Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޠާލިބާނުންގެ ވެރިކަމަށް 1 އަހަރު

ޠާލިބާނުންގެ ވެރިކަމަށް 1 އަހަރު ފުރުން އަފްޣާނިސްތާނުގައި ކުލަގަދަކޮށް ފާހަގަކޮށްފި

އަފްޣާނިސްތާނުން ބޭނުން ވަނީ މުޅި ދުނިޔެއާއިއެކު އެދެވޭ ގުޅުންތަކެއް ދަމަހައްޓަން ކަން އެކްޓިންގް ފޮރިން މިނިސްޓަރު ވަނީ ފާހަގަކޮށްފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 16 އޯގަސްޓު 2022 | އަންގާރަ 07:01
އަފްޣާނިސްތާނުގައި ހުންނަ އެމެރިކާ އެމްބަސީ ކުރިމައްޗަށް އެތައް ސަތޭކަ ބަޔަކު ޖަމާވެ، އުފާ ފާޅު ކުރުމުގެ ހަރަކާތްތަކުގައި ވަނީ ބައިވެރިވެފައި

އަފްޣާނިސްތާނުގައި ހުންނަ އެމެރިކާ އެމްބަސީ ކުރިމައްޗަށް އެތައް ސަތޭކަ ބަޔަކު ޖަމާވެ، އުފާ ފާޅު ކުރުމުގެ ހަރަކާތްތަކުގައި ވަނީ ބައިވެރިވެފައި

ދުނިޔޭގެ އެންމެ ވަރުގަދަ ބާރުގެ ގޮތުގައި ސިފަ ކުރަމުން އަންނަ އެމެރިކާއިން ކުރި އެންމެ ނާކާމިޔާބު ހަނގުރާމައިގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރާ އަފްޣާން ހަނގުރާމައަށް ގެނައި ކުއްލި ނިމުމާއެކު އަފްޣާނިސްތާނުގެ ލަގަން ނެގީ ހަތިޔާރު އެޅި ހަނގުރާމަވެރި ޖަމާއަތެއްގެ ގޮތުގައި ލިސްޓުކޮށްފައި ވާ ޠާލިބާން ޖަމާއަތުގެ ހަނގުރާމަވެރިންނެވެ.

މި ދަނޑިވަޅަކީ އިންތިހާ ފަޤީރު ކަން އިތުރު ވުމާއި، ހަނަފަސްކަން ފެތުރިގެން ދިއުމުގެ އިތުރުން ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ނުލިބި މެލްނިއުޓްރިޝަންގެ މައްސަލަތައް އިތުރުވުމާއި، އަންހެނުންގެ ޙައްޤުތައް ކަށަވަރު ކުރުމުގައި އަފްޣާނިސްތާނުގެ ކުރިމަގު ބަނަވެފައި ވާ ދަނޑިވަޅެކެވެ. ނަމަވެސް، ޠާލިބާނުންގެ ވެރިކަމަށް 1 އަހަރު ފުރުން، އަފްޣާނިސްތާނުގައި ވަނީ ކުލަގަދަ ގޮތެއްގައި ފާހަގަ ކޮށްފައެވެ.

ޠާލިބާނުންގެ ވެރިކަމަށް 1 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބައެއް މީހުން ވަނީ ފަޒާގެ ތެރެއަށް ބަޑިޖަހާފައެވެ. ޠާލިބާން ހަނގުރާމަވެރިންގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ، އެއް ސަރަހައްދަކަށް ޖަމާވެ، އެ ޖަމާއަތުގެ ކަޅާއި ހުދުގެ ދިދަ، ވައިގެ ތެރޭގައި ވިހުރުވާފައެވެ. މައިގަނޑު އިހުތިފާލުތައް ކުރިއަށް ދިޔައީ، އަފްޣާނިސްތާނުގައި ހުންނަ އެމެރިކާ އެމްބަސީ ކުރިމަތީގައި ކަމަށް ވާ އިރު، އެތައް ސަތޭކަ ބަޔަކު ވަނީ އެސަރަހައްދަށް ޖަމާވެ، އުފާ ފާޅު ކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވެފައެވެ.

އަފްޣާނިސްތާނުގައި ޠާލިބާނުން ހިންގާ ސަރުކާރުގެ ވަޒީރުންވެސް ވަނީ ހަރަކާތްތަކުގައި ބައިވެރިވެފައެވެ. އެކްޓިންގް ފޮރިން މިނިސްޓަރު އާމިރު ޚާން މުއްތަޤީ ވަނީ، ޠާލިބާނުންގެ ވެރިކަމާއެކު އަފްޣާނިސްތާނަށް ސަލާމަތްތެރިކަން ލިބިފައި ވާ ކަން ފާހަގަ ކޮށްފައެވެ. އެގޮތުން އެމެރިކާއިން ގެނެސްދިނުމަށް ފެއިލްވި ސަލާމަތާއި ރައްކާތެރިކަން އަފްޣާނިސްތާނަށް ލިބިފައި ވާ ކަމަށާ، އަފްޣާނިސްތާނުން ބޭނުން ވަނީ މުޅި ދުނިޔެއާއިއެކު އެދެވޭ ގުޅުންތަކެއް ދަމަހައްޓަން ކަން މުއްތަޤީ ވަނީ ފާހަގަ ކޮށްފައެވެ.

ޖުމުލަ ގޮތެއްގައި ބަލާއިރު ޠާލިބާނުންގެ ވެރިކަމުގައި އަފްޣާނިސްތާނުގައި ހަމަޖެހުން ޤާއިމު ވެފައި ވާ ކަމަށް ދެންނެވިދާނެއެވެ. ނަމަވެސް އައިސިސް ހަނގުރާމަވެރިންގެ ފަރާތުން ދޭތެރެ ދޭތެރެއިން ހަމަލާ އަމާޒުވި މަންޒަރު ވަނީ ފެނިގެންގޮސްފައެވެ.

ކަން މިހެން އޮތް އިރު، އަފްޣާނިސްތާނަށް އުފުލަން ޖެހިފައިވާ އިގުތިސޯދީ ތަކުލީފުތަކުގެ މަތިން ހަނދާން ނައްތާލެވޭކަށް ނެތެވެ. އިގުތިސޯދީ ހަމަޖެހުމެއް ނެތެވެ. ބައިނަލްއަގުވާމީ މުޖުތަމައުން އަފްޣާނިސްތާނުގެ ސަރުކާރު އެކަހެރިކޮށް، އަފްޣާނިސްތާނުގެ ލީޑަރުން ބަލައިގަތުމަށް އިންކާރު ކުރަމުން ދާއިރު، އެކަމުގެ ސީދާ އަސަރު ފޯރަމުން ދަނީ އަފްޣާނިސްތާނުގެ އާންމު ރަށްވެހިންނަށެވެ.

ބޭރުގެ ފަރާތްތަކުން އަފްޣާނިސްތާނަށް ދެމުން ދިޔަ ތަރައްޤީގެ އެހީތައް މެދުކަނޑާލާފައި ވާ އިރު، މުޖުތަމައުގެ ޒަރޫރީ ބޭނުންތަކަށްވެސް ނޭދެވޭ އަސަރު ވަނީ ފޯރާފައެވެ. އަންހެނުންނާއި އަންހެން ކުދިންގެ ޙައްޤުތައް އިންތިހާއަށް ނިގުޅައިގެންފައި ވާ ކަމުގެ ޝަކުވާ ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.

އަފްޣާނިސްތާނު ކޮންޓްރޯލް ކުރަމުންދާ ޠާލިބާން ހަނގުރާމަވެރިން ދަނީ، ބޭރުގެ ފަރާތްތަކުން ހިފަހައްޓާފައި ވާ މަރުކަޒީ ބޭންކުގެ ރިޒާވްގައި ވާ 9 ބިލިއަން ޑޮލަރު ރިލީޒް ކުރުމަށް ޑިމާންޑް ކުރަމުންނެވެ. ނަމަވެސް އެމެރިކާއިން ދަނީ، އެ ކަމަށް ފުރުޞަތު ފަހި ކުރަނީ ނަމަ، އަފްޣާނިސްތާނުގައި އޮތް ޠާލިބާނުންގެ ލީޑާޝިޕަށް ބަދަލު ގެނައުމަށް ޑިމާންޑް ކުރަމުންނެވެ. ހުޅަނގުގެ ޑިމާންޑްތަކަށް ދީލާލުމަށް ޠާލިބާނުން އިންކާރު ކުރެއެވެ. އެހެންކަމުން، ދެ ފަރާތުން ކުރެ އެއް ފަރާތުން ދޫ ދިނުމުން މެނުވީ، އަފްޣާނިސްތާނުގެ މަސްރަހުން އެދެވޭ ބަދަލެއް ފެންނާނެ ކަމަކަށް ނުބެލެވެއެވެ.

ތާލިބާންއަފްޣާނިސްތާންޠާލިބާނުންގެ ވެރިކަމަށް 1 އަހަރުދުނިޔެ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

25 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ

08 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު