Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުޖުތަމައުގައި ހުންނަ ބޮޑަތި މައްސަލަތައް

މުޖުތަމައުގައި ހުންނަ ބޮޑެތި މައްސަލަތައް ހައްލުކުރެވޭނީ ވަށާޖެހިފައިވާ ފުރިހަމަ ޤާނޫނީ އޮނިގަނޑެއް އެކުލަވާލެވި ތަންފީޒުކުރެވިގެން - އިމްރާން

މުޖުތަމައުގައި އެކިގޮތްގޮތުން ހަވާސާވެފައިވާ އަންހެނުންނާއި ކުޑަކުދިންނާއި, ޒުވާނުންނަށް ދިމާވާ މައްސަލަތަކަށް އިސްކަމެއްދޭން ޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 28 ޖޫން 2022 | އަންގާރަ 07:54
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

މުޖުތަމައުގައި ހުންނަ ބޮޑެތި މައްސަލަތައް ހައްލުކުރެވޭނީ އެކަން ހައްލުކުރުމަށް ވަށާޖެހިފައިވާ ފުރިހަމަ ޤާނޫނީ އޮނިގަނޑެއް އެކުލަވާލެވިގެން, އަދި އެއްވެސް ފުށުއެރުމެއް ނުވާގޮތުގައި އެންމެ ރަނގަޅަށް އެޤާނޫނު ތަންފީޒުކުރެވިގެންކަމަށް ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޔުނިސެފާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން "ޕޮލިސް ކޮންފަރެންސް އޮން ވައޮލެންސް އެގެއިންސްޓް ޗިލްޑްރަން, ޕްރެވެންޝަން އެންޑް އިންވެސްޓިގޭޝަން" ގެ ނަމުގައި ފެށި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކޮންފަރެންސް ފެށުމުގެ ރައްސިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ޤާނޫނު ފުރިހަމައަށް ތަންފީޒުކުރުމަށްފަހު އެމީހުން އަނބުރާ މުޖުތަމައުއަށް ގެނެވޭފަދަ ހަރުދަނާ ރިހިބިލިޓޭޝަން ނިޒާމެއް ޤާއިމްކުރަންޖެހޭކަމަށެވެ.

އެމަސައްކަތް ސަރުކާރުން ކުރައްވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހުގެ ސަރުކާރުން އެކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވިކަމަށެވެ. އެގޮތުން 2019 ވަނަ އަހަރު ކުޑަކުދިންގެ ހައްޤުތަކުގެ ޤާނޫނު ވުޖޫދު ކުރެވުނުކަމަށާއި, އަދި ކުޑަކުދިންގެ އަދުލުގެ ޤާނޫނު ވުޖޫދު ކުރެވިގެން ދިޔަކަން ފާހަގަކުރެއްވިއެވެ. 2020 ވަނަ އަހަރު ފުލުހުންގެ ޤާނޫނު ވުޖޫދުވެގެން ދިޔަކަންވެސް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިޤާނޫނުތަކުން އަޅުގަނޑުމެންނަށް މަގުފަހިކޮށްދެނީ އެމަގަށް ކަމަށެވެ.

މިއަދު މިކުރާ މަސައްކަތަކީ އެއީކަމަށާއި, ފުލުހުންގެ ޤާނޫނުގެ ދަށުން ހޯމް މިނިސްޓަރާ މަތިކޮށްފައިވާ ފުލުހުންގެ ސްޓްރެޓެޖިކް ޕޮލިސިން ރިކުއަރމަންޓް ކަނޑައެޅުމުގެ ތެރެއިންވެސް އިސްކަންދެއްވީ އެފަދަ މައްސަލަތައް ހައްލުކުރެއްވުމަށްކަމަށް ވިދާޅުވިއެވެ. އެގޮތުން ސްޓްރެޓެޖިކް ޕޮލިސިން ރިކުއަރމަންޓްގެ ތެރެއިން ޚާއްޞަ 12 ކަމަކަށް އިސްކަމެއްދީގެން މަސައްކަތްކުރެވުނުކަން ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި މުޖުތަމައުގައި އެކިގޮތްގޮތުން ހަވާސާވެފައިވާ އަންހެނުންނާއި ކުޑަކުދިންނާއި, ޒުވާނުންނަށް ދިމާވާ މައްސަލަތަކަށް އިސްކަމެއް ދީގެން އެކަންކަން ބަލާ, އެކަންކަމުން އަރައިގަތުމަށް މަގުފަހިވާނެގޮތަށް ފުލުހުންގެ މަސައްކަތް ބައްޓަންކުރުމަށް އިރުޝާދުދެއްވިކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި އުފެދިގެން އަންނަ ޒުވާން ޖީލަށް ދިމާވާ މައްސަލަތައް އެކަށީގެންވާ ހައްލެއް ހޯދުމަށް ދިމާވެފައިވާ ގޮންޖެހުންތަކަކީ ޒަމާންތަކަކަށް އަޅުގަނޑުމެންގެ ތެރޭގައި އޮތް މައްސަލައެއްކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ވަކިން ޚާއްސަކޮށް ހަވާސާވެފައިވާ އަންހެނުންނާއި ކުޑަކުދިން ކުށުގެ ވެއްޓަށް ހުށަހެޅި ކުށުގެ ސަބަބުން މެދުވެރިވާ އަނިޔާތަކާއި ގެއްލުންތަކުން އަރައިނުގަނެވި, އެކަމުގެ ތަހައްމަލުކުރުން އެއީ އަޅުގަނޑުމެންގެ މުޅި މުސްތަޤްބަލް ދުވަސްތަކަކަށް ބަނަވުމަށް މެދުވެރިވާ ސަބަބެއްކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުޑަކުދިންނަށް ކުރެވޭ އަނިޔާތަކަށް އެންމެ ރަނގަޅުގޮތުގައި އަވަސް ތަހުޤީޤެއް ކުރެވިގެންދިއުން އެއީ ދިވެހި ރައްޔިތުންގެ އެންމެ ބޮޑު އެއް އުއްމީދުކަމަށެވެ. ޚާއްޞަކޮށް ކުޑަކުއްޖަކަށް ބޮޑު ގެއްލުމެއް ލިބިއްޖެނަމަ އަޅުގަނޑުމެންގެ މުޖުތަމައުން އެކަމާ ކަންބޮޑުވާ މިންވަރު އެކަމުގެ ސަބަބުން ހުންނަ ހުރިހާ އުދާސްތައް އެންމެ ބޮޑަށް ތަހައްމަލު ކުރަންޖެހޭކަމަކީ ދިވެހި ފުލުހުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކަށް ބަލަން ނުތިބެ, ނުވަތަ މަގުމަތީގައި އަޅުގަނޑުމެން މަސައްކަތްކުރަން ނުތިބެ ހޮޅުއަށިތަކާއި, ދޮރުއަށިތަކާއި, ކުޅިވަރު ދަނޑުތަކާ ހަމައަށް އަޅުގަނޑުމެން ދާންއެބަޖެހޭކަމަށެވެ. ކަންކަން ކައިރިން ދެނެގަނެ ކަންކަން ހިނގުމުގެ ކުރިން, މައްސަލަތައް މެދުވެރިވުމުގެ ކުރިން, އެކަންކަން ދިމާވެދާނެ ސަބަބުތަކާއި, މަގުތައް ދެނަގަނެ އެކަންކަން ހުއްޓުވަން މަސައްކަތްތަކެއް ކުރަންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ މިއަދުގެ ހާލަތުގައި ކުޑަކުދިންނާއި, އަންހެނުންގެ މައްސަލަތަކަކީ އެންމެ ސީރިއަސް މައްސަލަތައްކަމުގައި ބަލައިގެން އެކަމުން އަރައިގަތުމަކީ ވިލުންވެރި މުޖުތަމައުއެއް ބިނާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއްކަމުގެ އިހުސާސް އަޅުގަނޑުމެން އެންމެންގެ ކިބައިގައި ވަރަށްބޮޑަށް އޮންނަންޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެކަމަށް ވަރަށް ޝައުޤުވެރިވެ, ކޮންފަރެންސްގެ މަޝްވަރާތަކުގައި އެންމެންގެ ބައިވެރިވުން އޮވެގެން ރަނގަޅު ނަތީޖާއެއް ހިފައިގެން ނިކުތުމަށް އެދިވަޑައިގަންނަވާކަމަށެވެ.

ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲމިނިސްޓްރީ އޮފް ހޯމް އެފެއަރޒްމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު