Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގުރުއާން ޓީޗަރުންނަށް އެލަވަންސެއް ދޭން ނިންމުން

އެހެން ރަށްރަށަށް ގުރުއާން ކިޔަވައިދޭން ދާން އެއްބަސްވާ ޓީޗަރުންނަށް އިތުރު އެލަވަންސެއް!

މާލެ ފަދަ ބޮޑެތި ސިޓީތަކުން ގުރުއާން ޓީޗަރުން ލިބޭ، އަތޮޅުތެރެއަށް ދާނެ ޓީޗަރުން ނުލިބޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 9 އޯގަސްޓު 2021 | ހޯމަ 03:07
ތިން މަހަށްވުރެ ގިނަ ދުވަހަށްފަހު ސްކޫލްތައް ހުޅުވާލުން

ތިން މަހަށްވުރެ ގިނަ ދުވަހަށްފަހު ސްކޫލްތައް ހުޅުވާލުން

އެހެން ރަށަކަށް ގޮސް ގުރުއާން ކިޔަވައިދޭން އެއްބަސްވާ މުދައްރިސުންނަށް އިތުރު އެލަވަންސެއް ދޭން ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ސްކޫލްތަކުގެ ކިޔެވުން ފެށުމަށް ވެފައިވާ ތައްޔާރީތައް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ރާއްޖޭގެ 5 ސްކޫލެއްގައި ގުރުއާން ކިޔަވައިދިނުމަށް ބޭރުން ގުރުއާން ޓީޗަރުން ގެންނަންޖެހުނީ ތަކުރާރުކޮށް އިއުލާނުކުރުމުން ވެސް އެ ރަށްރަށަށް ދާނެ ގުރުއާން ޓީޗަރުން ރާއްޖެއިން ނުލިބިގެން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ބޭރުން ވިޔަސް ގުރުއާން ޓީޗަރުން ގެންނަންޖެހެނީ ކުދިންގެ ކިޔެވުން ނުހުއްޓި ކުރިއަށްގެންދިއުމަށް ކަމަށެވެ.

މާލެ ފަދަ ބޮޑެތި ސިޓީތަކުން ގުރުއާން ޓީޗަރުން ލިބޭ ކަމަށާއި، އެހެންނަމަވެސް އަތޮޅުތެރެއަށް ކިޔަވައިދޭން ދާނެ ޓީޗަރުން ނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން އެހެން ރަށަކަށް ގޮސް ގުރުއާން ކިޔަވައިދޭން އެއްބަސްވާ ޓީޗަރުންނަށް އިތުރު އެލަވަންސެއް ދޭން ރައީސުލްޖުމްހޫރިއްޔާ އެއްބަސްވެވަޑައިގެންފައިވާކަމަށް ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ. މިހާރު އެކަން ހަމަޖެހިފައިވާކަމަަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ތިބި ގުރުއާން މުދައްރިސުން އިތުރުކުރުމަށް ގުރުއާން މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މި އޮގަސްޓު މަހުގެތެރޭގައި ފަށަން ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ޕްރޮގްރާމުތައް ކުރިއަށްގެންދާނީ އިސްލާމިކް ޔުނިވާސިޓީއާއި، ކީރިތި ގުރުއާނާބެހޭ މަރުކަޒާ ގުޅިގެން ކަމަށް މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ. މި ޕްރޮގްރާމް ކުރިއަށްގެންދާނީ ގުރުއާން މުދައްރިސުން ބޭނުންވާ ރަށްތަކަށް ޚާއްސަ އިސްކަމެއް ދީގެން ކަމަށާއި، އެ ރަށްތަކުގައި މި ޕްރޮގްރާމް ހިންގިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ޕްރޮގްރާމުގެ ތެރެއިން 200 ވަރަކަށް ގުރުއާން މުދައްރިސުން ތަމްރީނުކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މި ޕްރޮގްރާމުގެ އިތުރުން ކުރިއަށް އޮތް 10 އަހަރަށް އެކި ދާއިރާތަކުން މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތް މިފަދަ ކަންކަމަށް ޚާއްސަ ފަރާތްތަކާ ގުޅިގެން މިހާރު ވެސް ކުރިއަށްދާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން ކީރިތި ޤުރްއާނާބެހޭ މަރުކަޒުދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު