Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރުން

35 އިންސައްތަ ލިބޭ މީހަކީ ދައުލަތުގެ އެންމެ އިސްވެރިޔާގެގޮތުގައި ހުރުން ގަބޫލެއް ނުކުރަން – ރައީސް ސޯލިހު

ގަބޫލުފުޅުކުރައްވަނީ މިހާރު މި އޮތްގޮތަށް ރައްޔިތުންގެ ފުރިހަމަ އަޣުލަބިއްޔަތުން ވެރިކަމަށް މީހަކު ހޮވުންކަމަށް ވިދާޅުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 އޯގަސްޓު 2022 | އަންގާރަ 11:25
ރިޔާސީ ބަޔާން އިއްވަވަން ރައީސް ސޯލިހު (ކ) ރައީސް ނަޝީދުއާއެކު މަޖިލީހަށް ވަޑައިގަންނަވަނީ

ރިޔާސީ ބަޔާން އިއްވަވަން ރައީސް ސޯލިހު (ކ) ރައީސް ނަޝީދުއާއެކު މަޖިލީހަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން 35 އިންސައްތަ ލިބިގެން ވެރިކަމަށް އަންނަ މީހަކީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނަންޖެހޭ މީހެއްކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބަރުލަމާނީ ނިޒާމާ ގުޅޭގޮތުން ސިޔާސީ އެކި ލީޑަރުން ވާހަކަފުޅުދައްކަވަމުން ގެންދަވާ މި ދަނޑިވަޅުގައި، "ރާއްޖެ ޓީވީ"އަށް ދެއްވި އެކްސްކްލޫސިވް ފޯން އިންޓަރވިއުގައި، އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް ސޯލިހު ވިދާޅުވީ 35 އިންސައްތަ އިސްލާހަކީ އެމަނިކުފާނު ތާއީދުކުރައްވާ އިސްލާހެއް ނޫންކަމަށެވެ.  

Advertisement - newsAdvertisement

ރައީސް ވިދާޅުވީ 35 އިންސައްތަ ލިބިގެން އަންނަ މީހަކު ސަރުކާރުގެ ނުވަތަ ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނާކަށް ގަބޫލުފުޅުނޫންކަމަށެވެ. އަދި ގަބޫލުފުޅުކުރައްވަނީ މިހާރު މި އޮތްގޮތަށް، ރައްޔިތުންގެ ފުރިހަމަ އަޣުލަބިއްޔަތުން ވެރިކަމަށް މީހަކު ހޮވުންކަމަށެވެ. އެއީ 50 އިންސައްތައާއި އަދި އިތުރަށް ވޯޓު ލިބިގެން އަންނަ ފަރާތަކަށް ދައުލަތުގެ ވެރިކަން/ސަރުކާރުގެ ވެރިކަން އޮންނަގޮތަށް އޮތުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ މިހާރު މި އޮތްގޮތް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން، މަގާމަށް އިންތިޚާބު ކުރެވޭނީ 35 އިންސައްތައަށްވުރެ މަތިން އަޣުލަބިއްޔަތު ލިބޭ މީހަކަށްކަން ބަޔާންކޮށް، ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅަން ރައީސް ނަޝީދުގެ ގަރާރުގައި ވިދާޅުވެފައިވެއެވެ.

މި އިސްލާހުގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރާނީ ރައްޔިތުންގެ އާންމު ވޯޓަކުންކަމަށާއި، އެ މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިޚާބުވާނީ އެންމެ ގިނަ ވޯޓު ލިބޭ، އަދި ވޯޓުދިން މީހުންގެ 35 އިންސައްތައަށްވުރެ މަތީ އަޣުލަބިއްޔަތެއް ހޯދާ މީހެއްކަމަށެވެ.

މިބައި އިތުރަށް ތަފްސީލުކޮށްދެއްވަމުން ވިދާޅުވެފައިވަނީ، ބައެއް ގައުމުތަކުގައި ބަރުލަމާނީ ނިޒާމުގައި ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މީހެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަ ސަބަބަކީ، އެ ގައުމުތަކުގައި ރައީސުލްޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ކަމައެކަނި ރަމްޒީ ބާރުތަކެއް ލިބިފައިވާ މީހަކަށް ވާތީކަމަށެވެ.

އަދި ރާއްޖެއަށް ތައާރަފްކުރި ނިޒާމުގައި ދައުލަތް ހިންގުމުގެ އިސް މަގާމުތަކަށް މީހުން އައްޔަންކުރުމަށް މަޖިލީހަށް ނަން ފޮނުވުމުގެ ބާރާއި، މަޖިލިސް އުވާލުން ފަދަ ބާރުތައް ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ގޮތަށް ހުށަހަޅާތީ، ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުކުރަންވާނީ ރައްޔިތުންގެ އަޣުލަބިއްޔަތު އޮންނަ މީހެއްކަމަށް ފެންނަކަމަށެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުކުރީގެ ރައީސް، މުހައްމަދު ނަޝީދު2023 ރިޔާސީ އިންތިޚާބުރިޔާސީ ނިޒާމުބަރުލަމާނީ ނިޒާމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

23 ފެބުރުއަރީ
ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން
20233 އަހަރު ކުރިން
ރިޕޯޓު

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟
20224 އަހަރު ކުރިން
ރިޕޯޓު

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން
20197 އަހަރު ކުރިން
ރިޕޯޓު

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު