Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރަސޫލާއަށް ފުރައްސާރަކުރުން ކުށްވެރިކުރުން

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

ބަޔާނުގައި ވަނީ މިފަދަ ހުރިހާ އަމަލެއް ސަރުކާރުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 6 ޖޫން 2022 | ހޯމަ 11:49
ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް ހަގީގަތާޚިލާފު ވާހަކަ ދެއްކުމަކީ ދިވެހި ރާއްޖޭގެ ސަރުކާރުން އެއްވެސް ގޮތަކަށް ބަލައިގަންނާނެ ކަމެއް ނޫންކަމަށާއި، އެކަން ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ސަރުކާރުން ބުނެފިއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން މިކަމާ ގުޅިގެން ބަޔާނެއް ނެރެފައިވާއިރު، މިނިސްޓްރީގެ ބަޔާނުގައި ވަނީ މިފަދަ ހުރިހާ އަމަލެއް ސަރުކާރުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އެގޮތުން އިސްލާމް ދީނާއި ކީރިތި ރަސޫލާ އުނގަންނައިދެއްވި ރިވެތި އުސޫލުތަކާ ދެކޮޅަށް ހިންގާ ހުރިހާ ހަރަކާތްތައް ސަރުކާރުން އެންމެ ހަރުކަށިކޮށް ކުށްވެރިކުރާއިރު، އިސްލާމްދީނާއި ރަސޫލާއަށް އަމާޒުކޮށް ދޮގު ވާހަކަތައް ދެއްކުމަކީވެސް ސަރުކާރުން އެއްވެސް ހާލަތެއްގައި ބަލައިގަންނާނޭކަމެއް ނޫންކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

މިބަޔާނުގައި މިނިސްޓްރީން ވަނީ، އިންޑިއާގެ ބީޖޭޕީގެ ބައެއް އޮފިޝަލުން ކީރިތި ރަސޫލާއަށް އަމާޒުކޮށް، މިފަދަ ވާހަކަތަކެއް ދައްކާފައިވާތީ އެކަމާމެދު ސަރުކާރުން ކަންބޮޑުވާކަން ފާޅުކޮށްފައެވެ. އަދި އިންޑިއާ ސަރުކާރުން އެ އޮފިޝަލުންގެ މި އަމަލު ކުށްވެރިކޮށް، ބީޖޭޕީން އެ އޮފިޝަލުންނާމެދު އަވަހަށް ފިޔަވަޅުއެޅުމުން އެކަން ދިވެހި ސަރުކާރުން ބަލައިގަންނަކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކީރިތި ރަސޫލާ ﷺޚާރިޖީ ވުޒާރާދިވެހި ސަރުކާރު

އިތުރަށް ކިޔާލަން

29 ޖޫން 2025

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

29 ޖޫން 2025
ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި
29 ޖެނުއަރީ 2025

ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

29 ޖެނުއަރީ 2025
ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް
03 ނޮވެމްބަރު 2024

ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން

03 ނޮވެމްބަރު 2024
ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން
02 ނޮވެމްބަރު 2024

ވަކި ކުރި ކަމަށް ބުނާ ސިޔާސީ މުވައްޒަފުން އެހެން މިނިސްޓްރީތަކަށް!

02 ނޮވެމްބަރު 2024
ވަކި ކުރި ކަމަށް ބުނާ ސިޔާސީ މުވައްޒަފުން އެހެން މިނިސްޓްރީތަކަށް!
03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު