Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރިޖް ލިޓްލް ލަރނަރސް ޕްރީސްކޫލް

ބްރިޖް ލިޓްލް ލަރނަރސް ޕްރީސްކޫލްގެ ދަރިވަރުންގެ ދަސްވެނިވުމުގެ ހަފްލާ ރައީސްގެ އަނބިކަނބަލުން ޝަރަފްވެރިކޮށްދެއްވައިފި

29 ޖޫން 2022 | ބުދަ 18:42

ރަސްމިއްޔާތުގައި 27 ދަރިވަރުންނަށް އެވޯޑާއި ސްކްރޯލް ހަވާލުކޮށްދެއްވީ ފަޒްނާ އަހްމަދު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 29 ޖޫން 2022 | ބުދަ 18:42
ބްރިޖް ލިޓްލް ލަރނަރސް ޕްރީސްކޫލުގެ ދަސްވެނިވުމުގެ ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެ ވަޑައިގެންނެވުން

ބްރިޖް ލިޓްލް ލަރނަރސް ޕްރީސްކޫލުގެ ދަސްވެނިވުމުގެ ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެ ވަޑައިގެންނެވުން

ބްރިޖް ލިޓްލް ލަރނަރސް ޕްރީސްކޫލްގެ ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ޝަރަފްވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ ބުދަ ދުވަހު ހަވީރު ސްޓެލްކޯގެ ސެމިނަރ ހޯލްގައެވެ. ރަސްމިއްޔާތުގައި ދަސްވެނިވި 27 ދަރިވަރުންނަށް އެވޯޑާއި ސްކްރޯލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދެވެ.

Advertisement - newsAdvertisement

މިރަސްމިއްޔާތުގައި ދަރިވަރުންނާއި ބެލެނިވެރިންނާއި މުޚާތަބު ކުރައްވައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، ކުދިންނާއި ބެލެނިވެރިންވެސް ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ހިއްޕެވުމަށާއި، ޗުއްޓީގެ އުފާވެރިކަމާއި ތަޖުރިބާތައް ކުދިންނަށް ހޯއްދަވައި ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ޕްރީސްކޫލް ނިންމައި ދަރިވަރުން ޕްރައިމަރީ މަރުހަލާ ފަށަން ތައްޔާރުވާއިރު ޗުއްޓީތެރޭގައި ކުދިންނަށް ގްރޭޑް ފޮތްތައް ބެލެނިވެރިން ކިޔަވައިދޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެހެން ހެއްދެވުމުން ސްކޫލަށް ކުދިންގޮސް ހަމަ އެފިލާވަޅުތައް ހަދަންޖެހުމުން ފޫހިވާ ގޮތް މެދުވެރިވާކަމަށާއި އެހެންކަމުން ސްކޫލު ޗުއްޓީގައި ކުދިންނަށް އަމިއްލައަށް ކަންކަން ކުރަން ދަސްކޮށްދިނުމުގެ މުހިއްމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މިގޮތުން ކުދިން އަމިއްލައަށް ފާޚާނާއަށް ގޮސް ތާހިރުވާން ދަސްކޮށްދިނުންފަދަ ކުއްޖާއަށް އެކަނި ކުރެވޭނެ ކަންކަން ޗުއްޓީތެރޭގައި ދަސްކޮށްދިނުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

އެކަމަނާގެ ވާހަކަފުޅުގައި ޕްރީ ސްކޫލުތަކަށް މުޖުތަމަޢު އާއި އަމިއްލަފަރުދުން އަދި ސަރުކާރުގެ ކުންފުނިތަކުން ވެދޭ އެހީތެރިކަން ފާހަގަ ކުރެއްވިއެވެ. އަދި މިހަފްލާގައި ގުރެޖުއޭޓްވި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ވާހަކައެއްވެސް ވިދާޅުވެދެއްވާފައެވެ.

މިހަފްލާގައި ބްރިޖް ލިޓްލް ލަރނަރސް ޕްރީ ސްކޫލުން ދަސްވެނިވި ހުރިހާ ދަރިވަރުންގެ ނަން ހިމެނޭ ކުރެހުމެއް ސްކޫލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދަށް ހަދިޔާކުރެއްވިއެވެ.

ބްރިޖް ލިޓްލް ލަރނަރސް ޕްރީ ސްކޫލަކީ 233 ކުދިންނާއި އެކު 2012 ވަނަ އަހަރު ފެށުނު ޕްރީސްކޫލްއެކެވެ. މިއަހަރުގެ ޖޫން މަހު ސްކޫލުގެ ނަން ވަނީ ޗައިމްސް ޕްރީ ސްކޫލުގެ ނަމަށް ބަދަލުކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

04 މާރިޗު 2018

ހުޅުމާލޭ ދެ ފިޔަވަހި ގުޅާލަން 5 ބްރިޖް އަޅާނެ ބަޔަކު ހޯދަނީ

04 މާރިޗު 2018
ހުޅުމާލޭ ދެ ފިޔަވަހި ގުޅާލަން 5 ބްރިޖް އަޅާނެ ބަޔަކު ހޯދަނީ
25 ފެބުރުއަރީ 2018

ދަރިވަރުންގެ ޕްރެޝަރާއި އެކު ކުރިއެކޭ އެއްގޮތަށް ގަދަ 10 އަށް އެވޯޑް ދިނުމަށް ނިންމައިފި

25 ފެބުރުއަރީ 2018
ދަރިވަރުންގެ ޕްރެޝަރާއި އެކު ކުރިއެކޭ އެއްގޮތަށް ގަދަ 10 އަށް އެވޯޑް ދިނުމަށް ނިންމައިފި
14 ފެބުރުއަރީ 2018

ބްރިޖްގެ މަސައްކަތް ދަނީ ކަނޑައެޅިފައިވާ ގޮތަށް ސްޕީޑްގައި: މުއިއްޒު

14 ފެބުރުއަރީ 2018
ބްރިޖްގެ މަސައްކަތް ދަނީ ކަނޑައެޅިފައިވާ ގޮތަށް ސްޕީޑްގައި: މުއިއްޒު
12 ފެބުރުއަރީ 2018

ގަމުގެ ބްރިޖްމަތިން ކާރެއް މޫދަށް ވެއްޓިއްޖެ

12 ފެބުރުއަރީ 2018
ގަމުގެ ބްރިޖްމަތިން ކާރެއް މޫދަށް ވެއްޓިއްޖެ
21 ޑިސެމްބަރު 2017

ބްރިޖްގެ ކޮންކްރިޓް ހުރިހާ މަސައްކަތްތަކެއް އަންނަ އަހަރުގެ ޖުލައި މަހަށް ނިމޭނެ: މުއިއްޒު

21 ޑިސެމްބަރު 2017
ބްރިޖްގެ ކޮންކްރިޓް ހުރިހާ މަސައްކަތްތަކެއް އަންނަ އަހަރުގެ ޖުލައި މަހަށް ނިމޭނެ: މުއިއްޒު
12 އޮކްޓޯބަރު 2017

ބްރިޖް އެޅުމަށް ދަނީ 70 މިލިއަން ޑޮލަރު. 300 މިލިއަން ޚަރަދުވާގޮތް ބުނެދޭން ޖެހޭ:އަފީފް

12 އޮކްޓޯބަރު 2017
ބްރިޖް އެޅުމަށް ދަނީ 70 މިލިއަން ޑޮލަރު. 300 މިލިއަން ޚަރަދުވާގޮތް ބުނެދޭން ޖެހޭ:އަފީފް
07 ޖޫން 2017

މި ރޯދަ މަސް ނިމުމުގެ ކުރިން މަޖިލިސް މެމްބަރުނަށް ބްރިޖް ދައްކާލުމަށް ނިހާނު އެދިވަޑައިގަންނަވައިފި

07 ޖޫން 2017
މި ރޯދަ މަސް ނިމުމުގެ ކުރިން މަޖިލިސް މެމްބަރުނަށް ބްރިޖް ދައްކާލުމަށް ނިހާނު އެދިވަޑައިގަންނަވައިފި
12 ފެބުރުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ
05 ފެބުރުއަރީ 2017

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް