Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގޮތަބަޔާ ރާއްޖެ ވަޑައިގަތުން

ގޮތަބަޔާއަށް ދައުވަތު ދެއްވިކަމެއް މަޖިލީހުގެ އިދާރާއަށް އެނގިފައި ނެތް، ފްލައިޓު ޖައްސަން ހުއްދަ ދިން ގޮތާމެދު ސުވާލުތަކެއް!

މަޖިލީހުގެ އިދާރާއިން ދައުވަތު ދިންކަމެއް އެނގިފައިނެތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 ޖުލައި 2022 | ބުދަ 07:15
ގޮތަބަޔާ ރާޖަޕަކްސަ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ގޮތަބަޔާ ރާޖަޕަކްސަ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

އިގްތިސާދީ އަނދަވަޅަކަށް ގައުމު ވައްޓާލެއްވުމަށްފަހު އިސްތިއުފާގެ ކުރިން ފިއްލަވައިގެން ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ރާއްޖެ ވަޑައިގެންނެވި އިރު، ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނަށް ދައުވަތެއް ދެއްވާފައިވާކަން އެނގިފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

ސީއެންއެންގައި ބުނެފައިވަނީ ގޮތަބަޔާ ރާޖަޕަކްސަ ވަޑައިގެންނެވި ފްލައިޓު ޖައްސާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ދައުވަތަށް ކަމަށް އެންގުމުން ކަމަށެވެ. އަސްކަރީ މަތިންދާ ބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖެއްސުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ދައުރެއް ވާކަމަށް ސީއެންއެންގައި ރިޕޯޓްކޮށްފައިވީ ނަމަވެސް، މަޖިލީހުގެ އިދާރާއަކަށް އެފަދަ މައުލޫމާތެއް ލިބިފައި ނުވާކަމަށް އެއިދާރާއިން ބުނެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ލަންކާގެ އަސްކަރިއްޔާގެ ބޯޓެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވާ އިރު، މިކަމާއި ގުޅޭ ގޮތުން އެމްއެންޑީއެފުން ވަކި އެއްޗެއް ބުނެފައި ނުވެއެވެ. ބޭރުގެ ޑިޕްލޮމެޓެއް ރާއްޖެ އަންނަ ނަމަ އެކަން ފޮރިން މިނިސްޓްރީއަށް ވެސް އެނގޭނެއެވެ. ނަމަވެސް ގޮތަބަޔާ ރާއްޖެ ވަޑައިގަންނަވާފައިވާ އިރު، މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ވެސް ވަކި އެއްޗެއް ބުނެފައި ނުވެއެވެ.

ސީއެންއެންގައި ބުނެފައިވަނީ ގޮތަބަޔާ އަދި އެމަނިކުފާނުގެ އަނބިކަނބަލުންނާއެކު، ސްރީލަންކާގެ ވައިގެ އަސްކަރިއްޔާގެ އޭއެން32 ސިފައިން އުފުލާ މަތިންދާ ބޯޓެއްގައި އެޤައުމުން ގެންގޮސްފައިވާ ކަމަށެވެ. ލަންކާގެ ވައިގެ އަސްކަރިއްޔާއިން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

ސީއެންއެންގައި ބުނެފައިވަނީ ވެލާނާ އެއަރޕޯޓުގެ އެއަރ ޓްރެފިކް ކޮންޓްރޯލް އިން ފްލައިޓު ޖައްސަން ހުއްދަ ނުދިން ކަމަށެވެ. ނަަމަވެސް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ދައުވަތަކަށް ގޮތަބަޔާ ވަޑައިގަންނަވާ ކަމަށް ވިދާޅުވެ ފަހުން ފްލައިޓު ޖައްސަން ހުއްދަ ދީފައިވާ ކަމަށެވެ.

ހޯމަ ދުވަހު ލަންކާގެ އެއަރޕޯޓުން ގައުމުން ބޭރަށް ފުރާވަޑައިގަތުމަށް 2 ފަހަރެއްގެ މަތިން ގޮތަބަޔާ މަސައްކަތް ކުރެއްވި ކަމަށާއި، ނަމަވެސް އެ ފުރުސަތު އެއަރޕޯޓުގެ އިމިގްރޭޝަނުން ދީފައި ނުވާ ކަމަށް ބުނެފައިވެއެވެ.

ސީއެންއެންގައި ބުނެފައިވަނީ ހޯމަ ދުވަހު ކޮލަމްބޯ އެއަރޕޯޓަށް ގޮތަބަޔާ ވަޑައިގެންނެވީ އިތުރު 15 މީހުންނާއެކުގައި ކަމަށެވެ. މީގެ ތެރޭގައި އާއިލީ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އަދި ސްރީލަންކަން އެއަރލައިން މެދުވެރިކޮށް އެދުވަހުގެ ރޭގަނޑު 6:25 ގައި ދުބާއީ އަށް ވަޑައިގަންނަވަން މަސައްކަތް ކުރެއްވި ކަމަށް އަސްކަރިއްޔާގެ އިސް އޮފިޝަލަކާ ހަވާލާދީފައިވެއެވެ.

ނަމަވެސް އިމިގްރޭޝަން އޮފިސަރުން ޕްރޮސެސް ކުރިއަށް ގެންދިއުމަށް ދެކޮޅު ހެދި ކަމަށާއި، ސަބަބަކީ އެތަނުގައި ރައީސް ނުހުންނެވުމުން ކަމަށް ވަނީ ބުނެފައެވެ. އަދި ފްލައިޓު ފުރީ ގޮތަބަޔާއާއެކު ވަޑައިގަންނަވަން ތިއްބެވި ބޭފުޅުންނާ ނުލާ ކަމަށްވެސް ވެއެވެ.

އަދި އެދުވަހުގެ ރޭ 9:20 އިއްތިހާދުގެ ފްލައިޓަކަށް އަބޫ ދާބީއަށް ވަޑައިގަންނަވަން މަސައްކަތް ކުރެއްވި ނަމަވެސް، އިމިގްރޭޝަން ކިއުއަށް ވަޑައިގަންނަވަން ގޮތަބަޔާ ދެކޮޅު ހެއްދެވުމުން ފްލައިޓުން ދަތުރުކުރެވޭ ގޮތް ނުވި ކަމަށް ސީއެންއެންގައި ވަނީ ރިޕޯޓްކޮށްފައެވެ. އަދި ކިއުގައި ނުޖެހި ބޯޓަށް އެރޭނެ ގޮތެއް ނެތުމުން ގޮތަބަޔާއަށް ފުރާވަޑައިގެންނެވޭނެ ގޮތެއް ނުވި ކަމަށް އޮފިޝަލަކާއި ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

ގައުމު ދޫކުރައްވާ ފިއްލަވައިގެން އުޅުއްވާ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވާނީ ރައްކާތެރި މަންޒިލަކަށް ވަޑައިގެންނެވުމަށްފަހުގައި ކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

ބައެއް މީޑިއާތަކުގައި ބުނެފައިވަނީ ފަހު މަންޒިލަށް ވަޑައިގެންނެވުމަށްފަހު ބުދަ ދުވަހުގެ ރޭ 8 ޖަހާއިރު މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. ނަމަވެސް ފަހު މަންޒިލަކީ ކޮބައިކަމެއް ހާމަކޮށްފައި ނުވެއެވެ. މީޑިއާތަކުގައި ބުނެފައިވަނީ ގޮތަބަޔާގެ ފަހު މަންޒިލަކީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމެއް ކަމަށެވެ.

ދެކުނު އިރުމަތީ އޭޝިއާގައި 11 ގައުމެއް ހިމެނެއެވެ. އެގައުމުތަކަކީ، ބުރޫނާއި، ކެމްބޯޑިއާ، އިންޑޮނޭޝިއާ، ލާއޯސް، މެލޭޝިއާ، މިޔަންމާ، ފިލިޕީންސް، ސިންގަޕޫރް، ތައިލެންޑް، ޓިމޯ-ލެސްޓޭ އަދި ވިއެޓްނާމްއެވެ.

އަންގާރަ ދުވަހުގެ ދަންވަރު 2 ޖެހި އިރު ގޮތަބަޔާ ވަނީ އަނބިކަނބަލުންނާާއި ބޮޑީގާޑުންނާއެކު ލަންކާގެ އަސްކަރީ ބޭސްއަކުން އަސްކަރީ މަތިންދާ ބޯޓެއްގައި ރާއްޖެ ވަޑައިގަންނަވާފައެވެ. އަދި މިހާރު ހުންނެވީ ރާއްޖޭގައެވެ.

މީޑިއާތަކުގައި ބުނެފައިވާ ގޮތުން ބުދަ ދުވަހު ގޮތަޔަބާގެ ފަހު މަންޒިލަށް ވަޑައިގަންނަވާނެއެވެ.

އާންމުވެފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ގޮތަބަޔާ ރާއްޖެއަށް ވަޑައިގެންނެވުމާއެކު ހައި ސެކިއުރިޓީގައި އެއަރޕޯޓުން މާލެ ގެނެސްފައިވެއެވެ. ނަމަވެސް މިހާރު ހުންނެވި ތަނެއްގެ މައުލޫމާތު އެނގިފައި ނުވެއެވެ. ރައީސްގެ ދެކަނބަލުންގެ އިތުރުން 13 މީހަކު މި ފްލައިޓުން އައި އިރު އެއީ ކޮން ބައެއްކަމެއް ސާފެއް ނޫނެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުރައްޔިތުންގެ މަޖިލިސްގޮތަބަޔާ ރާޖަޕަކްސަސްރީލަންކާގެ އިގުތިސާދީ ކާރިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު