Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފައިގަތަޅާ ފޯރި 2022

ފިރިހެން ޗެމްޕިއަންކަން އައި.ޔޫ.އެމް.އެސް.ޔޫ އަދި އަންހެން ޗެމްޕިއަންކަން ކަސްޓަމްސްއިން ހޯދައިފި

ފިިރިހެން ބައިގެ މޮޅު ކުޅުންތެރިޔަކަށް ޔޫޝައު، އަންހެން ބައިގެ މޮޅު ކުޅުންތެރިޔަކަށް މުނޫ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ޖޫން 2022 | އާދީއްތަ 07:54
ފައިގަތަޅާ ފޯރި ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދި އައި.ޔޫ.އެމް.އެސް.ޔޫގެ ޓީމު

ފައިގަތަޅާ ފޯރި ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދި އައި.ޔޫ.އެމް.އެސް.ޔޫގެ ޓީމު

ޔުނިކްސް ސްޕޯޓިންގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ފައިގަތަޅާ ފޯރީގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ސްޓޫޑެންޓްސް ޔޫނިއަން (އައި.ޔޫ.އެމް.އެސް.ޔޫ) އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކަސްޓަމްސްއިން ހޯދައިފިއެވެ.

މިމަހުގެ 22 ން ފެށިގެން 25 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތަކީ ޔުނިކްސް ސްޕޯޓިން އާއި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މިއަހަރުގެ މުބާރާތް ހޯސްޓް ކުރަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރެޝަން (އެޗް.ޑީ.ސީ)އިންނެވެ. އަދި ސަޕޯޓިން ޕާޓްނަރަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ)އެވެ.

މުބާރާތުގެ ފިރިހެން ބައިގެ ފައިނަލްގައި ވާދަކުރީ އައި.ޔޫއެމް.އެސް.ޔޫ އާއި އިސްލާމިކް ޔުނިވަރސްޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) ސްޓާފް ކުލަބެވެ. ފައިނަލް މެޗު 25-11 ން ކާމިޔާބުކުރީ އައި.ޔޫއެމް.އެސް.ޔޫއެވެ. އަންހެން ބައިގެ ފައިނަލްގައި ވާދަކުރީ ކަސްޓަމްސް އާއި މީޑިއާ ނެޓެވެ. ފައިނަލްގައި ކަސްޓަމްސްއިން ވަނީ 27-19 ން މީޑިއާ ނެޓްގެ މައްޗަށް ކުރި ހޯދާފައެވެ.

ފައިގަތަޅާ މުބާރާތުގެ ފިރިހެން ބައިގެން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އައި.ޔޫ.އެމް ސްޓާފް ކުލަބުގެ ޔޫޝައު ޙަސަންއެވެ. އަންހެން ބައިގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މީޑިއާ ނެޓުގެ މުނޫއެވެ.

ޔުނިކްސް އިން ބުނީ ބޮޑު ތަރުހީބަކާއެކު މުބާރާތް ކާމިޔާބުކަމާއެކު ނިންމާލެވުނީތީ އުފާކުރާކަމަށެވެ. ޔުނިކްސް އިން އަންނަނީ މިއަހަރުގެ އަޟްޙާ އީދާ ދިމާކޮށް ފައިގަތަޅާ ފޯރި މުބާރާތެއް ބާއްވަން ތައްޔާރުވަމުންނެވެ. މީގެ އިތުރުން ޔުނިކްސް އިން ވަނީ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއި، އެޗް.ޑީ.ސީގެ އިތުުރުން އާރު.ޑީ.ސީއަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ. ޔުނިކްސް އިން ވަނީ މި ކުޅިވަރުގައި ކުޅިވަރާ ބެހޭ ވުޒާރާއިން ބައިވެރިވެފައިވާތީ ޝުކުރު އަދާކޮށް، މިފަދަ ކުޅިވަރުތަށް ކުރިއެރުވުމުގައި އެ ވުޒާރާގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް މުޙިއްމު ކަމަށާއި ބޭނުންވާކަމަށް ބުނެފައެވެ.

ފައިގަތަޅާ ފޯރިދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއައިޔޫއެމްއެސްޔޫ

އިތުރަށް ކިޔާލަން

07 ޖޫން 2024

ދަސްވެނިން ތިބެންވާނީ އަދުގެ ދުނިޔެއަށް އަންނަމުންދާ ބަދަލުތަކަށް ލޯ ހުޅުވި، ގައުމަށް ބަދަލުގެންނަން ތައްޔާރަށް - ނައިބު ރައީސް

07 ޖޫން 2024
ދަސްވެނިން ތިބެންވާނީ އަދުގެ ދުނިޔެއަށް އަންނަމުންދާ ބަދަލުތަކަށް ލޯ ހުޅުވި، ގައުމަށް ބަދަލުގެންނަން ތައްޔާރަށް - ނައިބު ރައީސް
21 ނޮވެމްބަރު 2023

ތިނަދޫގެ އިސްލާމީ މަރުކަޒުގައި އައިޔޫއެމްގެ ކޯސްތައް ހިންގަން ހަވާލުކޮށްފި

21 ނޮވެމްބަރު 2023
ތިނަދޫގެ އިސްލާމީ މަރުކަޒުގައި އައިޔޫއެމްގެ ކޯސްތައް ހިންގަން ހަވާލުކޮށްފި
24 މާރިޗު 2022

ފައިނޭންސްގެ ދާއިރާގެ ކޯސްތައް ހިންގުމަށް، އިސްލާމިކް ޔުނިވަރސިޓީން މެލޭޝިޔާގެ 2 ޔުނިވަރސިޓީއަކާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

24 މާރިޗު 2022
ފައިނޭންސްގެ ދާއިރާގެ ކޯސްތައް ހިންގުމަށް، އިސްލާމިކް ޔުނިވަރސިޓީން މެލޭޝިޔާގެ 2 ޔުނިވަރސިޓީއަކާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި
09 އޯގަސްޓު 2021

އެހެން ރަށްރަށަށް ގުރުއާން ކިޔަވައިދޭން ދާން އެއްބަސްވާ ޓީޗަރުންނަށް އިތުރު އެލަވަންސެއް!

09 އޯގަސްޓު 2021
އެހެން ރަށްރަށަށް ގުރުއާން ކިޔަވައިދޭން ދާން އެއްބަސްވާ ޓީޗަރުންނަށް އިތުރު އެލަވަންސެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު