Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއިޔާދަކުރަނިވި ހަކަތަ

ޔޫކްރެއިން ހަނގުރާމައާއެކު މިޞްރުން އިޔާދަކުރަނިވި ހަކަތަ މެކުހަށް ޖަހައިފި

އެއް މެގަވޮޓްގެ ސޯލާ ހަކަތަ އުފައްދާ މި ޕްލާންޓްތަކުގެ ސަބަބުން، 140 ޓަނުގެ ކާބަންޑައިއޮކްސައިޑް ސަލާމަތް ކުރެވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 23 ޖޫން 2022 | ބުރާސްފަތި 05:39
ރޯޔަލް އަލްބަޓްރޯސް މޮޑާނާ ރިސޯޓުން އަމާޒު ހިފާފައިވަނީ އިޔާދަ ކުރަނިވި ހަކަތައިގެ މިސްރާބަށް

ރޯޔަލް އަލްބަޓްރޯސް މޮޑާނާ ރިސޯޓުން އަމާޒު ހިފާފައިވަނީ އިޔާދަ ކުރަނިވި ހަކަތައިގެ މިސްރާބަށް

ކޮންފަރެންސް އޮފް ޕާޓީޒް ނުވަތަ ކޮޕް ސަމިޓަކީ ދުނިޔެއަށް މިއަދު ކުރިމަތިލާންޖެހިފައިވާ ތިމާވެށީގެ ކާރިސާތަކަށް އުއްމީދީ ހެޔޮ ބަދަލެއް ގެނެސްދޭނެ ކަމުގެ ފޮނި ހުވަފެންތަކާއެކު ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ، ބައިނަލްއަގުވާމީ ފެންވަރުގެ އެންމެ ވަރުގަދަ އެއް ބައްދަލުވުމެވެ. މި އަހަރުގެ ކޮޕް ސަމިޓް، މިޞްރުގެ ޝަރަމު އަލް-ޝައިޚްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާ އިރު، ނޮވެމްބަރު މަހު ފަށާ ކޮޕް-27 ސަމިޓަށް އެ ސިޓީގެ ރިސޯޓަކުން މިހާރުވެސް ވަނީ އެންމެ ފުރިހަމައަށް ތައްޔާރު ވެފައި ކަމަށް ދެންނެވިދާނެއެވެ.

ރޯޔަލް އަލްބަޓްރޯސް މޮޑާނާ ރިސޯޓުން އަމާޒު ހިފީ އިޔާދަ ކުރަނިވި ހަކަތައިގެ މިސްރާބަށެވެ. އެގޮތުން ސާފު ހަކަތަ ފޯރުކޮށްދިނުމުގެ ގޮތުން އެ ސިޓީއިން ބަރޯސާވީ، އިރުގެ އަވިން ހަކަތަ އުފެއްދުމާ ދިމާއަށެވެ.

ރޯޔަލް އަލްބަޓްރޯސް މޮޑާނާ ރިސޯޓުގައި މަޝްރޫއު ކުރިއަށްގެންދާ ހަކަތައިގެ ކުންފުނި، ސޯލާސޮލްއިން އަމާޒު ހިފާފައި ވަނީ، މިޞްރަށް ލިބެމުންދާ އިރުގެ އަވީގެ ތަނަވަސްކަމުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފުމަށެވެ.

ހެޔޮ އަގުގައި ހަކަތަ ހޯދުމުގެ މަޝްރޫއު ނުވަތަ ސާފު ހަކަތައިގެ މަޝްރޫއު މިޞްރުގައި ފަށާފައިވާ މި ދަނޑިވަޅަކީ، ރަޝިއާއިން ހާއްސަ އޮޕަރޭޝަނެއްގެ ނަމުގައި ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައިގެ ނޭދެވޭ އަސަރު ފޯރާ، މިޞްރުގެ ފަތުރުވެރިކަމުގެ ސިނާއީ އާމްދަނީ ދަށްވެ، އެކަމުގެ ތަކުލީފުތައް އުފުލަން ޖެހިފައި ވާ ދަނޑިވަޅެކެވެ.

ފެބުރުއަރީ 24، 2022 ވަނަ ދުވަހު ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ، ހަނގުރާމަ ފެށުމުގެ ކުރިއަށް ބަލާއިރު، މިޞްރަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ 31 ޕަސެންޓް ހިއްސާ ކުރަނީ ރަޝިއާއާއި ޔޫކްރައިންގެ ފަތުރުވެރިންނެވެ.

ނޮވެމްބަރު 7 އިން 18 އަށް ޝަރަމް އަލް-ޝައިޚްގައި އޮންނަ ކޮޕް-27 ސަމިޓްގެ ރިޔާސަތު ބަލަހައްޓާނީ މިޞްރުންނެވެ.

މެއި 19، 2022 ވަނަ ދުވަހު މިޞްރުން ވަނީ މޫސުމާ ބެހޭ ގައުމީ އިސްތިރާޖު 2050 އިއުލާން ކޮށްފައެވެ. އެއީ އިޔާދަ ކުރަނިވި ހަކަތައަށް ބަރޯސާވެ، ވަޔާއި އިރުގެ އަވިން ހަކަތަ އުފެއްދުމުގެ މަޝްރޫއުތައް އިތުރަށް ފުޅާ ކުރުމަށް ބާރުދޭ އިސްތިރާޖެކެވެ.

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2020

ސިމްބޮލިކް ރެކޯޑްސްއިން އޮޅުވާލާފައިވާ ކަމަށް ބުނާ ވާހަކަތައް ލަވަފޮށިން ދޮގުކޮށްފި

16 އޮކްޓޯބަރު 2020
ސިމްބޮލިކް ރެކޯޑްސްއިން އޮޅުވާލާފައިވާ ކަމަށް ބުނާ ވާހަކަތައް ލަވަފޮށިން ދޮގުކޮށްފި
28 އޯގަސްޓު 2020

ނެޓްފިލްކްސްގެ ރެސިޑެންޓް އީވިލްގެ ޝޯ އަށް މުޅިން އައު ވާހަކަތަކެއް!

28 އޯގަސްޓު 2020
ނެޓްފިލްކްސްގެ ރެސިޑެންޓް އީވިލްގެ ޝޯ އަށް މުޅިން އައު ވާހަކަތަކެއް!
14 ފެބުރުއަރީ 2020

ނަތާޝާއާ އެންގޭޖްވިކަމަށް ބުނާ ވާހަކަތައް ވަރުން ދޮގުކޮށްފި

14 ފެބުރުއަރީ 2020
ނަތާޝާއާ އެންގޭޖްވިކަމަށް ބުނާ ވާހަކަތައް ވަރުން ދޮގުކޮށްފި
22 ޖެނުއަރީ 2020

ވަރުންގެ ކައިވެންޏާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް، ބައްޕަ ދަވަން ދޮގުކޮށްފި

22 ޖެނުއަރީ 2020
ވަރުންގެ ކައިވެންޏާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް، ބައްޕަ ދަވަން ދޮގުކޮށްފި
24 އޮކްޓޯބަރު 2019

ސެލީނާ ގޮމޭޒްގެ "ލޫޒް ޔޫ ޓު ލަވް މީ": މިއީ ޖަސްޓިން ބީބަރގެ ވާހަކަތަ؟

24 އޮކްޓޯބަރު 2019
ސެލީނާ ގޮމޭޒްގެ "ލޫޒް ޔޫ ޓު ލަވް މީ": މިއީ ޖަސްޓިން ބީބަރގެ ވާހަކަތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު