Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

ފިރިހެން ނަމެއްކަމުގައިވާ "ކަލާ" ދެޖިންސަށް ބޭނުން ކުރަން ފެށުނު، ކަލާގެ އަންހެން ނަމަކީ "ކަނބާ"

ކަލާއަކީ މީގެ 80 އަހަރުކުރިން، 1940ގެ އަހަރުތަކާ ހަމަޔަށް، އަންހެނުންނަށް ނިސްބަތްކުރެވުނު ލަފުޒެއް

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 18 ޖޫން 2022 | ހޮނިހިރު 10:07
ހޯރަފުށީގައި ބޭއްވި ސަގާފީ ކުޅިވަރުގެ ތެރެއިން

ހޯރަފުށީގައި ބޭއްވި ސަގާފީ ކުޅިވަރުގެ ތެރެއިން

ކަލާއަކީ މީގެ 80 އަހަރުކުރިން 1940ގެ އަހަރުތަކާއި ހަމަޔަށް އަންހެނުންނަށް ނިސްބަތްކުރެވުނު ލަފުޒެއް ނުވަތަ ނަމެއް ނޫނެވެ. އެކަން ސާބިތެވެ.

ކަލާ އަންހެނުންނަށް (ދެ ޖިންސަށް) އެންމެ ފުރަތަމަ ނިޞްބަތްކުރެއްވީ އަލްއަމީރު މުޙައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނު ކަމުގައިވެއެވެ!

އެ ކިލެގެފާނުގެ އެންމެ އަރިސް "އަމީނީ ޤުލްޝަނުން ފަރިވެފޮޅުނު ވަސްމީރު މާމެލާމެލީގެ ތެރެއިން ޑޭޒީމާ" އަލްފާޟިލާ (އަލްމަރުޙޫމާ) އާމިނަތު ފާއިޒާ އަރިހުން މިކަން އޮޅުންފިލުވުނެވެ. ދިވެހި ބަހުގެ އެެއްވެސް އަދީބަކަށް މިކަން އެއިރު ފުރިހަމަޔަށް ސާފުކޮށެއް ނުދެވުނެވެ.

މިކަން ދިރާސާކުރެވުނީ މީގެ 25 އަހަރުކުރިން 1990ގެ އަހަރުތަކުގައެވެ. އަމީނީ ދައުރުގެ ކުރިން ކަލާ ނިޞްބަތްކުރެވުނީ ހަމައެކަނި ފިރިހެން ޖިންސަށެވެ. މިސާލުތައް ތިރީގައި އެވަނީއެވެ.

ދިވެހިރާއްޖެ މީގެ 895 އަހަރުކުރިން ހިޖުރީގޮތުން 548ގައި އިސްލާންވުމުގެ ކުރިން ދިވެހީންނަށް ކިޔާފައި ވަނީ ދިވެހި ނަންނަމެވެ. އަދި ރާއްޖެ އިސްލާމްވި ގަރުނު ކަމަށްވާ ހިޖުރައިން 6ވަނަގަރުނާއި، 7ވަނަގަރުނާއި، 8ވަނަ ގަރުނު، މީލާދީން 12ވަނަގަރުނާއި 13ވަނަގަރުނާއި 14ވަނަ ގަރުނުގައި ބައެއް ރަސްރަސްކަލުންނާއި ރަނިންނަށް ދިވެހި ނަންނަން ކިޔާފައިވެއެވެ.

އެގޮތުން، އިސްލާން ދިވެހިރާއްޖޭގެ 2ވަނަ ރަސްގެފާނު އައްސުލްތާން މުތެއި ކަލަމިންޖާ ((1166-1184މ) އެވެ.

4ވަނަ ރަސްގެފާނު އައްސުލްތާން ދިނެއި ކަލަމިންޖާ (1192-1198މ) އެވެ.

5ވަނަ ރަސްގެފާނު އައްސުލްތާން ދިހެއި ކަލަމިންޖާ (1198-1213މ) އެވެ.

6ވަނަ ރަސްގެފާނު އައްސުލްތާން ވަޑި ކަލަމިންޖާ (1213-1232މ) އެވެ.

އަދި މިނޫންވެސް ސޯމަވަންސަ (ހަނދުވަންހަ)އިގެ ރާއްޖޭގެ އިސްލާމް ގިނަ ރަސްރަސްކަލުންނަށް ކިޔާފައި ވަނީ ދިވެހި ނަންނަން ފާހަގަކުރެވެއެވެ.

އަދި ސަތުހިރި އައިސިރިފަދަ ދިވެހި ނަންނަމުގެ ވަޒީރުން އެދުވަސްވަރު ތިއްބެވިއެވެ.

ރާއްޖޭގެ އެންމެމަތީވެރިކަން ކުރެއްވި އަންހެން ދެތިން ރަނިކަނބަލުންގެ ތެރެއިން 2ރަނި ކަނބަލަކަށް ދިވެހި ނަން ކިއިފައިވެއެވެ. އެއީ އައްސުލްތާނާ ރާދަފަތި ކަނބައިދިކިލެގެ (1359މ) އަދި އައްސުލްތާނާ ދާއިން ކަނބައިދިކިލެގެ (1363-1367މ)އެވެ.

ވޭތުވެދިޔަ 9ވަރަކަށް ގަރުނު ނުވަތަ 900 ވަރަކަށް އަހަރު ދިވެހި ނަންނަން ދިވެހިންނަށް ކިޔާފައިވެއެވެ. އަދި އަރަބި ނަންނަން ކިޔާފައިވިޔަސް އެއީ ރަސްމީ ލިޔުންތަކަށް ނުވަތަ ފޮތުގެ ނަމެއްގެ ގޮތުގައި ބަލައި ދިވެހި ނަންނަން އާންމުކޮށް ކިޔުމުގެ ސަގާފަތަށްވެސް 900 އަހަރުވަނީއެވެ.

ކަލާގެ އަންހެން ނަން ކަނބާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތަޢުލީމު ލިބިގަތުމުގެ ތެރެއިން ތަރުބިއްޔަތުވުމަށް ލިބޭ ފުރުޞަތުގެ ބޭނުން ހިފަމާ؟

ތަޢުލީމު ލިބިގަތުމުގެ ތެރެއިން ތަރުބިއްޔަތުވުމަށް ލިބޭ ފުރުޞަތުގެ ބޭނުން ހިފަމާ؟

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު