Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެރިކަމަށް އައުން

މިއީ އަމިއްލަ އުއްމީދު އިސްކޮށް، ވެރިކަމަށް ފައިނަގަންވީ ވަގުތެއް ނޫން – ރައީސް ނަޝީދު

ރައީސް ނަޝީދުގެ 30 އިންސައްތަ ފޯމިއުލާއަށް ރައީސް ސޯލިހު ތާއީދެއްނުކުރައްވާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 ޖޫން 2022 | ބުދަ 16:23
ފަރުވާއަށްފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވި ދުވަހު އެއަރޕޯޓުން ރައީސް ސޯލިހު އެމަނިކުފާނަށް މަރުހަބާދަންނަވަނީ

ފަރުވާއަށްފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވި ދުވަހު އެއަރޕޯޓުން ރައީސް ސޯލިހު އެމަނިކުފާނަށް މަރުހަބާދަންނަވަނީ

މި ދަނޑިވަޅަކީ އަމިއްލަފުޅު އުއްމީދު އިސްކުރައްވައި، ވެރިކަމަށް ފައި ނަންގަވަންވީ ވަގުތެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ދެވަނަ ދައުރަކަށް ރައީސް ސޯލިހު ކުރިމަތިލައްވާނެކަމުގެ އިޝާރާތެއް ކުރައްވާފައިވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، އެމަނިކުފާނަށް ފެނިވަޑައިގަންނަވާގޮތުގައި މިއަދުގެ ހާލަތަކީ އަމިއްލަ އުއްމީދު އިސްކޮށް ވެރިކަމަށް ފައިނަގަންވީ ވަގުތެއް ނޫންކަމަށެވެ. އަދި މިއީ ބޭރު ފައިސާގެ ރިޒަރވް ރަނގަޅުކޮށް ރައްޔިތުންގެ ސަލާމަތްތެރިކަން ދެމެހެއްޓޭނެ ގޮތަކާމެދު ވިސްނައި ހަމަމަގަށް އަޅުވާންވީ ވަގުތުކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement

ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ, އަންނަ އަހަރުގެ އިންތިޚާބުގައި މިހާރުގެ ކޯލިޝަންގެ ބައިވެރިންނާއެކު ވާދަކުރައްވައިގެން ކާމިޔާބުކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

ރައީސް ވިދާޅުވީ، އަންނަ އަހަރު އެންމެ މުހިންމު ކަމަކީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށެވެ. އަދި މިއީ ރާއްޖެއަށްވެސް މިވަގުތު އެންމެ ފައިދާހުރި ގޮތް ކަމަށާއި، އެއީ މިހާރު ފެށިފައި ހުރި މަޝްރޫއުތައް ކުރިއަށްގެންދިއުމަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޕާޓީގެ ކެންޑިޑޭޓް ކަނޑައަޅާނީ ޕާޓިގެ ކޮންގްރެސްއިން ކަމަށާއި, ގަވާއިދުގައި ޕްރައިމަރީއެއް ބާއްވަން އޮންނަ ނަމަ ކަންތައް އެގޮތަށް ކުރައްވާނެ ކަމަށެވެ. އަދި ޕްރައިމަރީއެއް ބޭއްވުމަކީ ޑިމޮކްރަސީގެ ރީތި އުސޫލެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ކޯލިޝަން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު