Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ ކާފިއު އުވާލުން

ސްރީލަންކާގައި އިއުލާނުކޮށްފައިވާ ކާފިއު އުވާލައިފި

މިދިޔަ ހަފުތާގެ ހަމަނުޖެހުންތަކާއި ގުޅިގެން މިހާތަނަށް 230 މީހުން ވަނީ ހައްޔަރުކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 15 މެއި 2022 | އާދީއްތަ 15:04
ސްރީލަންކާގައި އިއުލާނުކޮށްފައިވާ ކާފިއު އުވާލާފައި ވަނީ އާދިއްތަ ދުވަހު

ސްރީލަންކާގައި އިއުލާނުކޮށްފައިވާ ކާފިއު އުވާލާފައި ވަނީ އާދިއްތަ ދުވަހު

ސްރީލަންކާގައި އިއުލާނުކޮށްފައިވާ ކާފިއު އުވާލައިފިއެވެ.

ސްރީލަންކާގައި އިއުލާނުކޮށްފައިވާ ކާފިއު އުވާލާފައި ވަނީ އާދިއްތަ ދުވަހުއެވެ. ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާގޮތުން ސްރީލަންކާގެ ކާފިއު އުވާލާފައި މިވަނީ ބުދިސްޓުންގެ ވެސަކް ފެސްޓިވަލްއާއި ދިމާކޮށެވެ.

އެގައުމުގައި އިއުލާނުކޮށްފައިވާ ކާފިއު އުވާލާފައި މިވަނީ އެގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާދެއްވުމުން އެމަގާމަށް ރަނިލް ވިކްރަމަސިންގހަ އައްޔަނުކުރެވުނު ފަހުންނެވެ.

ރައީސް ގޮތަބަޔާ ރާޖަޕަކްސަ މުޅި ސްރީލަންކާގައި ކާފިއު އިއުލާނުކޮށްފައި ވަނީ މެއި 09 ވަނަ ދުވަހުއެވެ. އެގޮތުން މިކާފިއު އިއުލާނުކުރެވިގެން ދިޔައީ ސްރީލަންކާގެ ސަރުކާރަށް ވާގިވެރިވާ ފަރާތްތަކާ ސަރުކާރުގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާކުރަމުންދިޔަ މީހުންގެ ދެމެދު ހިނގި ހަމަނުޖެހުންތަކެއް ހޫނުވުމުންނެވެ. އޭރު ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާދެއްވާފައި ވަނީވެސް މި ހަމަނުޖެހުންތަކުގެ ތެރޭގައެވެ.

ވެސަކް ފެސްޓިވަލަށް ތައްޔާރުވުމުގެ ގޮތުން އެގައުމުގެ ބުދިސްޓުން ދަނީ އިމާރާތްތަކުގައި ބުދިސްޓުންގެ ދިދަތައް ދަމަމުންނެވެ. އަދި އެމީހުން ދަނީ ފައްޅިތަކުގައި ބާއްވާ އަޅުކަމުގެ ކަންތައްތަކަށް ފައްޅިތަކަށް ޒިޔާރަތްކުރަމުންނެވެ.

ސްރީލަންކާގެ ސަރުކާރާ ދެކޮޅަށް ކުރަމުންދިޔަ ސުލްހަވެރި މުޒާހަރާތައް ހޫނުވެފައި ވަނީ މިދިޔަ ހަފުތާގައެވެ. މިދިޔަ ހަފުތާގެ ހަމަނުޖެހުންތަކުގައި ނުވަ މީހުން މަރުވެ 300ށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ހަފުތާގެ ހަމަނުޖެހުންތަކާއި ގުޅިގެން މިހާތަނަށް 230 މީހުން ހައްޔަރުކޮށްފައިވާކަމަށް ސްރީލަންކާގެ ފުލުހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2018

ދީނީ ހަމަނުޖެހުންތަކާއި ގުޅިގެން ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

06 މާރިޗު 2018
ދީނީ ހަމަނުޖެހުންތަކާއި ގުޅިގެން ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި
23 ޖެނުއަރީ 2018

އެލަސްކާ އަށް އައި ބިންހެލުމާއި ގުޅިގެން ނެރުނު ސުނާމީގެ އިންޒާރު އުވާލައިފި

23 ޖެނުއަރީ 2018
އެލަސްކާ އަށް އައި ބިންހެލުމާއި ގުޅިގެން ނެރުނު ސުނާމީގެ އިންޒާރު އުވާލައިފި
14 ޖެނުއަރީ 2018

މިސްރުން އުތުރު ސައިނާގައި ކާފިއު އިއުލާންކޮށްފި

14 ޖެނުއަރީ 2018
މިސްރުން އުތުރު ސައިނާގައި ކާފިއު އިއުލާންކޮށްފި
12 ޖެނުއަރީ 2018

ޗައިނާ އިން އިޒްރޭލާ ދެކޮޅަށް ނެރުނު ޓްރެވަލް އެޑްވައިޒަރީ އުވާލައިފި

12 ޖެނުއަރީ 2018
ޗައިނާ އިން އިޒްރޭލާ ދެކޮޅަށް ނެރުނު ޓްރެވަލް އެޑްވައިޒަރީ އުވާލައިފި
28 ނޮވެމްބަރު 2017

ޒިމްބާބްވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ ކެބިނެޓް އުވާލައިފި

28 ނޮވެމްބަރު 2017
ޒިމްބާބްވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ ކެބިނެޓް އުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު