Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތެލުގެ އަގު އުފުލުން

ތެލުން ސަބްސިޑީ ދިނުމަށް ކުރި ޚަރަދު ބިލިއަނަކަށްވުރެ މައްޗަށް އަރައިފި

ތެލުގެ ސަބްސިޑީގެ ގޮތުގައި ބަޖެޓު ކުރީ 350 މިލިއަން ރުފިޔާ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 11 ޖުލައި 2022 | ހޯމަ 04:41
އެފްއެސްއެމް

އެފްއެސްއެމް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުންދާތީ ތެލުން ސަބްސިޑީ ދިނުމަށް ސަރުކާރުން ކުރި ޚަރަދު ބަޖެޓުކުރި އަދަދަށްވުރެ ބޮޑުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިޤްތިސާދުގެ މިސްރާބު ހުރިގޮތާއި ގުޅޭގޮތުން، ރާއްޖެ ޓީވީގެ ފަލަސުރުޚީގައި ވާހަކަ ދައްކަވަމުން ސަރުވަޝް ވިދާޅުވީ ތެޔޮ އަގުބޮޑުވުމާއި ގުޅިގެން ތެލުގެ ސަބްސިޑީއަށް ކުރާ ޚަރަދު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ. ތެލުގެ ސަބްސިޑީގެ ގޮތުގައި ބަޖެޓު ކުރީ 350 މިލިއަން ރުފިޔާ ކަމަށާއި، އެހެންނަމަވެސް ފުރަތަމަ ހަ މަސް ދުވަސް ނިމުނުއިރު މި އަދަދު ބިލިއަނަކަށްވުރެ މައްޗަށް އަރާފައިވާކަމަށް ސަރުވަޝް ވިދާޅުވިއެވެ. މިގޮތަށް ތެލުގެ އަގު ބޮޑުވަމުންދާނަމަ 1.9 ބިލިއަނަށް މި އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސަރުވަޝް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސަރުވަޝް ވިދާޅުވީ މިހާރުގެ އަންދާޒާތަކަށް ބަލާއިރު، ތެލުގެ އަގު އަދިވެސް ބޮޑުވާނެކަން ފެންނަމުންދާ ކަމަށެވެ. އެހެންކަމުން އެ ހިރާސް ކުޑަކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އަންނާނެ ހިރާސްތައް ކުޑަކުރުމަށް ތެޔޮ ގަންނަން ލިބޭ އަގު ކުޑަކުރުމަށް ސަރުކާރުތަކުގެ މެދުގައާއި، ރަހުމަތްތެރި ޤައުމުތަކުގެ މެދުގައި މަޝްވަރާތައް ކުރިއަށްގެންދާކަމަށް ސަރުވަޝް ވިދާޅުވިއެވެ. އަދި ތެޔޮ ޝިޕްމެންޓުތަކަށް ފައިސާ ދެއްކުމުގައި އެއްފަހަރާ އަންނަ ލޯޑު އަހަރުތަކަކަށް ބަހާލައިގެން ދެއްކޭނެ ގޮތެއް ހެދުމަށް ފައިނޭންސް ހޯދުން ފަދަ މަސައްކަތްތައްވެސް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ. މިއީ މިއަހަރުގެ ބަޖެޓަށް އަންނަ ލޯޑު ކުޑަކުރުމަށް ކުރެވިދާނެ ކަމެއްކަން ސަރުވަޝް ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 111 ޑޮލަރާއި 118 ޑޮލަރާއި ދެމެދުގެ އަގެއްގައެވެ. އޯޕެކް މެންބަރު ޤައުމުތަކުގައި މިވަގުތު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 107.66 ޑޮލަރާއި 118.74 ޑޮލަރާއި ދެމެދުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މީގެ ކުރިން ރައީސް ސާލިޙު ވިދާޅުވެފައިވަނީ ރައްޔިތުންނަށް ކަރަންޓު ދިނުމާއި، މަސްވެރިންނަށް ހެޔޮ އަގެއްގައި ޑީސަލް ވިއްކުމަށްޓަކައި ސަރުކާރުން ސަބްސިޑީ ދެމުން އަންނަ ކަމަށެވެ. ސަބްސިޑައިޒް ކުރަމުން އަންނަ އިރު، ދައުލަތުގެ ބަޖެޓުގައި މި އަހަރު ޖަހާފައި އޮންނާނީ 341.5 މިލިއަން ރުފިޔާ ކަމަށެވެ. އަދި އެއީ އޭރު ތެލުގެ އަގު، ދުނިޔޭގެ މާކެޓުގައި ހުރިވަރަށް ބަލާފައި ކަމަށެވެ. އެހެން ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، އިތުރަށް 1.6 ބިލިއަން ރުފިޔާ ތެލުގެ ސަބްސިޑީއަށް ދޭންޖެހޭ ކަމަށެވެ. އަދި މިހާވަރު ދޭންޖެހޭނީ ރައްޔިތުންނަށް އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން އެ ބުރަ ނަގަމުން އަންނަ ކަމަށާއި، ތެލުގެ އަގު ބޮޑުނުކުރާ ކަމުގައިވާނަމަ، ސަރުކާރުން އެ ޚަރަދު ކުރަންޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް، މިފަދަ ކޮންމެ ދަނޑިވަޅެއްގައި، ރައްޔިތުންނަށް ވީހާވެސް ލުއި ގޮތްތައް ހޯދާދިނުމަށްޓަކައި ސަރުކާރުން އަންނަނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ކަމަށާއި، އެހެން ނަމަވެސް، ކުރިއަށް އޮތް ތަނުގައި، ތެލުގެ އަގަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ޕެޓްރޯލް ސްޓޭޝަންތެޔޮ އަގުބޮޑުވުންފިނޭންސް މިނިސްޓްރީފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް

ކޮމެންޓް

އިތުރަށް ކިޔާލަން

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު