Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިދިކޮޅުން ބިރުވެރިކަން ފެތުރުން

އިދިކޮޅު މެންބަރުންގެ މަގުސަދަކީ ވެރިކަމުގެ ދަހިވެތިކަމުގައި، ގައުމުގައި ނެތް ނިރުބަވެރިކަމެއް ގެނައުން – ޔައުގޫބް

ނިރުބަވެރިކަމެއް ގެނެސްގެން މި ކަންކަން ހުއްޓުވުމަށް މަސައްކަތްކުރުމަކީ ދިވެހި ރައްޔިތުން ބަލައިގަންނާނެކަމެއްނޫން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 ޖޫން 2022 | އަންގާރަ 14:50
ޔައުގޫބް

ޔައުގޫބް

އިދިކޮޅު ޕީޕީއެމް ޕީއެންސީގެ މެންބަރުން ބޭނުންވަނީ ވެރިކަމުގެ ދަހިވެތިކަމުގައި، ގައުމުގައި ނެތް ނިރުބަވެރިކަމެއް ގެނެސްގެން ވެރިކަން ވައްޓާލުންކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް ހުށަހަޅުއްވާފައިވާ، ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު)އަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މެންބަރު ޔައުގޫބު ވިދާޅުވީ، ބިލާ ދެކޮޅަށް ވާހަކަދައްކަވާ (ޚާއްސަކޮށް ޕީޕީއެމް-ޕީއެންސީގެ) އިއްޒަތްތެރި މެންބަރުން ވާހަކަދައްކަވަނީ މައިގަނޑުގޮތެއްގައި އެންމެކަމަކާ ގުޅޭގޮތުންކަމަށެވެ. އެއީ މިތާނގައި އިންޓަރނަލް އޮޑިޓް ޑިޕާޓްމަންޓެއް، ނޫނީ ޗީފް އިންޓަރނަލް އޮޑިޓަރެއް ހުންނާތީ އެކަމާ ދެކޮޅަށްކަމަށެވެ. އެއީ ދިވެހި ރައްޔިތުންނަށް ވަރަށް ސާފު ކަމެއް ކަމަށާއި، އެއީ ޕީޕީއެމް ޕީއެން.ސީގެ މެންބަރުން އެކަމާ ދެކޮޅުވާނެކަމެއްކަން އެނގިވަޑައިގަންނަވާކަމަށެވެ.

ޔައުގޫބު ވިދާޅުވީ އިދިކޮޅު ޕާޓީއަށް ނިސްބަތްވާ މެންބަރުންނަށް، ޚާއްސަކޮށް އެ ޕާޓީގެ ވެރިކަމުގައި އޮންނައިރު، އެ ބޭފުޅުންގެ ހަމައެކަނި ހުންނަ ވިސްނުންފުޅަކީ، ވައްކަމާއި، ކޮރަޕްޝަނާއި، ފަސާދައާއި، މި ކަންކަން ނޫން އިތުރު ކަމެއް ނޫންކަމަށްވާތީ އެ ކަންކަން ކުރަން އުނދަގޫވާނެތީ އެކަމާ ދެކޮޅުވާނެކަމަށެވެ.

ބިލުގައި އެ އިސްލާހު ހުށަހެޅިގެން އައިއިރުވެސް އެކަމާ ދެކޮޅުވާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި، އެއީ މަޖިލީހުގެ ހުރިހާ މެންބަރުންނަށް، އަދި ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް ވަރަށް ސާފުކޮށް އެނގޭނެ ކަމެއް ކަމަށް ވިދާޅުވިއެވެ. އިދިކޮޅު މެންބަރުންގެ ސިޔާސަތަކީ ވައްކަންކުރުންކަމަށްވާތީ، އެކަން ކުރަން އުނދަގޫވެދާނެތީ އެކަމާ ދެކޮޅުވާނެކަމަށް ޔައުގޫބް ވިދާޅުވިއެވެ. ޚާއްސަކޮށް އެ މާއްދާ ގާނޫނެއްގެ ތެރެއަށް ލައިގެން ގާނޫނެއްގެ ގޮތުގައި ހިންގަން އެ މީހުންނަށް އުނދަގޫވާނެތީ އެކަމާ ދެކޮޅުވެގެން އެ ވާހަކަ ދައްކާނެކަމަށެވެ.

ޔައުގޫބް ވިދާޅުވީ ރައީސް ޔާމީން ނެންގެވި ލޯނުތަކުގެ ތެރެއިން އެންމެ ބޮޑު، އެންމެ ބިރުވެރި ހާލަތެއްގައި އޮތް ލޯނު މި އަހަރު ދައްކައި ނިމިއްޖެކަމަށެވެ. އަދި ބާކީ މިއަހަރު އިތުރު ލޯނެއް ނެތް ކަމަށާއި، މި އަހަރު ބާކީ މި އޮތް 6 މަސްދުވަހާއި، 2023އާއި، 2024އާއި 2025ގައި ހަމަޖެހިލައިގެން ބާކީ ދެން ހުރި ލޯނުތަކަށް ފައިނޭންސް ހޯދަން ފުރުސަތު ލިބޭނެކަމަށެވެ. ނުވަތަ އެ ލޯނުތަކަށް އަނބުރާ ފައިސާ ދައްކާނެ މަގު ތަނަވަސްކުރަން، ނޫނީ އެކަމާ ވިސްނައިގެން ކަންކަން ކުރިއަށްގެންދިޔުމަށް ރަނގަޅު ފުރުސަތު އެބަ ލިބޭކަމަށް މެންބަރު ޔައުގޫބް ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުދީ، މި ރާއްޖޭގައި ނެތް ބިރުވެރިކަމެއް މި ރާއްޖެއަށް ގެންނަން (ކޮންމެ މީހަކު ކުރިޔަސް) އެ ކުރާ މަސައްކަތަކީ، ގައުމު އިނދަޖައްސާލަން ކުރެވޭ މަސައްކަތެއްކަމަށެވެ. އަދި އެމް.އެމް.އޭގެ ގަވަރުނަރާއި ދެ ވަޒީރުންގެ ވާހަކަފުޅުންވެސް އެނގިވަޑައިގެން ކަމަކީ އަދި ދޭހަވެވަޑައިގަތް ކަމަކީ، މި ރާއްޖެ ރަނގަޅު ޓްރެކެއްގައި އޮއްވައި، މި ވެރިކަމާ ނުރުހޭ ބަޔަކު ގަސްތުގައި ވެރިކަން ވައްޓާލަން، އަދި ގައުމު ދިރުވާލަން، އަދި ރާއްޖެ ބަނގުރޫޓުކުރުވަން ކުރާ މަސައްކަތެއްކަމަށެވެ. އަދި ދަރަނި ރީސްޓްރަކްޗަރކުރުމުގެ ވާހަކަ ތަކުރާރުކޮށް އެބަ ދައްކާކަމަށް ޔައުގޫބު ވިދާޅުވިއެވެ.

މެންބަރު ޔައުގޫބު ވިދާޅުވީ، ދިވެހިން ބޭނުންވަނީ ވަކި މީހަކު ވެރިކަމުގައި ހުންނާކަށް ނޫންކަމަށާއި، ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތް ރަނގަޅަށް ލިބެންޏާ ދިވެހިންނަށް އެ ނިމުނީ ކަމަށެވެ. އަދި މިހާރު މި ހިނގަމުންދާ ވެރިކަމަކީ މީހުންނަށް އަނިޔާކުރުމާ ދުރު، ވައްކަން ކުރުމާ ދުރު، މި ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ގިނަ ޚިދުމަތްތައް، ޚާއްސަކޮށް ފެނާއި ނަރުދަމާއާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ފެށުނީއްސުރެ (އަދި ޚާއްސަކޮށް ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި) މި ހިސާބަށް މި އައީ ހަމަ ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެމުންކަމަށެވެ.

ދިވެހި ރައްޔިތުން ތިބީ މި ވެރިކަމާމެދު ރުހި ހިތްހަމަޖެހިގެން ކަމަށާއި، ވެރިކަމުގެ ދަހިވެތިކަމުގައި ގައުމުގައި ނެތް ނިރުބަވެރިކަމެއް ގެނެސްގެން މި ކަންކަން ހުއްޓުވުމަށް މަސައްކަތްކުރުމަކީ ދިވެހި ރައްޔިތުން ބަލައިގަންނާނެކަމެއް ނޫންކަމަށް މެންބަރު ޔައުގޫބު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސްދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲފިނޭންސް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު