Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހި ފައިސާގެ ނިޝާން ތައާރަފު ކޮށްފި

ދިވެހި ފައިސާގެ ނިޝާން ތައާރަފު ކޮށްފި

3 ޖުލައި 2022 | އާދީއްތަ 13:14

ދިވެހި ފައިސާގެ ނިޝާނުން ރަމްޒު ކޮށްދެނީ ތާނައިގެ "ރ"

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 3 ޖުލައި 2022 | އާދީއްތަ 13:14
ދިވެހި ފައިސާގެ ނިޝާން

ދިވެހި ފައިސާގެ ނިޝާން

ދިވެހި ފައިސާގެ ނިޝާނުގެ ގޮތުގައި ބޭނުން ކުރާނެ ރަސްމީ ނިޝާން ތައާރަފު ކޮށްފިއެވެ.

މި ނިޝާން ތައާރަފު ކޮށްފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. ނިޝާން ތައާރަފު ކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާއެވެ.

Advertisement - newsAdvertisement

އެމްއެމްއޭއިން މައުލޫމާތު ދޭ ގޮތުގައި އަލަށް ތައާރަފު ކުރި ލޯގޯ ޑިޒައިން ކުރީ މ.ސްޕޮޓްލައިޓް، ހުސެއިން ސުޖާއުއެވެ. އޭނާގެ ޑިޒައިންއަކީ މިދިޔަ އަހަރު އެމްއެމްއޭ އިން ހުޅުވާލި ފުރުސަތުގެ ތެރެއިން ލިބުނު 70 ހުށަހެޅުމުގެ ތެރެއިން ފަންނީ ޖަޖުންގެ ޕެނަލުން ހޮވި ޑިޒައިން އެވެ.

ދިވެހި ފައިސާގެ ނިޝާނުން ރަމްޒުކޮށްދެނީ ތާނައިގެ "ރ" އެވެ. މި ނިޝާނުގައި "ރ" އަކުރުގައި ގައި ކައްޗަށް އިތުރު ރޮނގުބުރިއެއް އިނދެއެވެ.

މި ނިޝާން ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޝައުނާ ވިދާޅުވީ، ދިވެހި ފައިސާގެ ނިޝާނުގެ ގޮތުގައި ތާނަ އަކުރެއް ބޭނުން ކުރުމަކީ ރާއްޖެއަށް ލިބުނު ފަޚުރެއް ކަމަށެވެ. އަދި މި ނިޝާން ވީހާ ވެސް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތްތައް ފަހިކުރުން ވަރަށް މުހިއްމު ކަމަށާއި އެކަން ކުރުމަށް ޑިޖިޓަލް ޕްލެޓްފޯމުތަކުގައި ވެސް ނިޝާން ބޭނުން ކުރެވޭނެ ގޮތްތައް ހުރުން މުހިންމު ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ފައިސާގެ ރަސްމީ ނިޝާނެއް މިހާތަނަށް ކަނޑައަޅައިފައިވަނީ ދުނިޔޭގެ 50 އެއްހާ ޤައުމުންކަން ފާހަގަ ކުރައްވައި ޝައުނާ ވަނީ އޭގެ ތެރޭގައި ދިވެހި ރާއްޖެ ހިމެނިގެން ދިއުމަކީ ވެސް ލިބޭ އިތުރު ފަޚުރެއް ކަމަށެވެ.

ދިވެހި ފައިސާގެ އާ ނިޝާނަށް އާއްމުން ހޭލުންތެރި ކުރުމަށާއި އެ ނިޝާން ބޭނުންކުރާ ވަރު އިތުރު ކުރުމަށް ސަރުކާރުގެ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެމްއެމްއޭގެ ގަވަރުނަރ އަލީ ހާޝިމް ވިދާޅުވިއެވެ. މި ނިޝާނަލީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ނިޝާނަކަށް ހެދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ގަވަރުނަރ ވިދާޅުވިއެވެ.

މި ނިޝާން ކުރިއަށް އޮތްތަނުގައި ޗާޕު ކުރާ ފައިސާތަކުގައި ވެސް ހިމަނާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް