Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނެޝަނަލް ފިޒިކަލް އެކްޓިވިޓީ ޕޮލިސީ

ނެޝަނަލް ފިޒިކަލް އެކްޓިވިޓީ ޕޮލިސީއާއި މޯލްޑިވްސް ގައިޑްލައިން އޮން ފިޒިކަލް އެކްޓިވިޓީ ލޯންޗްކޮށްފި

މި ސިޔާސަތާއި މިންގަނޑުތަކުގެ އަމާޒަކީ، އެކަށީގެންވާ މިންވަރަށް ހެލިފެލިވެ ކަސްރަތުގައި ޝާމިލުވެނޫޅޭ މީހުންގެ ނިސްބަތް 2030ގެ ނިޔަލަށް 10 އިންސައްތައަށް މަދުކުރުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 1 ސެޕްޓެމްބަރު 2022 | ބުރާސްފަތި 10:49
ނެޝަނަލް ފިޒިކަލް އެކްޓިވިޓީ ޕޮލިސީއާއި މޯލްޑިވްސް ގައިޑްލައިން އޮން ފިޒިކަލް އެކްޓިވިޓީ ލޯންޗުކުރުން

ނެޝަނަލް ފިޒިކަލް އެކްޓިވިޓީ ޕޮލިސީއާއި މޯލްޑިވްސް ގައިޑްލައިން އޮން ފިޒިކަލް އެކްޓިވިޓީ ލޯންޗުކުރުން

ނެޝަނަލް ފިޒިކަލް އެކްޓިވިޓީ ޕޮލިސީއާއި މޯލްޑިވްސް ގައިޑްލައިން އޮން ފިޒިކަލް އެކްޓިވިޓީ ލޯންޗްކޮށްފިއެވެ.

ނެޝަނަލް ފިޒިކަލް އެކްޓިވިޓީ ޕޮލިސީއާއި މޯލްޑިވްސް ގައިޑްލައިން އޮން ފިޒިކަލް އެކްޓިވިޓީ ލޯންޗުކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓު އަޙުމަދު މަޚުލޫފާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީގެ އިތުރުން ހެލްތު މިނިސްޓަރ އަޙުމަދު ނަސީމެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު މީރުމާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސެކްރެޓަރީ، ކެބިނެޓް އެފެއަރޒް، އަޙުމަދު ޙަސަންދީދީއާއި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓު އަޙުމަދު މަޚުލޫފާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީގެ އިތުރުން ސިއްހީ ދާއިރާގެ ގިނަ އިސްވެރިންތަކެއް ބައިވެރިވިވަޑައިގެންނެވިއެވެ.

ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުމުގެ ސިޔާސަތާއި މިންގަނޑުތައް އެކުލަވާލުމުގެ މައިގަނޑު މަގުސަދަކީ، ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކޮށް، ބަލިތައް ގިނަވާން ދިމާވާ ހިރާސްތަކުން ރައްކާތެރިވުމާއި ސިއްހީ، ދުޅަހެޔޮ ދިރިއުޅުމަކަށް ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުމަށް އާންމުން ހޭލުންތެރިކޮށް އަހުލުވެރިކުރުމެވެ.

މި ސިޔާސަތާއި މިންގަނޑުތަކުގެ އަމާޒަކީ، އެކަށީގެންވާ މިންވަރަށް ހެލިފެލިވެ ކަސްރަތުގައި ޝާމިލުވެނޫޅޭ މީހުންގެ ނިސްބަތް މިހާރުހުރި ވަރު (49 އިންސައްތަ އަންހެނުން، 35 އިންސައްތަ ފިރިހެނުން) 2030ގެ ނިޔަލަށް 10 އިންސައްތައަށް ދަށްކުރުމެވެ. އަދި ރައްކާތެރި މާހައުލެއްގައި ހެލިފެލިވެ އުޅުމާއި ކަސްރަތުކުރުމުގެ ފުރުސަތު އިތުރަށް ގާއިމުކޮށް އިންތިޒާމުކުރުމެވެ. އަދި މި ފަންނުގެ މީހުން ބިނާކުރުމާއި ހޭލުންތެރިކުރުމާއި ކަމާގުޅުންހުރި ދާއިރާތައް އެކުގައި މަސައްކަތްކުރުމަކީވެސް މި ސިޔާސަތުގެ މައިގަނޑު އަސާސެކެވެ.

ހެލިފެލިވެ އުޅުމާއި ކަސްރަތުކުރުމުގެ ސިޔާސަތު ބިނާކޮށްފައިވަނީ މައިގަނޑު 4 ކަމެއްގެ މައްޗަށެވެ. މީގެ ތެރޭގައި; ކަސްރަތުކުރުމާމެދު ރައްޔިތުން ދެކޭގޮތް ބަދަލުކޮށް، ކަސްރަތުކުރުމަށް މަގުފައިވާނޭ ގޮތްތައް ހޯދައި ދިނުމާއި، ހެލިފެލިވެ އުޅުމާއި ކަސްރަތުކުރުމަށް ހޭލުންތެރިކަން އިތުރުކުރުމާއި، ކަމާ ގުޅޭގޮތުން މީހުން ތަމްރީނުކުރުމަށް ސިޔާސީ ދާއިރާއާއި މިކަމާ ގުޅުންހުރި އެހެނިހެން ދާއިރާތައް އެކުގައި މަސައްކަތްކުރުން ހިމެނެއެވެ.  

ހެލިފެލިވެއުޅުމާއި ކަސްރަތުކުރުމުގެ ސިޔާސަތާއި މިންގަނޑުތައް މިއަދު ލޯންޗްކޮށްފައިވާއިރު، ރާއްޖޭގައި އަހަރެއްގެ މައްޗަށް މަރުވާ ނުވަތަ ބޮޑެތި ބަލިތަކުގެ ސަބަބުން ނުކުޅެދުންތެރިކަމާ ކުރިމަތިލާންޖެހޭ މީހުންގެ އެންމެ ބޮޑު ހިއްސާއެއް ނިސްބަތްވަނީ، ކެންސަރާއި ހަކުރު ބައްޔާއި ހިތުގެ ބައްޔާއި ސްޓްރޯކާއި ފުއްޕާމޭގެ ދާއިމީ ބަލިތަކާއި ނަފްސާނީ ބަލިތައް ފަދަ، ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ގައިންގަޔަށްނާރާ ބަލިތަކަށެވެ.

މިފަދަ ބަލިތަކަށް ހުށަހެޅޭ ހިރާސް (ރިސްކް ފެކްޓަރސް)ގެ ތެރޭގައި; ކެއިންބުއިމުގެ ނުރަނގަޅު އާދަތަކާއި، ދުންފަތުގެ އިސްތިއުމާލުކުރުމާއި މަސްތުވާ ތަކެތި ބޭނުން ކުރުމުގެ އިތުރުން، އެކަށީގެންވާ ވަރަށް ކަސްރަތުނުކުރުން ހިމެނެއެވެ. 

ނެޝަނަލް ފިޒިކަލް އެކްޓިވިޓީ ޕޮލިސީއާއި މޯލްޑިވްސް ގައިޑްލައިން އޮން ފިޒިކަލް އެކްޓިވިޓީ

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2022

ގައިން ގަޔަށް ނާރާ ބަލިތަކާބެހޭގޮތުން ހަދާފައިވާ ދިރާސާ ވަރަށް އަވަހަށް އާންމުކުރާނެ: މިނިސްޓަރ ނަސީމް

01 ސެޕްޓެމްބަރު 2022
ގައިން ގަޔަށް ނާރާ ބަލިތަކާބެހޭގޮތުން ހަދާފައިވާ ދިރާސާ ވަރަށް އަވަހަށް އާންމުކުރާނެ: މިނިސްޓަރ ނަސީމް
19 ޖުލައި 2017

މޯލްޑިވްސް އޯޓިޒަމް ސެންޓަރުގެ އާ އިމާރާތް ހުޅުވަނީ

19 ޖުލައި 2017
މޯލްޑިވްސް އޯޓިޒަމް ސެންޓަރުގެ އާ އިމާރާތް ހުޅުވަނީ
15 ޖުލައި 2017

މޯލްޑިވްސް ސާރޖަންސް އެސޯސިއޭޝަންއިން ވޯކްޝޮޕެއް އައްޑޫ ސިޓީގައި ކުރިއަށް ގެންގޮސްފި

15 ޖުލައި 2017
މޯލްޑިވްސް ސާރޖަންސް އެސޯސިއޭޝަންއިން ވޯކްޝޮޕެއް އައްޑޫ ސިޓީގައި ކުރިއަށް ގެންގޮސްފި
11 ޖުލައި 2017

އެކްސްޕީރިއެންސް މޯލްޑިވްސްގެ ނަމުގައި ބައިނަލްއަގްވާމީ ކެމްޕޭނެއް ފަށައިފި

11 ޖުލައި 2017
އެކްސްޕީރިއެންސް މޯލްޑިވްސްގެ ނަމުގައި ބައިނަލްއަގްވާމީ ކެމްޕޭނެއް ފަށައިފި
21 ޖޫން 2017

އެމްއެމްއޭއިން ބާއްވާ "މޯލްޑިވްސް ފައިނޭންޝިއަލް އެކްސްޕޯ" ޖުލައި މަހުގައި

21 ޖޫން 2017
އެމްއެމްއޭއިން ބާއްވާ "މޯލްޑިވްސް ފައިނޭންޝިއަލް އެކްސްޕޯ" ޖުލައި މަހުގައި
23 މެއި 2017

ހިޔާލުފާޅުކުރާ ފަރާތްތަކަށް އިންޒާރުދޭ މައްސަލަތައް ބެލެންޖެހޭ: ޓްރާންސްޕޭރެންސީ މޯލްޑިވްސް

23 މެއި 2017
ހިޔާލުފާޅުކުރާ ފަރާތްތަކަށް އިންޒާރުދޭ މައްސަލަތައް ބެލެންޖެހޭ: ޓްރާންސްޕޭރެންސީ މޯލްޑިވްސް
23 އެޕްރީލު 2017

ޔާމީނު ރަޝީދު މަރާލުމުގެ އަމަލަކީ ސީދާ މިނިވަން ހިޔާލާ ދެކޮޅަށްދިން ހަމަލާއެއް: ޓްރާންސްޕޭރެންސީ މޯލްޑިވްސް

23 އެޕްރީލު 2017
ޔާމީނު ރަޝީދު މަރާލުމުގެ އަމަލަކީ ސީދާ މިނިވަން ހިޔާލާ ދެކޮޅަށްދިން ހަމަލާއެއް: ޓްރާންސްޕޭރެންސީ މޯލްޑިވްސް
22 ފެބުރުއަރީ 2017

ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި

22 ފެބުރުއަރީ 2017
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި
01 ފެބުރުއަރީ 2017

މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ

01 ފެބުރުއަރީ 2017
މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު