Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތާލިބާނުންގެ ސިޔާސަތުތައް

ތާލިބާނުން ބައިނަލްއަގުވާމީ މުޖުތަމައާ ގުޅުންބަދަހިކުރާނީ އިސްލާމީ ޝަރީއަތާ އެއްގޮތަށް

20 އޯގަސްޓު 2022 | ހޮނިހިރު 02:13

3000ށްވުރެ ގިނަ ގަބީލާތަކުގެ ވެރިންނާއި އޮފިޝަލުންނާއި ދީނީ އިލްމުވެރިން ވަނީ ކަންދަހާރަށް އެއްވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 އޯގަސްޓު 2022 | ހޮނިހިރު 02:13
ތާލިބާން ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެތެރެއިން

ތާލިބާން ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެތެރެއިން

ތާލިބާނުން ބައިނަލްއަގުވާމީ މުޖުތަމައާ ގުޅުން ބަދަހިކުރާނީ އިސްލާމީ ޝަރީއަތާ އެއްގޮތަށްކަމަށް، އެ ޖަމާއަތުގެ އެންމެ އިސްލީޑަރު ވިދާޅުވެއްޖެއެވެ.

އަފްޣާނިސްތާނުގައި މިހާރު ވެރިކަން ކުރަމުން އަންނަ ތާލިބާން ސަރުކާރަށް އެއް އަހަރުވެފައިވާއިރު، އެގައުމުގެ އިންފޮރމޭޝަން މިނިސްޓްރީން ވަނީ އެޖަމާއަތުގެ އެންމެ އިސްލީޑަރު ދެއްކެވި ވާހަކަފުޅުގެ ކޮޕީއެއް ހިއްސާކޮށްފައެވެ.

3000ށްވުރެ ގިނަ ގަބީލާތަކުގެ ވެރިންނާއި އޮފިޝަލުންނާއި ދީނީ އިލްމުވެރިން ވަނީ ކަންދަހާރަށް އެއްވެފައެވެ. މިއީ ތާލިބާން ޖަމާއަތުގެ އެންމެ އިސް ރޫހާނީ ލީޑަރު ހައިބަތުﷲ އަޚުންޒާދާ ހުންނަވާ ތަނެވެ. ކަންދަހާރުގައި ތާލިބާނުގެ އެންމެ އިސްލީޑަރާއެކު ކުރިޔަށްގެންދިޔަ މިބައްދަލުވުމަކީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި މިގޮތަށް ކުރިޔަށް ގެންދިޔަ ދެ ވަނަ ބައްދަލުވުމެވެ.

މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހައިބަތުﷲ އަޚުންޒާދާ ވަނީ، މާތްﷲގެ ރަހުމަތްފުޅުން މިފަދަ ބައްދަލުވުމެއް ބޭއްވުމުގެ މިނިވަންކަން ލިބިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ބައިނަލްއަގްވާމީ މުޖުތަމައާ ގުޅުން ބާއްވަމުން ގެންދާނީ އިސްލާމީ ޝަރީއަތާއި އެއްގޮތަށްކަމަށާއި، އެއްވެސް ގައުމަކާއެކު އިސްލާމީ ޝަރީއަތާ ޚިލާފަށް ގުޅުން ބާއްވަންޖެހޭނަމަ އެގައުމަކާއެކު ގުޅުން ނުބާއްވާނެކަމަށެވެ.

މީގެއިތުރުން މިބައްދަލުވުމުގައި ވަނީ، ދާދިފަހުން އެމެރިކާއިން ޑްރޯން ހަމަލާދީގެން އަލްގައިދާގެ ލީޑަރ އައިމަން އައްޒަވާހިރީ މަރާލާފައިވާ މައްސަލައާ ގުޅުވައި، އަފްޣާނިސްތާނުގެ ވައިގެ ސަރަހައްދު ބޭނުންކޮށްގެން އެފަދަ ހަމަލާތައް ދިނުން ކުށްވެރިކޮށްފައެވެ.

އެމެރިކާއާ ތާލިބާންގެ ގުޅުމަށް މިހަމަލާއާ ގުޅިގެން ވަނީ އަސަރުކޮށްފައެވެ. އެއީ އެމެރިކާއާއި ތާލިބާނުން ވެފައިވާ އެއްބަސްވުމާ ޚިލާފަށް އަފްޣާނިސްތާނުގެ ބިމުން އައްޒަވާހިރީއަށް ޖާގަދިނުމުންނެވެ. އެމެރިކާއާއި ތާލިބާނުން ވެފައިވާ އެއްބަސްވުމުގައި، ޓެރަރިސްޓް ޖަމާއަތްތަކަށް އަފްޣާނިސްތާނުގެ ބިމުން ޖާގަ ނުދިނުމަށް ވަނީ އެއްބަސްވެފައެވެ.

އަނެއްކޮޅުން ދުނިޔޭގެ އެއްވެސް ގައުމަކުން މިހާތަނަށް އައިއިރު ތާލިބާން ސަރުކާރު ރަސްމީކޮށް ބަލައިގެންފައެއްނުވެއެވެ. މިއާއެކު އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ އިގުތިސާދީ ބޮޑު އަނދަވަޅުން އެގައުމު ސަލާމަތްކުރުމަށް ތާލިބާން ސަރުކާރަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. ގިނަ ގައުމުތަކުން ތާލިބާން ސަރުކާރަށް ޕްރެޝަރކުރާ މައިގަނޑު ކަމަކީ އަންހެނުންނާއި އަންހެންކުދިންނަށް ތައުލީމުގެ ފުރުސަތު ދިނުމާމެދުއެވެ.

ތާލިބާންއަފްޣާނިސްތާން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި
25 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

25 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
08 ނޮވެމްބަރު 2025

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ

08 ނޮވެމްބަރު 2025
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ
03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
12 އޮކްޓޯބަރު 2025

އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ

12 އޮކްޓޯބަރު 2025
އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ
21 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް