Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނަށް އެހީވުމަށް ހުރި ދަތިތައް

އަފްޣާނިސްތާނަށް ފޮނުވާ އެހީއަށް ތާލިބާނުން ހުރަސް އަޅާ ކަމަށް އދއިން އިންޒާރުކޮށްފި

ރަސްމީ ބޭންކިންގް ނިޒާމުން ދަނީ ޓްރާންސްފާތައް ބްލޮކް ކުރަމުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 26 ޖޫން 2022 | އާދީއްތަ 06:05
ތާލިބާނުން އަފްޣާނިސްތާނުގެ ކޮންޓްރޯލް ނެގި ހިސާބުން، އެ ޤައުމަށް އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ ބޭންކުތަކުން ފަސްޖެހޭ

ތާލިބާނުން އަފްޣާނިސްތާނުގެ ކޮންޓްރޯލް ނެގި ހިސާބުން، އެ ޤައުމަށް އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ ބޭންކުތަކުން ފަސްޖެހޭ

އިންސާނީ އެހީގެ ފަންޑިންގްގެ އިތުރުން އެ ގައުމަށް ބޭނުންވާ އެކި ކަހަލަ އެހީ ފޯރުކޮށްދިނުމަށް އދއިން ކުރަމުން ދާ މަސައްކަތްތަކަށް، އަފްޣާނިސްތާނުގެ ކޮންޓްރޯލް ނަގާފައިވާ ތޯލިބާނުން ހުރަސް އަޅަމުން ދާ ކަމަށް، އދގެ އެހީއާ ބެހޭ އިސްވެރިޔާ، މާޓިން ގްރިފިތްސް، އދގެ ސަލާމަތީ މަޖިލީހަށް ދަންނަވައިފިއެވެ.

20 އަހަރުވީ ހަނގުރާމައެއް ކުރުމަށްފަހު އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބައިގެން ދިޔަތާ 2 ހަފުތާއެއްހާ ދުވަސް ފަހުން އޯގަސްޓް 2021 ގައި ތާލިބާނުން އަފްޣާނިސްތާނުގެ ކޮންޓްރޯލް ނެގި ހިސާބުން، އެ ގައުމަށް އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ ބޭންކުތަކުން ފަސްޖެހެއެވެ. އެމެރިކާ ފަދަ ބާރުތަކުގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބިރުންނެވެ. ނަތީޖާއެއްގެ ގޮތުން އދއާއި އެނޫންވެސް އެހީދޭ ޖަމިއްޔާތަކަށް ވަނީ، އަފްޣާނިސްތާނަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމުގައި ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައެވެ.

އދއިން ދަނީ އެ ނިޒާމު އަލުން ހިންގައިގަތުމުގެ މަސައްކަތް ކުރަމުންނެވެ. ހިއުމެނިޓޭރިއަން އެކްސްޗޭންޖް ފެސިލިޓީ (ހެފް)ގެ ނަމުގައި ހިންގާ އެ މަޝްރޫއަކީ އެ ބަޔަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރަމުންދާ ތާލިބާން ލީޑަރުން ހުރަސްކޮށް، އަފްޣާނިސްތާނަށް އެހީ ފޯރުކޮށްދިނުމެވެ. އެގޮތުން އަފްޣާނިސްތާނަށް ބޭނުންވާ އެހީ ފޯރުކޮށްދީ، އިގުތިސާދީ ކާރިސާއިން އަރައިގަތުމަށް އެއްބާރުލުން ދިނުމުގެ ގޮތުން އަފްޣާނިސްތާނު ފައިސާއަށް ޑޮލަރު ބަދަލު ކުރުމުގެ އިންތިޒާމު، ހެފްގެ ތެރެއިން ހަމަޖެހެއެވެ.

ނަމަވެސް އަފްޣާނިސްތާނުގެ ވެރިކަމާ އަމިއްލައަށް ހަވާލުވެފައިވާ ތާލިބާން އިދާރާތަކުގެ ސަބަބުން، ހެފްގެ ކުރިއެރުންތައް އެދެވޭ ގޮތުގައި ހާސިލު ވަމުން ނުދާ ކަމަށް ގްރިފިތްސް ވަނީ 15 މެންބަރުންގެ މަޖިލީހުގައި ދަންނަވާފައެވެ.

އަފްޣާނިސްތާނުގައި އެހީ ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ބަލާއިރު، 3 ބައިކުޅަ 2 ބައި ގުރޫޕުތަކަށް، ފައިސާ ލިބޭނެ މަގު ބަންދުވެ، އެ ގުރޫޕުތަކުގެ މަޝްރޫއުތަކަށް ހުރަސް އެޅިފައި ވާ ކަމަށް ގްރިފިތްސް ވަނީ ފާހަގަ ކުރައްވާފައެވެ.

ސެޕްޓެމްބަރު 2021 ގައި އދއަށް ވައުދުވެފައި ވީ ނަމަވެސް، އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތަށްވެސް ތާލިބާނުންގެ އިދާރާތަކުން ހުރަސް އަޅަމުންދާ ކަން ގްރިފިތްސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ބަޖެޓާއި އެނޫންވެސް މާލީ ކަންކަމުގެ ތަފާސް ހިސާބުތައް ހޯދުމަށް ތާލިބާނުން ޑިމާންޑް ކުރަމުން ދާކަމަށް އދގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، އެކި ވަޒީފާތަކަށް އަންހެނުން ހޮވުމުގައިވެސް ހުރަސްތަކާ ކުރިމަތިވާކަން ގްރިފިތްސް ވަނީ ފާހަގަ ކުރައްވާފައެވެ.

ގްރިފިތްސް ފާހަގަ ކުރެއްވި ކަންކަމާ ބެހޭ ގޮތުން ތާލިބާނުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މި ދަނޑީވަޅަކީ ވަރުގަދަ ބިންހެލުމަކާ ގުޅިގެން އަފްޣާނިސްތާނުން ބައިނަލްއަގުވާމީ އެހީއަށް އެދި ގޮވާލަމުންދާ ދަނޑިވަޅެއްކަން ފާހަގަ ކުރަން ޖެހެއެވެ.

އަފްޣާނިސްތާންތާލިބާންއެކުވެރި ދައުލަތްތައް (އ.ދ.)

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި
25 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

25 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
08 ނޮވެމްބަރު 2025

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ

08 ނޮވެމްބަރު 2025
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ
03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު