Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާދިއްފުށި ކައުންސިލް

ގާދިއްފުށި ކައުންސިލަށް ބައެއް ކަންކަން ސާފުކުރަން ދިޔަ ބަޔަކަށް ޖަވާބުދާރީނުވެ ކައުންސިލަރުން ފިއްލަވައިފި

އެމީހުން ކައުންސިލް އިދާރާއަށް ގޮސްފައިވަނީ އެ ރަށުގައި އޮންނަ ރައްޔިތުންގެ ދޯންޏާ ގުޅުންހުރި މައްސަލައެއްގައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 31 ޖުލައި 2022 | އާދީއްތަ 13:54
ކައުންސިލް އިދާރާއަށް މައުލޫމާތު ސާފުކުރަން ދިޔަ މީހުން އަދިވެސް ތިބީ އެތަނުގައި

ކައުންސިލް އިދާރާއަށް މައުލޫމާތު ސާފުކުރަން ދިޔަ މީހުން އަދިވެސް ތިބީ އެތަނުގައި

ކައުންސިލްގެ ފަރާތުން ސާފުކުރަން ހުރި ކަންތައްތަކެއް ސާފުކުރުމަށް ތ. އަތޮޅު ގާދިއްފުށީ ކައުންސިލް އިދާރާއަށް ދިޔަ ރައްޔިތުންގެ ބަޔަކު އިދާރާގައި ތިއްބާ، ޖަވާބުދާރީވާން މަޑުނުކޮށް ރަސްމީގަޑި ނިމުމުން ކައުންސިލަރުން "ފިއްލަވައިފި" އެވެ.

އެ ރަށުން މައުލޫމާތު ދިން މީހަކު ބުނީ، ކައުންސިލުން ސާފު ކުރަންޖެހޭ އެކި ކަންކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް އެ ރަށުގެ ރައްޔިތުންގެ ބަޔަކު މިއަދު ހެނދުނު 11 ޖަހާ އެކާހަށްހާއިރުއްސުރެ ތިބީ ކައުންސިލް އިދާރާގައި ކަމަށެވެ. އެތަނަށް ދިޔުމުން ކައުންސިލަރުންނާ ބައްދަލުވެ ވާހަކަ ދެކެވުނު ކަމަށާއި ނަމަވެސް، މަޝްވަރާ ކުރުމަށް ކަމަށްބުނެ ބައްދަލުވުން ކުރުކޮށްލުމަށްފަހު، ރަސްމީގަޑި ނިމުމުން ކައުންސިލަރުންނާއި ޒިންމާދާރުވެރިޔާ ވެސް ހިމެނޭހެން ފަހަރަކު ބޭފުޅަކު ގެއްލެމުން ގޮސް، އެންމެން އޮފީހުން ބޭރަށް ވަޑައިގެންފައިވާ ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.

Advertisement - newsAdvertisement

އެ ރަށުން ވާހަކަ ދެއްކި މީހާ ބުނީ، ރައްޔިތުންގެ ބަޔަކު ކައުންސިލާ ބައްދަލު ކުރަން ދިޔަ މައިގަނޑު ބޭނުމަކީ އެ ރަށުގައި އޮންނަ ރައްޔިތުންގެ ދޯނި ކުއްޔަށް ދީފައިވާ ފަރާތާއެކު ހަދާފައިވާ އެއްބަސްވުން ހަމަވެ އެތައް ދުވަހެއް ވެފައިވާއިރު ވެސް އޭނާ އަތުން ދޯނި އަތުލާ ރަށަށް ގެނެވިފައި ނުވާ މައްސަލައާއި، ގާނޫނުން ލާޒިމް ކުރާ ރައްޔިތުންގެ ބައްދަލުވުންތައް ވެސް ކައުންސިލުން ނުބާއްވާ މައްސަލައާއި އެނޫންވެސް ޒުވާނުންނާ ގުޅުން ހުރި ބައެއް މައްސަލަތަކުގައި ކަމަށެވެ.

މީގެ ތެރެއިން ރައްޔިތުންގެ މަސްދޯނި ދޫކޮށްފައިވާ ފަރާތުން ދޯނި އަތުލާ ރަށަށް ގެނައުމުގެ މައްސަލައިގައި، ކައުންސިލަށް ދިޔަ ރައްޔިތުން ވަނީ 48 ގަޑިއިރުގެ ތެރޭގައި ދޯނި ރަށަށް ގެނައުމަށް ކައުންސިލަށް މުއްދަތެއް ދީފައެވެ. އެ މީހުންނާއެކު ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމުގައި ކައުންސިލުން ބުނެފައިވަނީ، އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރުމަށް މަސައްކަތް ކުރަމުން ދާކަމަށާ ނަމަވެސް، އެ ދޯނި ހަވާލުވި ފަރާތުން ފާހަގަ ކުރާ ބައެއް ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން އެ ފަރާތުން ގެންގުޅޭ މުވައްޒަފުންނަށް މުސާރަދޭން ދަތިވެފައިވާ މައްސަލަފަދަ ކަންކަން ކައުންސިލުން ފާހަގަ ކޮށްފައިވެއެވެ. ނަމަވެސް، ރައްޔިތުންގެ ފަރާތުން ބައްދަލުވުމަށް ދިޔަ މީހުންވަނީ އެކަން ބަލައި ނުގަނެވޭނެ ކަމަށާއި ކުރީގެ ކައުންސިލްގައި ވެސް ހައެއްކަ މަސް އިތުރަށް ދީފައިވާ ކަމަށާ އަދި މި ކައުންސިލުންވެސް މިއަދާހަމައަށް ވެސް ދޯނި އެ ފަރާތުން އަތުލާފައި ނުވާކަން ފާހަގަކޮށްފައެވެ.

މި ބައްދަލުވުމަށްފަހު، ސާފުކުރަންޖެހޭ ކަންކަން ހުރިކަމަށްބުނެ ބައްދަލުވުން ކުރުކޮށްލިފަހުން، ފަހަރަކު ކައުންސިލަރަކު ގެއްލެމުން ގެއްލެމުންގޮސް، މިހާރު އިދާރާގައި ހުންނެވީ އެންމެ ކައުންސިލް މެންބަރެއް ކަމަށާ، ޒިންމާދާރު ވެރިޔާވެސް 2 ޖެހުމާއިއެކު އިދާރާއިން ވަޑައިގެންފައިވާ ކަމަށް އެ ރަށުން މައުލޫމާތު ދެއެވެ. ކައުންސިލް އިދާރާއަށް ދިޔަ ރައްޔިތުންގެ ގުރޫޕް މިރޭ 7 ޖެހިއިރުވެސް ތިބީ ކައުންސިލް އިދާރާގައެވެ. އެ މީހުން އިދާރާގައި ތިބުމުން ކައުންސިލް އިދާރާ ހުރީ ބަންދު ނުކުރެވިއެވެ.

ތ. ގާދިއްފުށި

ކޮމެންޓް

އިތުރަށް ކިޔާލަން

ގާދިއްފުށީގެ ބިން ހިއްކާ ބޯހިޔާވަހިކަމުގެ ވައުދު ރައީސް ވެވަޑައިގަންނަވައިފި

ގާދިއްފުށީގެ ބިން ހިއްކާ ބޯހިޔާވަހިކަމުގެ ވައުދު ރައީސް ވެވަޑައިގަންނަވައިފި

28 އޯގަސްޓު 2023
އައްޑޫ ސިޓީ ފޭދޫ ބަނދަރާއި ތ. ގާދިއްފުށީ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމްޓީސީސީއަށް

އައްޑޫ ސިޓީ ފޭދޫ ބަނދަރާއި ތ. ގާދިއްފުށީ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމްޓީސީސީއަށް

01 ޖޫން 2023
ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމާލައިފި

ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމާލައިފި

09 މެއި 2023
މާރޗުގެ ނިޔަލަށް ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތްކޮށް ނިންމާލެވޭނެ: އާޒިމް

މާރޗުގެ ނިޔަލަށް ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތްކޮށް ނިންމާލެވޭނެ: އާޒިމް

02 މާރިޗު 2023
ދިއްގަރާއި ގާދިއްފުށީގެ ބައި އިލެކްޝަންގެ ދާއިމީ ނަތީޖާ އިއުލާންކޮށްފި

ދިއްގަރާއި ގާދިއްފުށީގެ ބައި އިލެކްޝަންގެ ދާއިމީ ނަތީޖާ އިއުލާންކޮށްފި

15 އޯގަސްޓު 2022

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު