Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދެވަނަ ޑިވިޝަން

ބޮޑު ތަފާތަކުން ބިސްބުރު ބަލިކޮށް، ބުރު އެއްވަނާގައި ހަމަޖެހިލައިފި

ގްރޫޕު އެކެއްގެ އެއްވަނާގައި ބުރު އޮތީ ހަތަރު މެޗު ކުޅެގެން ލިބުނު 12 ޕޮއިންޓާއެކު

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 25 ޖުލައި 2022 | ހޯމަ 18:25
ބުރު ޓީމުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ބުރު ޓީމުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މިހާރު ކުރިއަށްދާ އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބޮޑު ތަފާތަކުން ބިސްބުރު ސްޕޯޓްސް ކްލަބް ބަލިކޮށް، ތާވަލުގެ އެއްވަނައިގައި ބުރު ސްޕޯޓްސް ކްލަބް ހަމަޖެހިލައިފިއެވެ.

ގްރޫޕު އެކެއްގައި ބިސްބުރާއި ބުރު ވާދަކުރީ މިއަދު ހަވީރު ގަލޮޅު ދަނޑުގައެވެ. މި މެޗު ބުރުން ކާމިޔާބުކުރީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ބުރަށް ލީޑު ނަގައިދިނީ ސަރބިއާގެ ސްޓްރައިކަރު ސްޓެފަން ޑުރިކްއެވެ. ފުރަތަމަ ހާފުގައި ބުރަށް ލީޑު ފުޅާ ކޮށްދިނީ އަހުމަދު ނާޒިމްއެވެ.

ބުރުގެ ބާކީ ހަތަރު ލަނޑު އެޓީމުން ކާމިޔާބުކުރީ ދެވަނަ ހާފުގައެވެ. އޭގެ ތެރެއިން އެއް ލަނަޑަކީ ބިސްބުރުގެ އިބްރާހިމް އީމާއު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ފުރަތަމަ ލަނޑު ޖެހި ސްޓެފަން ވަނީ ދެވަނަ ހާފުގައި އިތުރު ދެލަނޑުޖަހާ ހެޓްރިކް ހަދާފައެވެ. މެޗުގެ ފަހު ވަގުތުގައި ބުރުގެ ހަވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ޝާފިއުއެވެ.

މި ނަތީޖާއާއެކު ގްރޫޕު އެކެއްގެ އެއްވަނައިގައި ބުރު އޮތީ ހަތަރު މެޗު ކުޅެގެން ލިބުނު 12 ޕޮއިންޓާއިއެކުއެވެ. ތިން މެޗުން ލިބުނު ހަޕޮއިންޓާއިއެކު ދެވަނައިގައި ކުޑަ ހެންވޭރު ޔުނައިޓެޑް އޮތްއިރު، ގޯލުގެ ތަފާތުން ކުޑަ ހެންވޭރު ކުރީގައި އޮތުމުން ޓެންޓް ސްޕޯޓްސް ކްލަބް އޮތީ ތިންވަނައިގައެވެ. ހަތަރުވަނައިގައި އޮތް ބިސްބުރަށްވެސް ލިބެނީ ހަ ޕޮއިންޓެވެ. ދިވެހި ސިފައިންގެ ކްލަބް ފަސްވަނައިގައި އޮތީ ތިން ޕޮއިންޓާއިއެކުއެވެ. ހަމަ އެއަދަދަށް ޕޮއިންޓު ހޯދައިގެން ކްލަބް ޕީކޭ ހަވަނައިގައި އޮތްއިރު، ޖޭޖޭ ސްޕޯޓްސް ކްލަބަށް ލިބެނީ ތާވަލުގެ ހަތްވަނައެވެ. ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮތީ ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބްއެވެ.

ބުރު ސްޕޯޓްސް ކްލަބްދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތްފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް އިން ބުރު ބަލިކޮށްފި

ނިއު ރޭޑިއަންޓް އިން ބުރު ބަލިކޮށްފި

02 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު