Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މުދައްރިސުންނަށް ދިމާވާ އުނދަގޫތައް

މުދައްރިސުންގެ ވަރކްލޯޑް އަކީ ދާއިރާއަށް ޝައުގުވެރިކަން ކުޑަކުރުވާ ކަމެއް؟

ބެލެނިވެރިންގެ ފާޑުކިޔުމަކީ މުދައްރިސުންގެ މަސައްކަތަށް ހިޔަނިއެޅޭ ކަމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 9 ޖުލައި 2022 | ހޮނިހިރު 13:25
ޓީޗަރުންތަކެއް ދަރިވަރުންނާއެކު އަމަލީ މައިދާނުގައި

ޓީޗަރުންތަކެއް ދަރިވަރުންނާއެކު އަމަލީ މައިދާނުގައި

މުދައްރިސުންނަކީ ބުރަ މަސައްކަތެއް ކުރާ ބައެކެވެ. ދުރުގައި ބަލަން ހުންނަ މީހާއަށް މުދައްރިސަކު އެކުރަނީ ކިހާ ބުރަ މަސައްކަތެއް ކަމެއް ހަގީގަތުގައި ވަޒަން ނުކުރެވޭނެއެވެ. އަދި ފާޑު ކިޔާ ބަޔަކަށް ވެސް އެ މަސައްކަތަކީ ކިހާ ބުރަ މަސައްކަތެއް ކަމެއް ނޭނގޭނެއެވެ. ޓީޗަރެއްގެ ފައިވާނަށް އަރައިގެން ހުންނަ މީހަކަށް ނޫނީ ޓީޗަރެއް ކުލާހަށް ވަދެ ކިޔަވައިދޭ އިރު އެ އުފުލާ ބުރައާއި ކުރަންޖެހޭ މަސައްކަތާއި ތައްޔާރުވާންޖެހޭ މިންވަރުވެސް ނޭނގޭނެއެވެ.

ނަމަވެސް މިކަމެއް އެންމެން ނުދަނެއެވެ. ޓީޗަރުންނާ ދިމާލަށް ހިތުހުރި އެއްޗެއް ގޮވާލާ ފަހަރުވެސް އަންނަނީއެވެ. އެއީވެސް އިންސާނުންނެވެ. އެތައް ސަތޭކަ ކުދިންނަށް ކިޔަވައިދެނީ ބުރަކަމެއް ވަރުބަލިކަމެއް ނުދައްކައެވެ. މުދައްރިސުންގެ ބުރަ މަސައްކަތް ބައެއްފަރާތްތަކުން ބަލައިނުގަތުމަކީ މުދައްރިސްކަމަށް މީހުން ނުކުތުމަށް ބައެއްފަހަރު ދީމާވާ ހުރަހަކަށް ވެއެވެ. އަދި މީގެ އިތުރުން ވެސް އެތައް އެތައް ކަމެއް އެބަހުއްޓެވެ. މުދައްރިސުންގެ ވަރކް-ލައިފް ބެލެންސް ހާސިލް ނުވުމަކީ ވެސް މައިގަނޑު އެއް ސަބަބެވެ. ގިނަ ފަހަރު ސްކޫލްގައި ކުރާ މަސައްކަތުގެ ދެގުނަ މަސައްކަތް ދެން ޖެހިގެން އަންނަ ދުވަހުގެ ކްލާސްތަކަށް ތައްޔާރުވުމަށް ޓީޗަރަކު ކުރަންޖެހެއެވެ.

މުދައްރިސުން ދާއިރާއަށް ނުލިބުމުގައި ހުރި ގޮންޖެހުންތަކާއި ގުޅޭ ގޮތުން ހެދި ދިރާސާގައި ބުނެފައިވަނީ، މުދައްރިސުންގެ ވަރކްލޯޑް އަކީ މިދާއިރާއަށް ޝައުގުވެރިކަން ކުޑަވާ މައިގަނޑު ސަބަބެއްކަމަށް ދިރާސާއިން ފާހަގަ ވެފައިވާކަމަށް ބުނެފައިވެއެވެ. އުނގަންނައި ދިނުމުގެ މަސައްކަތަކީ ކްލާސްރޫމުގައި ފިލާވަޅު ނަގައިދިނުމުގެ އިތުރަށް، ފިލާވަޅުތަކަށް ތައްޔާރުވުމަށާއި، އުނގަންނައި ދެނުނު އެއްޗެއް ވަޒަން ކުރުމަށް ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހޭ ކަމެއް ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ސްކޫލްތަކުގައި އާދަޔާ ހިލާފަށް އިތުރު ހަރަކާތްތައް ގިނަވުމާއި، ސީދާ ސްކޫލުތަކާއި ގުޅުންނެތް އެތައް ހަރަކާތްތަކެއް ސްކޫލްތަކުގައި ހިންގަންޖެހުމާއި، އެކަމާއި ގުޅޭ އެތައް އިދާރީ މަސައްކަތެއް ކުރަން ޖެހުމުން، ދަރިވަރުންނަށް އުނގަންނައިދިނުމަށް އެކަށީގެންވާ ވަރަށް ވަގުތު ނުލިބުމާއި، މުދައްރިސުންގެ މަސައްކަތް ގިނަވެ ވަރކް-ލައިފް ބެލެންސް ހާސިލް ނުކުރެވޭކަން ދިރާސާއިން ދައްކައެވެ.

ރަނގަޅު ވަރކް-ލައިފް ބެލެންސެއް ހާސިލުވުމަކީ، މުދައްރިސުންގެ ހިތްހަމަޖެހުން އިތުރުވެ މަސައްކަތުގެ ނަތީޖާ ވެސް ރަނގަޅުވުމަށް މަގުފަހިކުރުވާނެ ކަމެއްކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން މުދައްރިސުން ހޯދުމަށާއި، ދާއިރާގައި ބޭތިއްބުމަށް މަގުފަހިވާނެ ކަމެއް ކަމަށް ބުނެފައިވެއެވެ.

މިފަދަ ކަންކަން ހައްލު ކުރެވިދާނެ ގޮތްތަކެއް ވެސް އެބަހުއްޓެވެ. އެގޮތުން ސްކޫލްތަކުގައި ހިންގޭ ހަރަކާތްތަކުގެ ސަބަބުން، މުދައްރިސުންގެ މަސައްކަތްތައް އާދަޔާ ހިލާފަށް ބޮޑުވެގެން ނުދާނެ ގޮތަށާއި، ދަރިވަރުންގެ ކިޔެވުމަށް އަސަރު ނުކުރާނެ ގޮތަކަށް ރޭވުމާއި، މުދައްރިސުންގެ ވަޒީފާގެ މަސްއޫލިއްޔަތަކީ ހަފުތާއަކަށް ކަނޑައަޅާފައި އޮންނަ ވަކި ގަޑިއެއްގެ ތެރޭގައި ނިންމޭ ގޮތަށް ރޭވިފައި އޮންނަ މަސްއޫލިއްޔަތަކަށް ހެދިދާނެއެވެ. އަދި މުދައްރިސުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ރިއާޔަތްކޮށް ވަރކް-ލައިފް ބެލެންސް ސިޔާސަތެއް އެކުލަވާލެވިދާނެއެވެ.

މިއީ މި ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ހުރި ގޮންޖެހުންތަކުގެ ތެރެއިން އެއްކަންތަކެވެ. މިފަދަ އެތައްކަމެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކަށް ކަމާއި ބެހޭ އިދާރާތަކުން ރަނގަޅު ޕޮލިސީ އެއް އެކުލަވާލައި ޕޮލިސީ ތަންފީޒުކުރަންޖެހެއެވެ. އަދި މުޖްތަމައުގައި ހުރި ނުރަނގަޅު ވިސްނުމާއި އާދަކާދަތައް ދޫކޮށްލާ މި ދާއިރާގެ މުސްތަގުބަލަކީ ދަރިންގެ މުސްތަގުބަލުކަމުގައި ދެކިގެން މަސައްކަތް ކުރަން ޖެހެއެވެ.

ޓީޗަރުންނަށް އެކަށީގެންވާ މުސާރައެއް ނުލިބޭކަމަށް ކުރަމުން އައި ޝަކުވާއަށް އެއޮތީ ސަރުކާރުން ހައްލު ހޯދާ ދެއްވާފައެވެ. ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ އެއް ގޮތަށް މޭ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު، އެއީ ބަޔަކު އުފާވާންޖެހޭ ބަދަލެއްތޯ ސުވާލު ކުރެވޭނެ ޖާގައެއް ނެތެވެ. ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނާއި ޓީޗަރުންނާއި އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ޕްރޮފެޝަނަލުންގެ އިތުރުން އިދާރީ އަދި ސަޕޯޓް ސްޓާފުންގެ ޖީބުތަކާއި ބޭންކް އެކައުންޓުތަކަށް އެނގުންވެއްޖެއެވެ. ޕްރިންސިޕަލުންގެ މުސާރައަށް 25% އާއި 40% އާ ދެމެދުގެ ކުރިއެރުމެއް ވަނީ އައިސްފައެވެ.

އަދި، ބެޗެލަރސް ޑިގްރީ، އަދި މާސްޓަރސް ފުރިހަމަކޮށްފައިވާ ޓީޗަރުންގެ މުސާރައަށް 35% އާއި 50% އާ ދެމެދުގެ ކުރިއެރުން އައިސްފައިވާއިރު، ސަޕޯޓް ސްޓާފުންނަށް ވަނީ "ސްޕެޝަލް ޑިއުޓީ އެލަވަންސް" ލިބެން ފަށާފައެވެ. އެއާއެކު އެ މީހުންގެ މުސާރައަށް 35% ގެ ކުރިއެރުމެއް އައީއެވެ. މި ބަދަލާއެކު، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ މުސާރައަށް ދައުލަތުން ކުރާ ޚަރަދަށް ގާތްގަނޑަކަށް 498 މިލިއަނެއްހާ ރުފިޔާ އިތުރުވީއެވެ.

ޓީޗަރުންގެ އިތުރު ކަންބޮޑުވުންތަކެއް ވެސް އެބަހުއްޓެވެ. އެއް ކަމަކީ، އައު އޮނިގަނޑަށް ހިޖުރަކުރުމުން "އެޓެންޑެންސް އެލަވަންސް" އަދި އިތުރުގަޑީގެ ފައިސާ ދިނުމުގައި ގެންގުޅޭ އުސޫލަށް އައިސްފައިވާ ބަދަލުތަކާ ގުޅޭ ސުވާލުތަކެކެވެ. އަދި، އައު އޮނިގަނޑަށް ހިޖުރަކުރި އިރު، މަޤާމުގެ ކުރިއެރުން ލިބެން ހަމަޖެހިފައި ތިބި ޓީޗަރުންނަށް، އައު އޮނިގަނޑުގައި އެ ކަން އޮތީ ކިހިނެއްތޯ ކުރާ ސުވާލެވެ. އައު އޮނިގަނޑަށް ހިޖުރަކުރުމާ އެކު ކުރިމަތިވާ އެ ފަދަ ކަންބޮޑުވުންތައް، އަދި މައްސަލަތަކަށް ހައްލު ހޯދައިދޭން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މަސައްކަތް ފަށާފައެވެ.

އެ ކަމުގެ މަޝްވަރާތައް މިހާރު ވެސް ދަނީ ކުރިއަށެވެ. އެ ކަންކަމަށް ހައްލު ހޯދައިދޭން ސިވިލް ސަރވިސް ކޮމިޝަންއާއި ޕޭ ކޮމިޝަން މަޝްވަރާ ކުރާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. ޙަޤީޤަތުގައި މިހާރު އެކުލަވާލާފައިވާ އައު އޮނިގަނޑަކީ މާ ފުރިހަމަ އޮނިގަނޑެކެވެ. އަދި، ކުދިކުދި ރޫތައް ފިލުވައިލުމުން، އެ އޮނިގަނޑު އަދި އިތުރަށް ފުރިހަމަ ވާނެއެވެ.

ޓީޗަރުންމިނިސްޓްރީ އޮފް އެޑިއުކޭޝަން ސްކޫލު

ކޮމެންޓް

އިތުރަށް ކިޔާލަން

އަލިފުށީ ސްކޫލްގެ މުދައްރިސުން ކަޅު ހެދުމުގައި މަސައްކަތަށް ނުކުމެ، އެމީހުންގެ ޙައްޤުތައް ހޯދުމަށް އަޑު އުފުލައިފި

އަލިފުށީ ސްކޫލްގެ މުދައްރިސުން ކަޅު ހެދުމުގައި މަސައްކަތަށް ނުކުމެ، އެމީހުންގެ ޙައްޤުތައް ހޯދުމަށް އަޑު އުފުލައިފި

18 ޑިސެމްބަރު 2025
ދެކުނުގެ ރަށެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި

ދެކުނުގެ ރަށެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި

01 ނޮވެމްބަރު 2025
މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ

މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ

05 އޮކްޓޯބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު