Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮމަންވެލްތު ގޭމްސް

ތިންވަނަ މެޗުން ވެސް ބަލިވެ، އަންހެން ޓީޓީ ޓީމު ކަޓައިފި

ފަހު މެޗުގައި އޮސްޓްރޭލިއާ އަތުން ބަލިވީ ސީދާ ތިން ގޭމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖުލައި 2022 | ހޮނިހިރު 14:02
ކޮމަންވެލްތު ގޭމްސްގެ ތެރެއިން

ކޮމަންވެލްތު ގޭމްސްގެ ތެރެއިން

ކޮމަންވެލްތު ގޭމްސްގެ ޓޭބަލް ޓެނިސްގައި ކުޅުނު ތިން ވަނަ މެޗުން ބަލިވެ ޓީމު އިވެންޓުން ރާއްޖޭގެ އަންހެން ގައުމީ ޓީމު ކަޓައިފިއެވެ.

ގޭމްސްގެ ފުރަތަމަ މެޗުގައި ރާއްޖެ ބަލިވީ މޮރިޝަސް އަތުން 3-2 ގޭމުންނެވެ. ދެ ވަނަ މެޗުގައި މެލޭޝިއާ އަތުން ބަލިވީ ސީދާ ތިން ގޭމުންނެވެ. ފަހު މެޗުގައި އޮސްޓްރޭލިއާ އަތުން ބަލިވީ ވެސް ސީދާ ތިން ގޭމުންނެވެ.

މެޗުގެ ފުރަތަމަ ޑަބްލްސްގައި ރާއްޖޭގެ ފާތިމަތު ޖުމާނާ ނިމާލްއާއި އައިޝަތު ރަފާ ނާޒިމް ނިކުތީ އޮސްޓްރޭލިއާގެ ޖިއާން ފޭންގް ލޭ އަދި މިންޔުން ޖީގެ ޕެއަރއާ ދެކޮޅަށެވެ. އެ ގޭމު އޮސްޓްރޭލިއާއިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އެއީ 11-4، 11-6 އަދި 11-6ންނެވެ.

ފުރަތަމަ ސިންގަލްސްގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ނުކުތީ އޮސްޓްރޭލިއާގެ ޔަންޒީ ލިއުއާ ދެކޮޅަށެވެ. މި ގޭމު އޮސްޓްރޭލިއާގެ ޔަންޒީ ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އެއީ 11-2، 11-6 އަދި 11-3ންނެވެ. ފަހު ގޭމުގައި ރާއްޖޭގެ ރަފާއާ ދެކޮޅަށް ނިކުތީ އޮސްޓްރޭލިއާގެ މިންޔުންއެވެ. މި ގޭމުގެ ސެޓުތައް އޮސްޓްރޭލިއާގެ މިންޔަން ކާމިޔާބުކުރީ 11-6، 11-3 އަދި 11-5ންނެވެ.

ތިން މެޗުން ބަލިވެ ރާއްޖެ ދިޔައީ ގްރޫޕް ސީގެ ފުލަށެވެ. މި ގްރޫޕްގެ އެއް ވަނަ ލިބެނީ ކުޅުނު ތިން މެޗުން މޮޅުވި އޮސްޓްރޭލިއާއަށެވެ. މެލޭޝިއާއަށް ދެވަނަ ލިބެނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވުމުންނެވެ. ގްރޫޕްގެ ތިން ވަނަ ލިބެނީ އެއް މެޗުން މޮޅުވި މޮރިޝަސްއަށެވެ.

ކޮމަންވެލްތު ގޭމްސްޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2025

ސްޕޯޓްސް މިނިސްޓްރީ އަށް 12 ވަނަ ޑެޕިއުޓީ މިނިސްޓަރު އައްޔަނު ކުރައްވައިފި

18 ސެޕްޓެމްބަރު 2025
ސްޕޯޓްސް މިނިސްޓްރީ އަށް 12 ވަނަ ޑެޕިއުޓީ މިނިސްޓަރު އައްޔަނު ކުރައްވައިފި
03 ސެޕްޓެމްބަރު 2025

އިންޑިއާ އިން ކޮމަންވެލްތު ގޭމްސް އަށް ބިޑު ކޮށްފި

03 ސެޕްޓެމްބަރު 2025
އިންޑިއާ އިން ކޮމަންވެލްތު ގޭމްސް އަށް ބިޑު ކޮށްފި
31 އޯގަސްޓު 2025

ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި

31 އޯގަސްޓު 2025
ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި
23 ސެޕްޓެމްބަރު 2024

މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި

23 ސެޕްޓެމްބަރު 2024
މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި
11 ޖޫން 2024

ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

11 ޖޫން 2024
ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު