Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތުގެ ކޮވިޑް ހާލަތު

އިނގިރޭސިވިލާތުގެ ކޮންމެ 18 މީހަކުން އެކަކު ކޮވިޑަށް ޕޮޒިޓިވް

އިނގިރޭސިވިލާތުގެ ގާތްގަނޑަކަށް 3.5 މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ޖުލައި 2022 | ހޮނިހިރު 08:50
ކޭސްތައް އިތުރުވަމުންދަނީ މިހާރު ފެތުރެމުންދާ އޮމިކްރޯންގެ ސަބް ވޭރިއަންޓުތަކުގެ ސަބަބުން

ކޭސްތައް އިތުރުވަމުންދަނީ މިހާރު ފެތުރެމުންދާ އޮމިކްރޯންގެ ސަބް ވޭރިއަންޓުތަކުގެ ސަބަބުން

އިނގިރޭސިވިލާތުގެ ކޮންމެ 18 މީހަކުން އެކަކު ކޮވިޑަށް ޕޮޒިޓިވްކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ބީބީސީގައި ރިޕޯޓުކޮށްފައިވާގޮތުން އިނގިރޭސިވިލާތުގެ ގާތްގަނޑަކަށް 3.5 މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެއީ ގާތްގަނޑަކަށް އެވްރެޖްކޮށް ކޮންމެ 18 މީހަކުން އެކެކެވެ.

އެއީ ފާއިތުވި ހަފުތާތަކާ އަޅައިބަލާއިރު، އިތުރު އަދަދެއްކަމަށް ބީބީސީގައި ރިޕޯޓުކޮށްފައިވެއެވެ. މި ކޭސްތައް އިތުރުވަމުންދަނީ މިހާރު ފެތުރެމުންދާ އޮމިކްރޯންގެ ސަބް ވޭރިއަންޓުތައް ކަމަށްވާ ބީއޭ-4 އަދި ބީއޭ-5ގެ ސަބަބުންނެވެ.

އިނގިރޭސިވިލާތުގައި ކުރިން ބަލިޖެހިފައިވާ ފަރާތްތައްވެސް އަނެއްކާވެސް ޕޮޒިޓިވްވަމުންދާކަމަށް ބޭރުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ސިއްހީ އޮފިޝަލުން ވަނީ ވެކްސިން ފުރިހަމަކުރަންޖެހޭ ފަރާތްތައް ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަކޮށް، ބޫސްޓަރ ޑޯޒްވެސް ޖެހުމަށް އިލްތިމާސްކޮށްފައެވެ. އަދި މިހާރު ވައިރަސް ފެތުރެމުންދާ ނިސްބަތް ދެނެގަތުމަށް ކަމާގުޅުންހުރި ޑޭޓާތައް ބަލައި، އެކަމުގެ ދިރާސާތައް އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ހަދަމުންނެވެ.

މިހާތަނަށް އެއްކުރެވިފައިވާ ޑޭޓާތަކަށް ބަލާއިރު، އިނގިރޭސިވިލާތުގެ ހުރިހާ ހިސާބެއްގައިވެސް ވައިރަސް ފެތުރެމުންދާ މިންވަރު އިތުރުވެފައިވާކަމަށް ސިއްހީ މާހިރުންނާ ހަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން އެންމެ ބޮޑަށް މިވަގުތު ބަލި ފެތުރެމުންދަނީ ސްކޮޓްލެންޑުގައި ކަމަށްވެއެވެ.

އޭގެ އިތުރުން، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހިފައިވާ މީހުންގެ އަދަދުވެސް އިތުރުވެފައިވާއިރު، އުމުރުން 75 އަހަރުން މަތީގެ މީހުން ގިނަކަން ވަނީ ފާހަގަކޮށްފައެވެ. ޑރ. މަރީ ރަމްސޭ ވިދާޅުވާގޮތުގައި، އިނގިރޭސިވިލާތުގެ އުމުރުން 75 އަހަރުން މަތީގެ 16 އިންސައްތަ މީހުން އަދި މިހާތަނަށް ބޫސްޓަރ ޑޯޒް ޖަހާފައެއްނުވެއެވެ.

އިނގިރޭސިވިލާތުގައި ދުވާލެއްގެ މައްޗަށް 11،000ށްވުރެ ގިނަ މީހުންނަށް ކޮވިޑް ބަލީގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހިފައިވެއެވެ.

އިތުރަށް ކިޔާލަން

30 އޯގަސްޓު 2017

ދުނިޔޭގެ ކޮންމެ 10 މީހެއްގެ ތެރެއިން 3 މީހުންނަށް ރައްކާތެރި ބޯފެން ނުލިބޭ:ޑަބްލިޔުއެޗްއޯ

30 އޯގަސްޓު 2017
ދުނިޔޭގެ ކޮންމެ 10 މީހެއްގެ ތެރެއިން 3 މީހުންނަށް ރައްކާތެރި ބޯފެން ނުލިބޭ:ޑަބްލިޔުއެޗްއޯ
22 އޯގަސްޓު 2017

އިޓަލީއަށް އައި ބިންހެލުމެއްގައި އެކަކު މަރުވެ 25 މީހުން ޒަޚަމްވެއްޖެ

22 އޯގަސްޓު 2017
އިޓަލީއަށް އައި ބިންހެލުމެއްގައި އެކަކު މަރުވެ 25 މީހުން ޒަޚަމްވެއްޖެ
01 ޖުލައި 2017

ނިއު ޔޯކްގެ ހޮސްޕިޓަލެއްގައި ދިން ބަޑީގެ ހަމަލާއެއްގައި އެކަކު މަރާލާއި ހަ މީހުން ޒަޚަމްކޮށްލައިފި

01 ޖުލައި 2017
ނިއު ޔޯކްގެ ހޮސްޕިޓަލެއްގައި ދިން ބަޑީގެ ހަމަލާއެއްގައި އެކަކު މަރާލާއި ހަ މީހުން ޒަޚަމްކޮށްލައިފި
19 ޖޫން 2017

ލަންޑަންގެ މިސްކިތަކުން ފޭބި ބައެއްގެ ގައިގައި ވޭނަކުން ޖައްސައި އެކަކު މަރާލައިފި

19 ޖޫން 2017
ލަންޑަންގެ މިސްކިތަކުން ފޭބި ބައެއްގެ ގައިގައި ވޭނަކުން ޖައްސައި އެކަކު މަރާލައިފި
12 ޖޫން 2017

އަހަރުމެންނަށް ގެއްލޭ ކޮންމެ ޑޮލަރެއް އެމީހުންނަށް ވެސް ގެއްލޭނެ: ގަތަރުގެ ފިނޭންސް މިނިސްޓަރ

12 ޖޫން 2017
އަހަރުމެންނަށް ގެއްލޭ ކޮންމެ ޑޮލަރެއް އެމީހުންނަށް ވެސް ގެއްލޭނެ: ގަތަރުގެ ފިނޭންސް މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު