Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސޯޝަލް މީޑިއާ

ސޯޝަލް މީޑިއާއިން ފެންނަ ކޮންމެ އެއްޗަކީ ތެދެއް ނޫން!

ސޯޝަލް މީޑިއާ އަށް ވީޑިއޯއެއް ދޫކޮށްލާއިރު ކަމުގެ ދެކޮޅު ބެލުން މުހިންމު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 19 ޖޫން 2022 | އާދީއްތަ 02:27
ޓްވިޓަރ

ޓްވިޓަރ

ޒަމާން ކުރިއަރައި، ޓެކްނޮލޮޖީގެ ގޮތުން ވަސީލަތްތައް ވެސް މިވަނީ ކުރިއަރާފައެވެ. މިކަންކަމާއި އެއްވަރަށް އިންސާނުންގެ ދިރިއުޅުމުގެ ވައްޓަފާޅިވެސް މިވަނީ ކުރިއަރާފައެވެ. މިހާރު އަތުގައި ސްމާޓް ފޯނެއް ނޯންނަ މީހަކު މަދުވާނެއެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްޕޯމްތައް ބޭނުންކުރާ މީހުންގެ އަދަދު ވެސް މަދެއް ނޫނެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްޕޯމްތައް ގިނަފަހަރު ވެގެންދަނީ މުއާސަލާތުކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގައި ނުހަނު ބޭނުންތެރި އެއްޗެކަށެވެ. މިގޮތުން ބަލައިފިނަމަ މިއީ ނުލާހިކު ބޭނުންތެރި އެއްޗެކެވެ. ހަމަ މިޔާ އެއްވަރަށް މި ޕްލެޓްޕޯމްތަކުގެ ބޭނުން ނަހަމަ ގޮތުގައި މީހަކު ހިފާނަމަ އެ މީހަކަށް ވެސް މި ޕްލެޓްފޯމްތައް މުހިންމު ވެގެން އެބަދެއެވެ.

ގިނަ ފަހަރަށް ފޭސްބުކް، ޓުވިޓަރ ނުވަތަ އިންސްޓަގްރާމް ކަހަލަ އެޕްލިކޭޝަންތަކުގައި ހިތުގެ އުދާސްތަކާއި ޝުއޫރުތައް ހިއްސާކުރެވެއެވެ. ހަމަ މި ޕްލެޓްފޯމްތަކުގައި މީހުން ޒުވާބު ވެސް ކުރެއެވެ. މީހެއްގެ އަބުރު ނަގާލާ، ދޮގު ވާހަކަތައް ފެތެރުމުގައި މި އެޕްލިކޭޝަންތައް އެހާމެ ބޮޑު ދައުރެއް އަދާކުރެއެވެ. އަޕްލޯޑް ކޮށްލަންޖެހޭނީ އެންމެ ވީޑިއޯއެކެވެ. ވީޑިއޯ އަޕްލޯޑް ކުރާތާ އެތައް ސިކުންތެއްގެ ތެރޭގައި މި ވީޑިއޯ އެންމެނާއި ހަމައަށް ފޯރައެވެ. ދެން މީހުންތައް އެ ވީޑިއޯއެއް ޝެއާކޮށް، ކޮމެންޓްކޮށް ހަދައެވެ. މިފަހަރު ވެސް މިވީ އެކަހަލަ ގޮތެކެވެ. މާލެސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު އެބޭފުޅާގެ ރަސްމީ ޓުވިޓަރ އެކައުންޓުން ވީޑިއޯއެއް ހިއްސާކުރައްވަމުން ކެޕްޝަންގައި ޖައްސަވަނީ "މާތްﷲ މި ޤައުމު އިސްލާމީ އަދުއްވުންގެ ކިބައިން ސަލާމަތް ކުރައްވާށި" މިފަދައިންނެވެ.

މި ވީޑިއޯ އިން ފެނިގެން މިދަނީ މިސްކިތެއްގެ ތެރޭގައި ބިދޭސީންތަކެއް ނިދާފައި ތިބި މަންޒަރެވެ. މި ވީޑިއޯއެއް ވެސް ގިނަ މީހުން ކޮމެންޓްކޮށް، ރީޓުވީޓްކޮށްފައިވެއެވެ. ވީޑިއޯ ކޮށްފައިވާ މީހުން ބުނާގޮތުން އެ މިސްކިތުގައި 200 ވަރަކަށް މީހުން ބަރިބަރިޔަށް ނިދާފައި ތިއްބެވެ. އެމީހާއަށް ވެސް އެކަން އެނގުނީ ވުޟޫ ކުރުމަށް އެތަނަށް ވަތް ފަހުން ކަމަށް ވެސް ވީޑިއޯގައި ބުނެއެވެ. މިވީޑިއޯ އާންމުވެގެން ދިޔުމާއެކު ފ. ދަރަނބޫދޫ ކަައުންސިލްގެ ރައީސް އަބްދުލް ހަމީދު އާދަމް "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުރީގެ އެ މިސްކިތަކީ ގަބުރުތަކެއް މަތީގައި އަޅާފައިވާ ތަނަކަށް ވާތީ ރައްޔިތުންގެ ޝަކުވާއާއެކު ސަރުކާރުން އައު މިސްކިތެއް އެރަށުގައި އަޅާފައިވާ ކަމަށެވެ. އެ އައު މިސްކިތުގައި ނަމާދުކުރަން ފެށި ހިސާބުން ވީޑިއޯއިން އެ ފެންނަ މިސްކިތަކީ ބޭނުންކުރާ މިސްކިތެއް ނޫން ކަމަށް ކައުންސިލްގެ ރައީސް ހަމީދު ވިދާޅުވިއެވެ.

މީގެއިތުރުން ކުރީގެ އެ މިސްކިތް ކައުންސިލާ ހަވާލުކުރި ފަހުން އެރަށުން ބޭރު ބަޔަކާ ހަވާލުކޮށްގެން އެތަނުގައި ގުރުއާން ކްލާހެއް ހިންގާފައިވާކަމަށާއި އެހެންނަމަވެސް ދުވަސްކޮޅަކުން އެ ކްލާސް ހުއްޓި، އެއަށްފަހު އެތަން ބޭނުންކުރީ ރައްޔިތުންގެ ބައްދަލުވުންތައް ބޭއްވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެއަށްފަހު އެރަށު ބަނދަރު ހަދަން އެމްޓީސީސީން ގެނައި ޓީމު ނިދުމަށް ދެ އަހަރަށް އެތަން އެމްޓީސީސީއަށް ކުއްޔަށް ދީފައިވާކަމަށް ހަމީދު ވިދާޅުވިއެވެ. އެތަނުގައި މިހާރު ތިބީ ފެނާއި ނަރުދަމާގެ މަސައްކަތަށް އެރަށަށް ގޮސްތިބި އިންޑިއާގެ ބިދޭސީންތަކެއްގެ ތެރެއިން 15 ވަރަކަށް ބިދޭސީން ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކީ ކައުންސިލަށް އެނގިގެން ހިނގާ ކަމެއް ކަމަށް ހަމީދު ވިދާޅުވިއެވެ. އެތަނުގައި އެމީހުން ކުރަނީ ކޮން ކަމެއްތޯ ކައުންސިލުން ބަލާ ކަމަށާއި، އަދިވެސް އެތަނުގައި ގުރުއާން ކްލާސް ހިންގަން ބަޔަކު ބޭނުންވާނަމަ އެކަން ކުރުމުގެ ފުރުސަތު ދޭނެ ކަމަށް ހަމީދު ވިދާޅުވިއެވެ.

ކައުންސިލުން ރާއްޖެއެމްވީއަށް މިފަދައިން މައުލޫމާތު ދީފައިވާއިރު މުއިއްޒުވެސް ގުޅުއްވިނަމަ ހަމަ ކައުންސިލުން މި މައުލޫމާތު ދެއްވާނެ ނޫންތޯއެވެ. މުއިއްޒު ޓުވިޓަރގައި ހިއްސާކުރެއްވި ވީޑިއޯ އަމިއްލައަށް ބަލާލުމުން ވެސް މިސްކިތެއްގައި 200 މީހުން ދިރިއުޅޭނީ ކިހިނެއްތޯ، ހިތުގައި ސުވާލު ނުއުފެދޭބާއެވެ. މުއިއްޒު އަކީ މާލެ ސިޓީ ކައުންސިލްގެ މޭޔަރެވެ. ޒިންމާދާރު މަޤާމެއްގައި ހުންނަވާ ބޭފުޅަކު މިފަދަ ވީޑިއޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލައްވާއިރު މިކަމުގައި ހަޤީޤަތް އޮޅުން ފިލުއްވަން ވިސްނިވަޑައި ނުގެންނެވީ ބާވައެވެ. މިފަދަ ވީޑިއޯއެއްގެ ސަބަބުން އާންމު މަސްލަހަތު ގެއްލިގެންދާކަން ހަމަ އެބޭފުޅާއަށް އެނގިވަޑައިނުގެންނެވީ ބާވައެވެ. ނުވަތަ އެނގިހުރެ ވެސް މަސްލަހަތު ގެއްލުވާލައްވަން ބޭނުންފުޅުވީ ބާވައެވެ. މިއީ ހައްތަހާވެސް ހިތުގައި އުފެދޭ ސުވާލުތަކެވެ. ކޮންމެ ގޮތަކަށް ހިތުގައި ނިޔަތް އޮތް ނަމަވެސް ސިޔާސީ ބޭނުމެއްގައި ނުވަތަ އެނޫން ވެސް ބޭނުމެއްގައި ދީން ހަތިޔާރަކަށް ހެދުމަކީ އެއްވެސް ހާލެއްގައި އެއްވެސް ދިވެއްސަކު ބަލައިގަންނާނެ ކަމެއް ނޫނެވެ. ރާއްޖޭގައި އުޅޭ ސިޔާސީ މީހުން ދީނީ ކާޑު ކުޅުން ހުއްޓާލަން އެބަޖެހެއެވެ.

މިކަންތައްތަކާއި އެއްވަރަށް އާންމު ރައްޔިތުން ވެސް އެބަ ހޭލުންތެރިވާން ޖެހެއެވެ. ސޯޝަލް މީޑިއާ އިން ފެންނަ ކޮންމެ ވީޑިއޯ އަކީ ނުވަތަ ޕޯސްޓަކީ ތެދަކަށް ނުވާނެކަން އެބަ ޤަބޫލު ކުރަންޖެހެއެވެ. ފޭސްބުކުންނާއި ޓުވިޓަރ އަދި އެހެނިހެން ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކަކީ އަސްލު ދުނިޔެއެއް ނޫނެވެ. އޭގެން ބައެއް ފަހަރަށް ދައްކާ އެއްޗަކީ ހަޤީޤަތެއްތޯ އޮޅުން ފިލުވައި ބަލަން ޖެހެއެވެ. އެއީ އޭގައި ބައެއް ފަހަރު ހިމެނިގެންދަނީ އެބަޔަކު ނުވަތަ އެމީހަކު ދެއްކި އެއްޗެކެވެ. އެކި މަޤްސަދުތައް ހާސިލް ކުރުމަށްޓަކައި ވެސް މިފަދަ އެޕްލިކޭޝަންތަކުގެ ބޭނުން މީހުން ކުރާކަން ދެނެގަންނަންވީއެވެ. އެންމެ ކުޑަ މިސާލަކަށް ބަލާއިރު ފޭސްބުކް އެކައުންޓްތައް ބޭނުންކޮށްގެން ފައިސާ ފޭރެއެވެ. ސޯޝަލް މީޑިއާ އިން ފެންނަ ކޮންމެ އެއްޗަކީ ތެދަކަށް ނުވާއިރު ކޮންމެ ކަމެއްގައި ވެސް ދެކޮޅު އޮންނަ އުސޫލުން، ވާހަކައިގެ އަނެއްކޮޅު ވެސް ހޯދަންވީއެވެ. ބައިބައި ކުރުވުމަށް ނުވަތަ ސިޔާސީ މަޤްސަދުގައި ސިޔާސީ މީހުން ޖަހާ މިފަދަ މަޅީގައި ރައްޔިތުން ނުބެދެންވީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

2017: ސަރުކާރު ބަލިކަށިވި ކޮންމެ ވަގުތަކު \"ޝަރުއީ\" ފަރުވާ

2017: ސަރުކާރު ބަލިކަށިވި ކޮންމެ ވަގުތަކު "ޝަރުއީ" ފަރުވާ

30 ޑިސެމްބަރު 2017
އެއްލާ ކޮންމެ މަޅިއެއް އާހިރުގައި ބަދަލުވެގެންދާނީ ގުލްހާރުގެ މާފައްޗަކަށެވެ.

އެއްލާ ކޮންމެ މަޅިއެއް އާހިރުގައި ބަދަލުވެގެންދާނީ ގުލްހާރުގެ މާފައްޗަކަށެވެ.

11 އޮކްޓޯބަރު 2017
މިގޮތަށް ކޮންމެ މީހަކަށްވެސް މަޝްހޫރު މީހުންނާ ބައްދަލުވެދާނެ

މިގޮތަށް ކޮންމެ މީހަކަށްވެސް މަޝްހޫރު މީހުންނާ ބައްދަލުވެދާނެ

04 އޮކްޓޯބަރު 2017
ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

03 އޮކްޓޯބަރު 2017
ކޮންމެ ހަރަކާތެއްވެސް "ރައީސް ޔާމީން 2018" ކެމްޕެއިނާއި ގުޅިފައި، އެކަމަކު ވަނީ "ފެއިލް"!

ކޮންމެ ހަރަކާތެއްވެސް "ރައީސް ޔާމީން 2018" ކެމްޕެއިނާއި ގުޅިފައި، އެކަމަކު ވަނީ "ފެއިލް"!

21 އޯގަސްޓު 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު