޙައްޤުން ނަގާލައި ބަންދުގައި އޭނާ އިތުރަށް ބެހެއްޓުންކަމުގައި ވެސް އާއިލާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

އިސްމާޢީލް ރަޝީދުގެ ޢާއިލާއިން ދެކޭ ގޮތަކީ، މި މައްސަލަ ތަޙްޤީޤުކުރެއްވުމުގައި އިސްމާޢީލް ރަޝީދާމެދު ފުލުހުން ކަން ކުރައްވާ ގޮތުންނާއި ފުލުހުންގެ ޢަމަލުތައް ގެންގުޅުއްވާ ގޮތުން ނުކުންނާނެ ހަމައެކަނި ނަތީޖާއަކީ ޔާމީން ރަޝީދުގެ ޙަޤީޤީ ޤާތިލުން ސަލާމަތްވެ ރައްކާތެރިކަމާއި ސިއްރިއްޔާތުގައި ދެމިތިބުން ކަމަށާއި، އިސްމާޢީލް ރަޝީދުގެ ތަޙްޤީޤުގެ އެންމެހައި ކަމެއް ޤާނޫނީ ހަމަތަކުގެމަތިން ކުރިއަށް ގެންދެވުމަށާއި، އޭނާއާމެދު ޤާނޫނީ ހަމަތަކުގެމަތިން ޢަމަލުކުރެއްވުމަށް ޢާއިލާގެ ފަރާތުން ފުލުހުންނަށް އިލްތިމާސްކުރާ ކަމަށްވެސް އާއިލާއިން ބުނެއެވެ.

މިބާޔާނާ ގުޅިގެން ފުލުހުން ވަނީ އިސްމާއީލް ރަޝީދުގެ އާއިލާއިން ނެރެފައިވާ އެބަޔާނުގައި ފުލުހުންނާ ގުޅޭގޮތުން ދައްކާފައިވާ ހުރިހާ ވާހަކަތަކެއް އެއީ ދޮގު ވާހަކަތަކެއް ކަމަށް ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު