Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލިފުށީގައި ޓިވެޓް ސެންޓަރެއް އެޅުން

އަލިފުށީގައި ޓިވެޓް ސެންޓަރެއް އެޅުމަށް ޕްރޮޖެކްޓް ސައިޓް ކޮންޓްރެކްޓަރާ ރަސްމީކޮށް ހަވާލުކޮށްފި

30 ޖޫން 2022 | ބުރާސްފަތި 13:20

ޓިވެޓް ސެންޓަރ ޚާއްސަކުރަނީ ބޯޓް ބިލްޑިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 30 ޖޫން 2022 | ބުރާސްފަތި 13:20
ރ. އަލިފުށީގައި ޓިވެޓް ސެންޓަރެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުން

ރ. އަލިފުށީގައި ޓިވެޓް ސެންޓަރެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުން

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް، މަތީތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ރ. އަލިފުށީގައި އެޅުމަށް ހަމަޖެހިފައިވާ ޓިވެޓް ސެންޓަރުގެ ސައިޓް، މި މަސައްކަތް ކޮންޓްރެކްޓްކުރެވިފައިވާ ފަރާތް ކަމުގައިވާ ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި މިނިސްޓްރީގެ ޕްރޮޖެކްޓް ޓީމާއި ކޮންޓްރެކްޓަރގެ ޕްރޮޖެކްޓް ސްޓާފުން އަދި ރަށު ކައުންސިލްގެ މެމްބަރުން ހިމެނޭހެން "ސައިޓް ހޭންޑްއޯވަރ މީޓިންގ" އެއް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގައި ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި ޕްރޮޖެކްޓް ސައިޓުގެ މައުލޫމާތު ކޮންޓްރެކްޓަރަށް ދިނުމާއި، މަސައްކަތް ފަށައިގަތުމަށް ވާންޖެހޭ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާކުރެވި، ސައިޓް ހޭންޑްއޯވަރ ނޯޓުގައި ސޮއިކޮށްފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

Advertisement - newsAdvertisement

މި ޓިވެޓް ސެންޓަރު އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ކުރީގެ އަލިފުށީ ޕޮލިޓެކްނިކް ކެމްޕަސް ބިމާއި އެބިމުގެ ހުޅަނގުން އޮތް ބިން ހިމެނޭގޮތަށް އޮތް 38،328 އަކަފޫޓުގެ ބިމެއްގައެވެ. ޓިވެޓް ސެންޓަރު އިމާރާތުގައި 3 ބުރިއަށް ވާ ގޮތަށް އިންސްޓިއުޓް ބްލޮކަކާއި، 1 ބުރީގެ ބޯޓްޔާޑަކާއި 2 ބުރީގެ އެކޮމޮޑޭޝަން ބްލޮކަކާއި 2 ބުރީގެ އެކްޓިވިޓީ އޭރިއާއެއް ހިމެނޭނެއެވެ.

ރ. އަލިފުށީ ޓިވެޓް ސެންޓަރ ޚާއްސަކުރެވިފައިވަނީ ބޯޓް ބިލްޑިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. މީގެ އިތުރުން ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައްވެސް މި އިންސްޓިޓިއުޓްގައި ހިންގުމަށްވަނީ ހަމަޖެހިފައެވެ.

މި ސްޓޭޓް އޮފް ދި އާރޓް ޓިވެޓްސެންޓަރުގައި ބޯޓްޔާޑަކާއި، ކާޕެންޓްރީ ވޯކްޝޮޕަކާއި، މެޝިން ވޯކްޝޮޕަކާއި، މަލްޓި-ޕަރޕަސް ވޯކްޝޮޕެއްގެ އިތުރުން 6 ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްސަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްސަ އޭރިއާގެ އިތުރުން، އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީވެސް ހުންނާނެއެވެ. މި ސެންޓަރު ގާއިމްކުރެވޭއިރު، ދަރިވަރުން ބޭތިއްބުމަށް، 58 ދަރިވަރުންގެ ޖާގައިގެ އެކޮމޮޑޭޝަން ބްލޮކަކާއި، ދަރިވަރުންގެ ކެއިންބުއިމުގެ ކަންކަމަށް ކިޗަންއަކާއި ޑައިނިންގ އޭރިއާއަކާއި، ލޯންޑްރީއާއި، ކޮމަން ރޫމްސް އަދި ސްޓަޑީ ރޫމްތައްވެސް ހުންނާނެއެވެ.

މީގެ އިތުރުން ވެސް، ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރު ކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއް ހުންނާނެއެވެ. މީގެ އިތުރުން ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓްވެސް ހުންނާނެއެވެ. އަލިފުށީ ޓިވެޓް ސެންޓަރުގެ ޕްރޮޖެކްޓް ސައިޓް، ވީ އަވަރ އިންވެސްޓްމެންޓާ ހަވާލުކުރެވި މޮބިލައިޒޭޝަންގެ މަސައްކަތްފެށިފައިވާއިރު، މި މަސައްކަތް ނިންމުމަށް އެއްބަސްވެވިފައިވަނީ 365 ދުވަހުގެ ތެރޭގައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

07 އޯގަސްޓު 2017

ޔޫކޭގެ ވިސާ ޖެހުމަށް ފޮރިން މިނިސްޓްރީގައި ސެންޓަރެއް ގާއިމް ކުރަނީ

07 އޯގަސްޓު 2017
ޔޫކޭގެ ވިސާ ޖެހުމަށް ފޮރިން މިނިސްޓްރީގައި ސެންޓަރެއް ގާއިމް ކުރަނީ
29 ޖުލައި 2017

މަޖިލީހުގެ މެންބަރުންގެ ތަހުގީގުތައް ހުއްޓާލުމަށް ބާރު އެޅުމަށް ގައުމަށް ވަފާތެރި ފުލުހުންނާއި ސިފައިންނަށް ގޮވާލައްވައިފި

29 ޖުލައި 2017
މަޖިލީހުގެ މެންބަރުންގެ ތަހުގީގުތައް ހުއްޓާލުމަށް ބާރު އެޅުމަށް ގައުމަށް ވަފާތެރި ފުލުހުންނާއި ސިފައިންނަށް ގޮވާލައްވައިފި
11 ޖުލައި 2017

ފ. އަތޮޅުގެ ޕްރޮޖެކްޓް ނައުމުގެ ޒިންމާ ދެން ނަގަން ޖެހޭނީ އިދިކޮޅު ފަރާތްތަކުން: ރައީސް ޔާމީން

11 ޖުލައި 2017
ފ. އަތޮޅުގެ ޕްރޮޖެކްޓް ނައުމުގެ ޒިންމާ ދެން ނަގަން ޖެހޭނީ އިދިކޮޅު ފަރާތްތަކުން: ރައީސް ޔާމީން
24 މެއި 2017

ސިފައިންގެ ފްލެޓް އެޅުމަށް 33 މިލިއަން ރުފިޔާ ދޭންޖެހޭއިރު 125 މިލިއަން ރުފިޔާ ދީފައިވާކަން ފަޅާއަރައިފި

24 މެއި 2017
ސިފައިންގެ ފްލެޓް އެޅުމަށް 33 މިލިއަން ރުފިޔާ ދޭންޖެހޭއިރު 125 މިލިއަން ރުފިޔާ ދީފައިވާކަން ފަޅާއަރައިފި
30 އެޕްރީލު 2017

އިންތިހާބުގައި ވަގު ވޯޓް އެޅުމަށް މަސައްކަތް އެބަ ކުރޭ: ޝިފާޒް

30 އެޕްރީލު 2017
އިންތިހާބުގައި ވަގު ވޯޓް އެޅުމަށް މަސައްކަތް އެބަ ކުރޭ: ޝިފާޒް
12 އެޕްރީލު 2017

ޖޫރިމަނާ ކުރަނީ ރާއްޖެޓީވީގެ މަސައްކަތައް ކަނޑައެޅިގެން ހުރަސްއެޅުމަށް: އެމްޑީއެން

12 އެޕްރީލު 2017
ޖޫރިމަނާ ކުރަނީ ރާއްޖެޓީވީގެ މަސައްކަތައް ކަނޑައެޅިގެން ހުރަސްއެޅުމަށް: އެމްޑީއެން
24 މާރިޗު 2017

މިސްރު ސްކޮލަރޝިޕްގެ 12 ފުރުސަތަށް އެދި ހުށައެޅުމަށް ހުޅުވާލައިފި

24 މާރިޗު 2017
މިސްރު ސްކޮލަރޝިޕްގެ 12 ފުރުސަތަށް އެދި ހުށައެޅުމަށް ހުޅުވާލައިފި
25 ފެބުރުއަރީ 2017

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް